ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS-175/IL/2026/09
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2026
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 12 ނޮވެންބަރު 2026 10:00
މާއެނބޫދޫ ސްކޫލް
ދިވެހިރާއްޖެ
މާއެނބޫދޫ ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައި ސްކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މާއެނބޫދޫ ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އަމިއްލަ ތަކެތީގައި ފަހައި ސްކޫލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 ނޮވެންބަރު 01 ން 2026 ނޮވެންބަރު 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00އިން 13:30އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.  އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް، މައުލޫމާތު ސާފުކުރާ ފަރާތުގެ ނަމާއި ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ އަދި ގުޅޭނެ ފޯނުނަންބަރު މިސްކޫލުގެ އީމެއިލް އެޑްރެހަށް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މައުލޫމާތު ދިނުން އޮންނާނީ 2026 ނޮވެންބަރު 08 ވަނަ ދުވަހުގެ 13:45ގައި މާއެނބޫދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  ނޮވެންބަރު 12 ވަނަ ދުވަހުގެ 10:00 ގައި މާއެނބޫދޫ ސްކޫލްގައެވެ.

މިމަސައްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާއެނބޫދޫ ސްކޫލް

ނައިބުތުއްތުމަގު

ދ. މާއެނބޫދޫ، ދިވެހިރާއްޖެ.

ފޯން:    6760608 / 7663625

އީ-މެއިލް: [email protected]

01 ނޮވެންބަރު 2026