މަސައްކަތް
ނަންބަރު: H/IUL/2026/170
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 25 އޮކްޓޫބަރު 2026 10:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޭނުންކުރުމަށްފަހު ނައްތާލުމަށް ބޭނުންވާ ކަޅުތެޔޮ، ބައު ދަގަނޑު އަދި ބެޓެރި ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ 2 (ދޭއް) ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                    

                                                      އިޢުލާނު ނަންބަރ: H/IUL/2026/170       

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު 

މި ކުންފުނީގައި ބޭނުންކުރުމަށްފަހު ނައްތާލުމަށް ބޭނުންވާ ކަޅުތެޔޮ، ބައު ދަގަނޑު އަދި ބެޓެރި ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ދެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 އޮކްޓޯބަރު 25 ވާ (އާދިއްތަ) ދުވަހުގެ 10:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

އިތުރު ތަފްޞީލް:

  • އަގުހުށަހަޅަންޖެހޭ ގޮތް: އަގު ހުށަހަޅާނީ ނޯތު ރީޖަން އަދި ސައުތު ރީޖަނަށް ބައު ދަގަނޑު، ކަޅު ތެޔޮ އަދި ޔޫސްޑް ބެޓެރި އަށް އަގު ވަކިން. ތިރީގައި މިވަނީ ހުށަހެޅޭނެ އެންމެ ދަށް އަގު.

 

ފެށޭ އަގު (ރުފިޔާ)

ތަފްޞީލް

ނޯތު ރީޖަން (ހއ، ހދ، ށ،  ނ، ރ، ފ އަދި ހދ. ކުޅުދުއްފުށި ސިޓީ)

ސައުތު ރީޖަން (ދ، ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލަށް ސިޓީ އަދި އަށްޑޫ ސިޓީ)

ބައު ދަގަނޑު (ކިލޯއަކަށް)

0.65

0.65

ކަޅުތެޔޮ ފީފާ (200 ލީޓަރު)

70

70

ޔޫސްޑް ބެޓަރީ (ކިލޯއަކަށް)

3.50

3.50

  • ރަށެއްގައި ބައު ދަގަނޑު އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން 200 ކިލޯ އާއި 1000 ކިލޯ އާއި ދެމެދު
  • ރަށެއްގައި ކަޅުތެޔޮ އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން  20 ފީފާ އާއި 50 ފީފާއާއި ދެމެދު
  • ސިޓީއެއްގައި ބައު ދަގަނޑު އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން 200 ކިލޯ އާއި 10000 ކިލޯ އާއި ދެމެދު
  • ސިޓީއެއްގައި ކަޅުތެޔޮ އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން  20 ފީފާ އާއި 500 ފީފާއާއި ދެމެދު

މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި -/50،000ރ (ފަންސާސް ހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު:001-100078-7704 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރަންވާނެއެވެ.

ޑިޕޮސިޓް ބަލައިގަތުން: 2026 އޮކްޓޯބަރު 28 ވާ ބުދަ ދުވަހުގެ 10:00 – 13:00 ނިޔަލަށް، 13:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.

އަންދާސީހިސާބު ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް، އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް އަގު ހުށައެޅުމަށްފަހު، 30 ދުވަހުގެ މުއްދަތުގެ ކުރިން އަންދާސީހިސާބު އަނބުރާ ނަގާ ނުވަތަ ބާޠިލު ކޮށްފިނަމަ، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. އަދި އެފަރާތެއް ބްލެކްލިސްޓު ކުރެވޭނެއެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 65 ޕޮއިންޓް

ހުށަހެޅޭ އެންމެ މަތީ އަގު / ހުށަހެޅި އަގު × 65

ތަޖުރިބާ: 20 ޕޮއިންޓް

މެންޕަވަރ އިކުޕްމެންޓް އަދި މޮބިލައިޒޭޝަން ޕްލޭން: 15 ޕޮއިންޓް

 

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.       

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2026/170          

ބިޑް ހުޅުވުން:

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ނޮވެމްބަރު 01 ވާ (އާދިއްތަ) ދުވަހުގެ 10:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

                                     11 ޖުމާދުލްއޫލާ 1448

                              22 އޮކްޓޯބަރު 2026

 ނޯޓް:

  • މި އިއުލާނަށް އަންދާސިހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސިހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސިހިސާބު ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

 

22 އޮކްޓޫބަރު 2026