ދިވެހިރާއްޖެ
އިޢުލާން
ކަނބަލުންގެ ބަށި މުބާރާތް
މި ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން އދ.ކުނބުރުދޫގައި ބަށި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ކަނބަލުންގެ ހުނަރު ކުރިއެރުވުމަށާއި ކުޅިވަރު ކުޅުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ކުޅިވަރުކުޅުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވޭ މުބާރާތެކެވެ.
މުބާރާތް ފެށުމަށް ތާވަލު ކުރެވިފައިވަނީ 1 ޑިސެމްބަރު 2026 ގައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 3 ޓީމް މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓްކޮށްފައި ވާނަމައެވެ.
މުބާރާތުގައި ހޮވޭ ވަނަތައް:
- ޗެމްޕިއަން ޓީމަށް 3،000 ރުފިޔާ (ހަނދާނީ ލިޔުން،ޓްރޮފީ)
- ރަނައަޕް ޓީމަށް 2،000 ރުފިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- 3 ވަނަ ޓީމަށް 1،500 ރުފިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- ބަށި ރާނީ 1،000 ރުފިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- އެންމެ މޮޅު ޖެހުންތެރިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- އެންމެ މޮޅު ހިފުންތެރިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- އެންމެ އުންމީދީ ކުޅުންތެރިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
- އެންމެ މޮޅު ކޯޗު ހަނދާނީ ލިޔުން، ޓްރޮފީ)
- އެންމެ ހިންގުންތެރި މެނޭޖަރ (ހަނދާނީ ލިޔުން، ޓްރޮފީ)
10. ފެއަރ ޕްލޭޓީމް (ހަނދާނީ ލިޔުން، ޓްރޮފީ) – މި އިނާމު ހޮވާނީ އެވަރަށް ޕޮއިންޓް ލިބިފައިވާނަމައެވެ.
11. މުބާރާތުގެ އެންމެ މޮޅު 9 ކުޅުންތެރިން (ހަނދާނީ ލިޔުން، ޓްރޮފީ)
12. މެޗުގެ މޮޅު ކުޅުންތެރިޔާ (ހަނދާނީ ލިޔުން، ޓްރޮފީ)
ނޯޓް:
- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މި މުބާރާތުގައި ޢަމަލުކުރާނީ ބަށިބޯޅަ އެސޯސިއޭޝަން މޯލްޑިވްސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ޤަވާއިދާ އެއްގޮތަށެވެ.
- މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 އެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7633494، އ.ތ.މ ކޮމެޓީގެ ނާއިބު ރައީސް ޙައްވާ ނާދިޔާ އާ ގުޅުއްވުން އެދެމެވެ.