|
މަޤާމު:
|
ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
އެޗް.އާރް
|
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
|
މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,793.19ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
|
ދާއިރާތައް/ ޑިސިޕްލިންތައް:
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހިއުމަން ރިސޯސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން
ތަޢުލީމީ ރޮނގުތައް: ހިއުމަން ރިސޯސް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ހަވާލުކުރެވޭ ފެކަލްޓީ ނުވަތަ ސެންޓަރުތަކުގެ މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ހަމަޖެއްސުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތާއި ރިޕޯޓުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހޯދައި، ޕޭރޯލް ޝީޓްތަކަށް އެ މަޢުލޫމާތުތައް އަޅައި އަދާހަމަކުރުން.
- ހަވާލުކުރެވިފައިވާ ފެކަލްޓީ އަދި ސެންޓަރުތަކުގެ މުވައްޒަފުންގެ ޗުއްޓީގެ އެންމެހައި ކަންކަން، ޔުނިވަރސިޓީގެ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަމަޖެއްސުން.
- މުވައްޒަފުންގެ އެކައުންޓްތަކަށް މުސާރައާއި އިނާޔަތްތައް ޖަމާވުމުން، މުސާރަ ބަޔާން (ޕޭ ސްލިޕް) ޤަވާޢިދުން މުވައްޒަފުންނަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން.
- އެޗް.އާރް. މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމާއި، ފެކަލްޓީ އަދި ސެންޓަރުތަކުގެ ސިސްޓަމާ ގުޅުންހުރި މައްސަލަތައް ދެނެގަނެ، ކަމާބެހޭ ވެރިންގެ ލަފޔާއި އިރުޝާދުގެ ދަށުން އެކަންކަން ހައްލުކުރުން.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސްކީމުގައި އަލަށް ބައިވެރިވާ މުވައްޒަފުންގެ މަޢުލޫމާތު، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން އެ އޮފީހަށް ފޮނުވުން.
- ބިދޭސީ މުވައްޒަފުންގެ ވާރކް ޕާމިޓް، އިންޝުއަރެންސް އަދި ވިސާއާ ގުޅުންހުރި އެންމެހައި އިދާރީ މަރުޙަލާތައް ވިލަރެސްކޮށް ބެލެހެއްޓުން.
- ޔުނިވަރސިޓީގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރިކުރުމަށްޓަކައި ފޯރުކޮށްދޭންޖެހޭ އެންމެހައި އިދާރީ އެހީތެރިކަން، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ދިނުން.
- ޔުނިވަރސިޓީގެ އިމްތިޙާނުތަކުގައި ހަރަކާތްތެރިވާނެ އިންވިޖިލޭޓަރުން ހޯދުމަށް އިޢުލާނުކުރުމާއި، އެކަމާގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.
- ވިޒިޓިންގ ލެކްޗަރާއިން ހޯދުމަށް އިޢުލާނުކުރުމާއި، އެފަރާތްތަކުގެ އެއްބަސްވުންތައް އެކުލަވައިލުމުގެ އިތުރުން ވިޒިޓިންގ ލެކްޗަރަރ ޕޯޓަލްއަށް މަޢުލޫމާތު އަޅައި ބެލެހެއްޓުން.
- މުވައްޒަފުންނާ ގުޅޭ ސިޔާސަތުތަކާއި، ގަވާއިދުތަކާއި އަދި އުޞޫލުތައް އެކުލަވައިލުމުގައްޔާއި، އެ ލިޔެކިޔުންތައް މުރާޖަޢާކޮށް އަދާހަމަކުރުމުގައި އިދާރީގޮތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.
- ހިއުމަން ރިސޯސް މެނޭޖްމަންޓް ކޮމިޓީއަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ހުށަހެޅުމާއި، އެ ކޮމިޓީގެ ނިންމުންތައް ކަމާގުޅޭ ފަރާތްތަކާ ހިއްސާކޮށް ވިލަރެސްކުރުން.
- އެހެނިހެން ޑިޕާޓްމަންޓްތަކުންނާއި އޮފީސްތަކުން އެދޭ ތަފާސްހިސާބާއި މަޢުލޫމާތުތައް، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ފުރިހަމަކޮށް ފޯރުކޮށްދިނުން.
- ސެކްޝަނާއި އިދާރާގެ މުހިންމު މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ވެރިންގެ ލަފޔާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
- ޔުނިވަރސިޓީން އިންތިޒާމުކުރާ މުހިންމު އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދިނުން.
- ވަޒީފާއާ ގުޅޭގޮތުން ދުވަހުން ދުވަހަށް ލިބޭ ޗިޓުތަކާއި މުސާރައާ ގުޅުންހުރި މެމޯތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މުސާރަ ތައްޔާރުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ލިޔެކިޔުންތަކާ އެއްގޮތަށް މުސާރަ ޝީޓަށް މަޢުލޫމާތު އަޅައި އަދާހަމަކުރުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
08 ނޮވެންބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/mnu-hr-2026-272
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަންބަރު ފޯނަށެވެ.
|