ބީލަން
ނަންބަރު: 518-A/2026/46
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 23:59
ސުންގަޑި: 12 ނޮވެންބަރު 2026 11:30
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިކޯޓުގެ އިދާރީ ބައި އެކްސްޓެންޑްކޮށްދޭނެ ފަރާތެއް ހޯދުން

                           އިޢުލާން                            

ބީލަން ހުށަހެޅުމުގެ ދަޢުވަތު

      މިކޯޓުގެ އިދާރީ ބައި އެކްސްޓެންޑްކޮށް އިތުރުކުރެވޭ ބައިގައި ކޮންފަރެންސް ރޫމް، އާކައިވްރޫމް، އަދި ސައިކޮޓަރިއެއް ހެދުމާއި މިހާރު ކޯޓު އިމާރާތާއި އިންވެގެން ހުޅަނގު ކޮޅުގައި ހުރި ޖަންކުޝަންއާއި ގުޅާފައިވާ ފާހާނާ ހޮޅިލައިން، ނަރުދަމާއާއި ގުޅާލެވިފައިވާ ކޯޓުގެ ހުޅަނގު އުތުރު ފަރާތުގައިވާ ޖަންކުޝަންއާއި ހޮޅިލައިން އަކުން ގުޅާލުމުގެމަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1.   އިމާރާތުގެ ހުޅަނގު ފަރާތަށް ކުރެހުމުގައިވާ ފަދައިން އިދާރީ ބައި ބޮޑުކޮށް ފުރިހަމަ ކުރުމުގެ މަސައްކަތްތައް

1.2.   އަލަށް އިތުރުކުރެވޭ ބައިގައި ކޮންފަރެންސް ރޫމެއް ހެދުން

1.3.   އަލަށް އިތުރުކުރެވޭ ބައިގައި އާކައިވް ރޫމެއް ހެދުން

1.4.   އަލަށް އިތުރުކުރެވޭ ބައިގައި ސައިކޮޓަރިއެއް ހެދުން

1.5.   މިހާރު ކޯޓު އިމާރާތާއި އިންވެގެން ހުޅަނގު ކޮޅުގައި ހުރި ޖަންކުޝަންއާއި ގުޅާފައިވާ ފާހާނާ ހޮޅިލައިން، ނަރުދަމާއާއި ގުޅާލެވިފައިވާ ކޯޓުގެ ހުޅަނގު އުތުރު ފަރާތުގައިވާ ޖަންކުޝަންއާއި ހޮޅިލައިން އަކުން ގުޅާލުން.

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                                I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

                             II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                          III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                          IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 ނޮވެންބަރު 04 ވާ ބުދަ ދުވަހުގެ 11:30 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 ނޮވެމްބަރ 12 ވާ އަންގާރަ ދުވަހުގެ 11:30 ގައި މިކޯޓު (ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު

ފޯން: 6520073، 6520074

އީ-މެއިލް: [email protected]

              ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ޖުމާދަލްއޫލާ 1448

29 އޮކްޓޫބަރު 2026

29 އޮކްޓޫބަރު 2026