ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2026/114
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:53
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ބޭހަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބޭސް ދޫކުރުމާއި ގުޅޭ

ރުކުމަޑިއާއި ހުދުކޫޑި ނައްތާލުމަށް ބޭނުންކުރާ "ޔޭޖިއާޗިންގް" (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ބޭސް ހޯދުމަށް މިއިދާރާއިން ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހަޅުއްވައި، ނަންނޯޓު ކުރައްވާފައިވާ ފަރާތްތަކަށް ބޭސް ދޫކުރުން، 05 ނޮވެންބަރު 2026 އިން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.

މިބޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން ބަހާލައިގެންނެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                 

04 ނޮވެންބަރު 2026