ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2026/0080
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:51
ސުންގަޑި: 30 ނޮވެންބަރު 2026 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

29 އޮކްޓޯބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި، 2025 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ -/5 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، -/03 (ތިނެއް) ރުފިޔާ، ޖުމްލަ24,113,247.00  (ސައްވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ. އަދި 2025 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ، 2026 ނޮވެމްބަރު 01 ވަނަ ދުވަހުން ފެށިގެން ދޫކުރާނެ ވާހަކަ ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޙިއްޞާގެ ފައިދާ ނެންގެވުމަށް، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން މިކުންފުނީގެ ވެބްސައިޓުގައިވާ ޙިއްޞާދާރުންގެ ޕޯޓަލްގައި އެކައުންޓު ނަންބަރު އަޕްޑޭޓްކުރުމަށް ނުވަތަ "ޙިއްޞާދާރުން ޚިދުމަތްތަކަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދަންނަވަމެވެ.

29 އޮކްޓޫބަރު 2026