ކުއްޔަށް ދިނުން
ނަންބަރު: (IUL)421/ESMSED/421/2026/58
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 23:08
ސުންގަޑި: 15 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމަށާއި،ގެރިބަކަރި،އާއި ކުކުޅު ގެންގުޅުމަށް ބިންކުއްޔަށް ދޫކުރުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/58

ތާރީޚް

‏ 22 ޖުމާދިލްޢޫލާ 1448

 02 ނޮވެމްބަރ 2026

ދަނޑުވެރިކަމަށާއި،ގެރިބަކަރި،އާއި ކުކުޅު ގެންގުޅުމަށް ބިންކުއްޔަށް ދޫކުރުން

 

             ވިޔަފާރި އުސޫލުން ދަނޑުވެރިކަމަށާއި،ގެރިބަކަރި އާއި ކުކުޅު ގެންގުޅުމަށް ބިން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން

  1. ދަނޑުވެރިކަން ކުރުމަށް 50000 އަކަފޫޓުގެ 02 ބިން
  2. ގެރިބަކަރި އާއި ކުކުޅު ގެންގުޅުމަށް 3000 އަކަފޫޓުގެ 05 ބިން

           ވީމާ،މިދެންނެވި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ރެޖިސްޓްރޭޝަން ފީދެއްކި ސްލިޕް އާއެކު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ބީލަން ފޯމާއެކު ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުންނެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

10 ނޮވެމްބަރ 2026

އަންގާރަ

14:00

ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި

15 ނޮވެމްބަރ 2026

އާދީއްތަ

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

                                                           ލަމްއާން ވަޙިދު

                                                         ކައުންސިލްގެ ރައީސް                                                           

02 ނޮވެންބަރު 2026