ދިވެހިރާއްޖެ
ގއ. ވިލިނގިލިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން، 2026 ނޮވެމްބަރު 09 ވާ ހޯމަ ދުވަހުގެ ރޭ 20:15 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި ގުރުއަތުލުން ކުރިއަށްދާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ތަރުތީބުންނެވެ. އަދި ގުރުއަތުލުމުގައި ބައިވެރިވެވޭނީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ނުވަތަ އެ ފަރާތަކުން ކަނޑައަޅައި ލިޔުމުން ބާރުދީފައިވާ ފަރާތަކަށެވެ. ގުރުއަތުލާ ވަގުތު، ލިސްޓުގައިވާ ފަރާތް ނުވަތަ އެ ފަރާތުގެ ބަދަލުގައި ހާޒިރުވާންޖެހޭ ފަރާތް ހާޒިރުނުވެއްޖެނަމަ، އެ ފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ގޯތި ކޮމިޓީން ކަނޑައަޅާ އެކޮމިޓީގެ މެންބަރެކެވެ.
ވީމާ، މި ގުރުއަތުލުމަށް ޙާޟިރުވެވެން ނެތް ފަރާތްތަކުން، ބަދަލުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅައި، އެ ފަރާތުގެ މަޢުލޫމާތު 08 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން މި އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
02 ނޮވެމްބަރު 2026