ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)298/298/2026/54
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 12 ނޮވެންބަރު 2026 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

އިޢުލާން

ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

 

      މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލް އިދާރާގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން މިކައުންސިލަށް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ޕިކަޕް ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކައުންސިލުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އާންމުކުރެވިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަށް ފުރިހަމަކޮށް ހުށަހަޅަން ވާނެއެވެ. ބީލަންފޮތް މި އިއުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާއި ގުޅުއްވުމުން ބޭނުންފުޅުވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ. އަދި ބީލަންފޮތް މި އިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. 

ބިޑް ރަޖިސްޓްރީ ކުރުން

 

      ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން  2026 ނޮވެމްބަރ 01 ން ފެށިގެން 2026 ނޮވެމްބަރ 12 ވަނަ  ދުވަހުގެ 10:00ގެ ކުރިންބީލަމުގައި ރަޖިސްޓްރީ ކުރުމަށް https://forms.cloud.microsoft/r/3dfjVAfsC

 މިލިންކްގައިވާފޯމް ފުރިހަމަކުރަންވާނެއެވެ.

 

ޕްރީ ބިޑް ބައްދަލުވުން

 

      ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރ 4 ވާ ބުދަ ދުވަހު 11:00ގައި ކައުންސިލް އިދާރާ މީޓިން ރޫމްގައެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރި ނުވިކަމުގައިވިޔަސް ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކޮށްފައި ނުވާނަމަ ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

 

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 

      ބީލަންތަށް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރު ގައި މި ދަންނަވާ މަޢުލޫމާތު ހިމަނާން ޖެހޭނެއެވެ.

(ހ) މަސައްކަތުގެ ނަން : ކުނިމެނޭޖްކުރުމަށް ޕިކަޕެއް ހޯދުން

(ށ) އިޢުލާނު ނަންބަރު:  (IUL)298/298/2026/54

(ނ) ބީލަން ހުށަހަޅާ ފަރާތުގެ ނަން  :

 

      ބީލަމުގެ މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 12 ވާ ބުރާސްފަތި ދުވަހު 11:00ގައި މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއްނުގަނެވޭނެއެވެ. ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ، އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި އައިޑީ ކޮޕީ ހުށަހަޅަން ވާނެއެވެ. އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ އީމެއިލްއަށް   [email protected] ނުވަތަ ފޯން ނަމްބަރަށް 6580021 ގުޅުއްވުން އެދެމެވެ.

       ވީމާ، މިކަން އާންމުކޮށްއަންގާ އިޢުލާނު ކުރީމެވެ.

29 އޮކްޓޫބަރު 2026