ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23/23/2026/381
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 26 ޑިސެންބަރު 2026 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
"ހެލްތު ޕްރޮފެޝަނަލްސް މެނޭޖްމަންޓް ސިސްޓަމް (އެޗް.ޕީ.އެމް.އެސް)" ޕޯރޓަލްގެ ޚިދުމަތް ފެށުމާގުޅޭ

އިޢުލާން

މިވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން، ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަށް މިހާރު ބޭނުންކުރަމުންދާ "ވާރޗުއަލް ކައުންޓަރ" ޕޯރޓަލްގެ ބަދަލުގައި، 15 ނޮވެންބަރު 2026 އިން ފެށިގެން ބޭނުންކުރަމުން ގެންދާނީ "ހެލްތު ޕްރޮފެޝަނަލްސް މެނޭޖްމަންޓް ސިސްޓަމް (އެޗް.ޕީ.އެމް.އެސް)" ޕޯރޓަލް ކަމުގައި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ވީމާ، އެ ތާރީޚުން ފެށިގެން ކައުންސިލްތަކުގެ ޚިދުމަތްތަކަށް އެދިލައްވާނީ https://hpms.health.gov.mv/login ލިންކު މެދުވެރިކޮށް، އައު ޕޯރޓަލްއިން ކަމުގައި ދަންނަވަމެވެ.

26 އޮކްޓޫބަރު 2026