ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B2/422/2026/58
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:26
ސުންގަޑި:
01 ނޮވެންބަރު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވެކްޓަރ ކޮންޓްރޯލް ޓާސްކް ފޯސް އެކުލަވާލުމާއި ގުޅޭ.
މަދިރި، މެހި އަދި މީދާ ފަދަ ޖަރާސީމު އުފުލާ ދިރޭތަކެތީގެ (ވެކްޓަރ) ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ކަމަށްވާ ޑެންގީ، ޗިކުންގުންޔާ އަދި މެލޭރިއާ ފަދަ ބަލިތައް ކޮންޓްރޯލްކޮށް މަދުކުރުމަށްޓަކައި، ރަށު ފެންވަރުގައި ޚާއްޞަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ކަނޑައެޅިފައެވެ.
މި ކޮމިޓީ އެކުލަވާލުމަށްޓަކައި ނެގޭ މެމްބަރުންގެ ތެރޭގައި ތިރީގައި އެވާ ދާއިރާތަކުން 01 ބޭފުޅެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
• ވިޔަފާރި، ހޮޓާ، ރެސްޓޯރެންޓް ދާއިރާ
ވީމާ، މަތީގައިއެވާ ދާއިރާއިން މި ކޮމިޓީގައި ހިމެނިވަޑައިގަތުމަށް ޝައުޤުވެރިވާ ބޭފުޅުން، އެބޭފުޅެއްގެ މަޢުލޫމާތު 01 ނޮވެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
28 އޮކްޓޫބަރު 2026