ބީލަން
ނަންބަރު: (IUL)1064 /2026/50
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:53
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2027 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 2027 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މައުލޫމާތު ސާފުކުރުން

ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 04 ނޮވެމްބަރ 2026 އިން 12 ނޮވެމްބަރ 2026 އަށް، ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މި ސުކޫލުގެ އޮފީހުގައެވެ. މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

  • ·         ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 ނޮވެމްބަރ 04 ން 2026 ނޮވެމްބަރު 12 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/gf3A2VPA61ZdwtAK8

 

  • އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 16 ނޮވެމްބަރ 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ސުކޫލުގެ އިދާރާގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން، އެކަން ބަޔާންކޮށްފައިވާ ރަސްމީ ސިޓީއެއް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ސުކޫލުގެ ނަންބަރު 6800013 ފޯނާ ގުޅުއްވުން އެދެމެވެ.

 

04 ނޮވެންބަރު 2026