ދިވެހިރާއްޖެ
|
ވެރިފަރާތް ހޯދުމާއި ގުޅޭ |
މިރަށު އާބާދީއުފާ ގޯތީގެ ދެކުނުފަރާތު ހޭޅިމަތީގައި ހުންނަތާ ގިނަދުވަސްތަކެއް ވެފައިވާ އައިސްއެޅުމަށް ބޭނުންކުރާ 3 ފޮށި (Ice Container ) ގެ ވެރިއަކުހުރިނަމަ 2026 ނޮވެމްބަރ 12 ވަނަދުވަހުގެ 14:00 ކުރިން މިއިދާރާއަށް އެކަން އަންގައި 2026 ނޮވެމްބަރ 12 ވަނަދުވަހުގެ 14:00 ގެ ނިޔަލަށް އެތަނުން ދެންނެވުނު ތަކެތި ގެންގޮސް ތަންހުސްކުރުން އެދެމެވެ.
މަތީގައިބަޔާންކޮށްފައިވާ މުއްދަތުގައި ދެންނެވުނު މުދަލުގެ ވެރިފަރާތެއް ނުވެއްޖެނަމަ، 03 ޖަނަވަރީ 2019 ގައި ދިވެހި ސަރުކާރުގެ ގެޒެޓު ގައި އާންމުކުރެވިފައިވާ މިއިދާރާގެ ނަންބަރ 2019/R-1 " ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު " ގެދަށުން އެމުދާ މިއިދާރާގެބެލުމުގެދަށަށްގެނެވޭނެކަމުގައި އަންގައި އިޢުލާނު ކުރީމެވެ.
24 ޖުމާދުލްޢޫލާ 1448
04 ނޮވެމްބަރ 2026
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރަޢީސް