ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/156
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 11 ނޮވެންބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - އެޑްމިނިސްޓްރޭޝަން / ބިޒްނަސް ސަޕޯޓް ސާވިސަސް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެފުރުޞަތު

މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 01

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޑްމިނިސްޓްރޭޝަން / ބިޒްނަސް ސަޕޯޓް ސާވިސަސް / ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

4,500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • މިނިމަމްވޭޖް އެލަވަންސް: 2،700.00 ބޭސިކް މުސާރައިގެ %58
  • ސަރވިސް އެލަވަންސް:2،6100.00 އަސާސީ މުސާރައިގެ %60
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިދާރީ މަސައްކަތްތައް ހަމަޖައްސައި، ކުރިއަށް ގެންދިއުން.
  • އެހެން ސެކްޝަންތަކާއި ބޭރުގެ ފަރާތްތަކާ ގުޅިގެން އިދާރީ ކަންކަން ކޯޑިނޭޓްކޮށް، ހަމަޖައްސުން.
  • ޖޫނިއަރ އޮފިސަރުންނާއި އެހެން މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް، ބޭނުންވާ އިރުޝާދު ދިނުން.
  • އިދާރީ މަސައްކަތްތައް ނިމޭތޯ ބެލުމާއި، މަސައްކަތްތަކުގެ ކުރިއެރުން ބެލެހެއްޓުން.
  • އޮފީހުގެ ހުރިހާ މަސައްކަތެއްގައި އެހީތެރިކަން ދިނުމާއި، އިދާރީ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހިންގުމަށް އެހީވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 11 ނޮވެމްބަރ 2026 ދުވަހުގެ 12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

 

02 ނޮވެންބަރު 2026