ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HRS/1/2026/32
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 10 ނޮވެންބަރު 2026 14:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
މެނޭޖަރ، ނެޝަނަލް ސްޓެޓިސްޓިކްސް

އިޢުލާނު 

މަޤާމު:

މެނޭޖަރ، ނެޝަނަލް ސްޓެޓިސްޓިކްސް

މަޤާމުގެ ނަންބަރު:

J-467086

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

ޑިޕާޓްމަންޓް / ސެކްޝަން:

އެންވަޔަރަމެންޓް ސްޓެޓިސްޓިކްސް ޑިވިޜަން

މުސާރަ:

މަހަކު 16,685.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 9555.00 ރުފިޔާ

ހާޒިރީ އިނާޔަތް:

ހާޒިރުވާ ދުވަހަކަށް 260.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް ސެކްޝަން ގެ ހުރިހާ މަސައްކަތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  2. ޤައުމީ ފެންވަރުގައި ގަވާއިދުން ނަގާ ބަލަހައްޓަންޖެހޭ ތިމާވެއްޓާއި ބެހޭ ތަފާސްހިސާބު އަދި އިންޑިކޭޓަރސްތައް ނަގާ ބަލަހައްޓާނެ ނިޒާމެއް ގާއިމްކޮށް، ތިމާވެއްޓާއި ބެހޭ ތަފާސްހިސާބު އެކުލަވާލުމުގެ މަސައްކަތް ވިލަރެސް ކޮށް، ޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް ތެރޭގައި ހިމެނޭ އެންވަޔަރަމަންޓް ތަފާސްހިސާބު އެކުލަވާލާ އާންމުކުރުން.
  3. ޔޫ.އެންގެ ފްރޭމްވަރކް ފޮރ ޑިވެލޮޕްމަންޓް އޮފް އެންވަޔަރަމަންޓް ސްޓެޓިސްޓިކްސް ގައި ހިމެނޭ ތަފާސްހިސާބު އެކުލަވާލާ ޢާންމުކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ބޭނުންވާ ތިމާވެށީގެ ތަފާސްހިސާބުގެ ތެރެއިން ލިބެންނެތް މައުލޫމާތު ފާހަގަކޮށް ނެގޭނެގޮތްތައް ދެނެގަނެ އެމަސައްކަތް ކަމާއި ގުޅުންހުރި އިދާރާތަކާއި އެކު ކުރުން.
  4. ޑިޒާސްޓަރ ރިލޭޓަޑް ތަފާސްހިސާބު އަދި އިންޑިކޭޓަރސްތައް ނަގާ ބަލަހައްޓާނެ ނިޒާމެއް ގާއިމްކޮށް އެކުލަވާލާ އާންމުކުރުމުގެ މަސައްކަތް ގުޅުންހުރި އިދާރާތަކާއި އެކުކޮށް، އެންވަޔަރަމަންޓް އަދި ޑިޒާސްޓަރ ރިލޭޓަޑް ތަފާސްހިސާބު އެކުލަވާލުމުގައި ބޭނުންކުރާ ބައިނަލް އަގްވާމީ އުސޫލުތަކާއި މިންގަނޑުތަކާއި އެއްގޮތަށް އެކުލަވާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ތިމާވެށީގެ ތަފާސްހިސާބަށް މީހުން އަހުލުވެރިކުރުވުމާއި އެއާއި ބެހޭ ތަމްރީން އަދި ދިރާސާކުރުން.
  5. ސިސްޓަމް އޮފް އެންވަޔަރަމަންޓަލް އިކޮނޮމިކް އެކައުންޓްސް ޤައުމީ ފެންވަރުގައި ޤާއިމްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން އަދި ވޭސްޓް އެކައުންޓްސް އަދި ވޯޓަރ އެކައުންޓްސް އަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް އާންމުކުރުން.
  6. ސިސްޓަމް އޮފް އެންވަޔަރަމަންޓަލް އިކޮނޮމިކް އެކައުންޓްސް ޤައުމީ ފެންވަރުގައި ޤާއިމްކުރުމަށް ބޭނުންވާ ދިރާސާތައް ކުރުން ( ލޭންޑް އެކައުންޓްސް، އޯޝަންސް އެކައުންޓްސް ފަދަ). އަދި ނެޗުރަލް ކެޕިޓަލް އެކައުންޓް އެކުލަވާލުމަށް ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އެކުލަވާލުމުގެ މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ޙާސިލްކޮށްފައިވުން. އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން2  އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ އެންޑް ޑޭޓާ އެނަލިޓިކްސް، އެކައުންޓިންގ ޑޭޓާ އެނަލިޓިކްސް، އެކްޗޫރަލް ސައިންސް އެންޑް ޕްރިޑިކްޓިވް އެނަލިޓިކްސް، އެގްރި-ބިޒްނަސް އެންޑް އެޕްލައިޑް އިކޮނޮމިކްސް، އެގްރިބިޒްނަސް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އެންޑް ރިސޯސް އިކޮނޮމިކްސް ، އެގްރިކަލްޗަރަލް އިކޮނޮމިކްސް، އެގްރިކަލްޗަރަލް އިކޮނޮމިކްސް އެންޑް އެގްރިބިޒްނަސް، އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް، އެނަލިޓިކަލް ސައިންސް،  އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ އެނަލިޓިކްސް އެންޑް ވިޝުއަލައިޒޭޝަން، އެޕްލައިޑް ޑޭޓާ އެންޑް ޕްރިޑިކްޓިވް އެނަލިޓިކްސް، އެޕްލައިޑް ޑޭޓާ ސައިންސް، އެޕްލައިޑް ޑިމޮގްރަފީ، އެޕްލައިޑް އިކޮނޮމެޓްރިކްސް، އެޕްލައިޑް އިކޮނޮމިކްސް އެންޑް ޕްރިޑިކްޓިވް އެނަލިޓިކްސް، އެޕްލައިޑް މެތަމެޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ މައިނިންގ، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ރިސާރޗް މެތަޑްސް، ބިހޭވިއަރަލް އިކޮނޮމިކްސް، ބިގް ޑޭޓާ އެނަލިޓިކްސް، ބިގް ޑޭޓާ ޓެކްނޯލޮޖީ، ބިޒްނަސް އެނަލިޓިކްސް، ބިޒްނަސް ޑޭޓާ އެނަލިޓިކްސް، ބިޒްނަސް ޑޭޓާ ސައިންސް، ބިޒްނަސް އިކޮނޮމިކްސް، ބިޒްނަސް އިންޓެލިޖަންސް އެންޑް ޑޭޓާ އެނަލިޓިކްސް، ސިވިކް އެނަލިޓިކްސް، ކްރިމިނޮލޮޖީ އެންޑް ޑޭޓާ އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް، ޑޭޓާ އެނަލިޓިކްސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ އެނަލިޓިކްސް އެންޑް ބިޒްނަސް އިކޮނޮމިކްސް، ޑޭޓާ އެނަލިޓިކްސް އެންޑް ޑިޒިޝަން ސައިންސް، ޑޭޓާ އެނަލިޓިކްސް އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް، ޑޭޓާ އެނަލިޓިކްސް އެންޑް ޕޮލިސީ، ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް، ޑޭޓާ އެންޑް ބިޒްނަސް އެނަލިޓިކްސް، ޑޭޓާ އިންޓެންސިވް އެނަލިސިސް، ޑޭޓާ މެނޭޖްމަންޓް، ޑޭޓާ ސައިންސް، ޑޭޓާ ސައިންސް އެންޑް އެނަލިޓިކްސް، ޑޭޓާ ސައިންސް އެންޑް ޕްރިޑިކްޓިވް އެނަލިޓިކްސް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް އެންޑް ޑޭޓާ އެނަލިޓިކްސް، ޑިވެލޮޕްމެންޓަލް އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް، އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް، އިކޮނޮމިކްސް އެންޑް ބިޒްނަސް، އިކޮނޮމިކްސް އެންޑް ބިޒްނަސް އިކޮނޮމިކްސް، އިކޮނޮމިކްސް އެންޑް ކޮމާރސް، އިކޮނޮމިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، އިކޮނޮމިކްސް އެންޑް އިކޮނޮމެޓްރިކްސް، އިކޮނޮމިކްސް އެންޑް ފައިނޭންސް، އިކޮނޮމިކްސް އެންޑް ސްޓެޓިސްޓިކްސް، އެޑިޔުކޭޝަން އިކޮނޮމިކްސް، އެންވަޔަރަންމަންޓަލް ޑޭޓާ ސައިންސް، އެންވަޔަރަންމަންޓަލް އިކޮނޮމިކްސް، ފައިނޭންޝަލް އިކޮނޮމިކްސް، ފިޝަރީޒް އިކޮނޮމިކްސް، ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް، ފަންކްޝަނަލް ޑޭޓާ އެނަލިޓިކްސް، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އެންޑް އިކޮނޮމިކްސް، ހެލްތް ކެއަރ އެނަލިޓިކްސް އެންޑް އާޓިފިޝަލް އިންޓެލިޖަންސް، ހެލްތް ކެއަރ ޑޭޓާ އެނަލިޓިކްސް،  ހެލްތު އިކޮނޮމިކްސް، ހިއުމަން އެންޑް ސޯޝަލް ޑޭޓާ ސައިންސް، އިންޑަސްޓްރިއަލް އިކޮނޮމިކްސް، އިންފޮމޭޝަން އެނަލިޓިކްސް، ލޭބަރ އިކޮނޮމިކްސް، ލޭންޑް އިކޮނޮމިކްސް، ލޭންޑް އިކޮނޮމީ، ލޯ އެންޑް އިކޮނޮމިކްސް، މެރިން އިކޮނޮމިކްސް، މެރިން އިކޮނޮމިކްސް އެންޑް ފައިނޭންސް، މެރިޓައިމް އިކޮނޮމިކްސް، މާކެޓިންގ އެނަލިޓިކްސް، މާކެޓިންގ އެންޑް ޑޭޓާ އެނަލިޓިކްސް، މެތަމެޓިކަލް މޮޑެލިންގ، މެތަމެޓިކަލް ސްޓެޓިސްޓިކްސް، މެތަމެޓިކަލް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް، މެތަމެޓިކްސް، މަނިޓަރީ އެންޑް ފައިނެޝިއަލް އޮކޮނޮމިކްސް، ފިލޯސަފީ އެންޑް ޑޭޓާ އެނަލިޓިކްސް، ޕޮލިސީ އިކޮނޮމިކްސް، ޕޮލިޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ޕްރިޑިކްޓިވް އެނަލިޓިކްސް، ޕްރެޑިކްޓިވް އެނަލިޓިކްސް އެންޑް ޑޭޓާ ވިޝުއަލައިޒޭޝަން، ޕްރެޑިކްޓިވް އެނަލިޓިކްސް އެންޑް ރިސްކް މެނޭޖްމަންޓް، ޕްރޮޕަޓީ އިކޮނޮމިކްސް، ޕަބްލިކް އިކޮނޮމިކްސް،

ޕަބްލިކް ޕޮލިސީ އިކޮނޮމިކްސް، ރިއަލް އެސްޓޭޓް އިކޮނޮމިކްސް، ރިއަލް އެސްޓޭޓް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް، ސެޓަލައިޓް ޑޭޓާ ސައިންސް، ސޯޝަލް ޑޭޓާ އެނަލިޓިކްސް، ސޯޝަލް އިކޮނޮމިކްސް، ސްޓެޓިސްޓިކަލް އެނަލިޓިކްސް، ސްޓެޓިސްޓިކަލް ޑޭޓާ އެނަލިޓިކްސް، ސްޓެޓިސްޓިކަލް ޑޭޓާ މޮޑެލިންގ، ސްޓެޓިސްޓިކަލް ޑޭޓާ ސައިންސް، ސްޓެޓިސްޓިކަލް މެތަޑްސް އެންޑް އެޕްލިކޭޝަންސް، ސްޓެޓިސްޓިކަލް މޮޑެލިންގ، ސްޓެޓިސްޓިކަލް ޕްރެކްޓިސް، ސްޓެޓިސްޓިކަލް ސައިންސް،  ސްޓެޓިސްޓިކްސް، ސްޓެޓިސްޓިކްސް އެންޑް އެޕްލައިޑް ޕްރޮބަބިލިޓީ، ސްޓެޓިސްޓިކްސް އެންޑް ޑޭޓާ އެނަލިޓިކްސް، ސްޓެޓިސްޓިކްސް އިންފޮމޭޝަން މެނޭޖްމަންޓް، ޓްރާންސްޕޯޓް އިކޮނޮމިކްސް، އަރބަން އެނަލިޓިކްސް، އަރބަން އެންޑް އިކޮނޮމިކް ޖޯގްރަފީ، އަރބަން އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް     

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

- ސްޓެޓިސްޓިކްސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 ނޮވެމްބަރ 2026ގެ 14:00ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު)

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 12 ނޮވެމްބަރ – 12 ޑިސެމްބަރ 2026 އާއި ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

02 ނޮވެންބަރު 2026