ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2026/107
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 10 ނޮވެންބަރު 2026 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
މި ވުޒާރާގެ އޮފީސް އިމާރާތް (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންގިފިލާގެ އޮފީސްބައިގެ ނެޓްވޯކް އަދި ކަރަންޓް ވައިރިންގްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާޅޭ

މި ވުޒާރާގެ އޮފީސް އިމާރާތް (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ)ގެ 03 ވަނަ ފަންގިފިލާގެ އޮފީސްބައިގެ ނެޓްވޯކް އަދި ކަރަންޓް ވައިރިންގްގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މާ މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 05 ނޮވެމްބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީ އުމަރު ޒާހިރު އޮފީސް އިމާރާތް (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ނޮވެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ 11 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

  

           އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ މަސައްކަތު ގަޑީގައި 3037309 / 3343458 އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ނުވަތަ މެއިލް މެދުވެރިކޮށް [email protected]  އަށް ފޮނުވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

01 ނޮވެންބަރު 2026