|
އިޢުލާނު
|
|
މަޤާމު:
|
ސްޓޫޑެންޓް އެފެއާޒް ކޯރޑިނޭޓަރ
|
|
ބޭނުންވާ އަދަދު:
|
1
|
|
މަޤާމުގެ ގިންތި:
|
ވަގުތީ (1 އަހަރާއި 11 މަސް)
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު/ މާލެ
|
|
މުސާރަ:
|
-/11620 (އެގާރަހާސް ހަސަތޭކަ ވިހި ރުފިޔާ)
|
|
މަޤާމުގެ އެލަވަންސް:
|
-/5420 (ފަސްހާސް ހަތަރުސަތޭކަ ވިހި ރުފިޔާ)
|
|
އެހެނިހެން އެލަވަންސް:
|
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/145
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މަރުކަޒާއެކު އެކިފަރާތްތަކުން ގާއިމް ކޮށްފައިވާ އެމްއޯޔޫ އާއި އެއްގޮތަށް އިވެންޓް/ޕްރޮގްރާމްތައް ކުރިއަށްދޭތޯ ބެލުން.
- މަރުކަޒުގެއައުޓްރީޗް ސެންޓަރުތައް ޤާއިމްކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި ވަސީލަތްތައް ހޯދުމާއި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ރާވާ ހިންގުން.
- މަރުކަޒުގެއައުޓްރީޗް ސެންޓަރުތަކުގައި ހިންގާ ޙިފްޡުކުލާސްތަކާއި ލެވެލް ކޯސްތަކާއި އަދި މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ ތަފާސްހިސާބުތައް ބެލެހެއްޓުން.
- ކިޔަވައިދިނުމުގެ ކަންކަމުގެ އުޞޫލުތައް ކަނޑައަޅުއްވާ އިދާރާތަކުން ތައްޔާރުކޮށްފައިވާ ޤަވާއިދުތަކާ އެއްގޮތަށް ކޯސްތަކުގެ ބައިތައް ފަރުމާކޮށް މުރާޖަޢާ ކުރުމާއި އެކަމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ކުރުމާއި ކުރުވުން.
- މަރުކަޒުން ކުރިއަށްގެންދާ ކުރުމުއްދަތުގެ ތަމްރީންތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމާއި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އިދާރީ ހުރިހާ ކަމެއް ރާވައި ހިންގުން
- ޖަލްސާ ތަކަށް ޤުރުއާން ކިޔަވާ ބޭފުޅުން ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ހަމަޖެއްސުމުގެ މަސައްކަތް ކުރުވުން.
- ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތްތަކާގުޅޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި މަރުކަޒުގެ ކަންކަން ހަރުދަނާ ކުރުމަށް ބޭރު ޤައުމުތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
- މަރުކަޒުގެ ލައިބްރަރީގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި މަރުކަޒުން ކުރިއަށްގެންދާ ކޯސްތަކާއި ކުލާސްތަކަށް ބޭނުންވާ ކޮންޓެންޓު ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
- މަރުކަޒުގެ ކިޔަވައިދިނުމާގުޅޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތައް ބެލެހެއްޓުމާއި މަރުކަޒުން ކުރިއަށްގެންދާ އެންމެހާ ޕޮރޮގްރާމްތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި ކިޔަވައިދެއްވާ ފަރާތްތަކަށް އެލަވަންސްދިނުމުގެ އެންމެހައި ކަންކަން ވިލަރެސް ކުރުން.
- ދަރިވަރުން ދަސްވެނިވުން ބޭއްވުމުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- ހާފިޒް ކޮމިޓީގެ ކަންތައްތައް ބެލެހެއްޓުމާއި، އިމްތިހާން ކޮމިޓީގެ ލަފާގެ މަތިން ހާފިޒުން އިމްތިހާންކުރުމާއި ހާފިޒުންގެ ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން.
- ހާފިޒުންގެ ރެކޯޑްސްތައް ގިނަދުވަހު ރައްކާކުރެވޭ ތަނެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެކިކަންކަމަށް ހާފިޒުންގެ ރެކޯޑްސް ބޭނުންވުމުން ފަސޭހައިން އަވަހަށް ލިބޭނެގޮތް ހަމަޖެއްސުން.
- މުބާރާތްތަކުގެ ފަނޑިޔާރުން ހަމަޖެއްސުމާ ގުޅޭގޮތުން މަރުކަޒަށް ލިބޭ ސިޓީތަކާ ގުޅިގެން އެކަންކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.
- ދަރިވަރުންގެ ކާޑު ތައްޔާރުކުރުމާއި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރުން.
- މަރުކަޒުގެ އެކަޑަމިކް ކަލަންޑަރާއި އެއްގޮތަށް މަރުކަޒުގެ ކޯސްތަކަށް ދަރިވަރުން ހޯދުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ބެލެހެއްޓުމާއި މަރުކަޒުގެ ކޯސްތަކަށް ހޮވޭ ދަރިވަރުންގެ ރެޖިސްޓްރޭޝަންގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
- ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި ހަމަޖެހިފައިވާ އުސޫލުގެ މަތިން ކްލާސްތަކުގެ އޮބްޒަވޭޝަން ކުރިއަށް ގެންދިޔުން، އަދި މަރުކަޒުގެ ދަރިވަރުންނާއި ގުޅޭ ތަފާސް ހިސާބުތައް އެއްކޮށް ރިޕޯޓްތައް އެކުލަވާލުން.
- ދަރިވަރުންގެ ރެކޯޑްސްތައް އަދާހަމަކުރުމާއި ގިނަދުވަހު ރައްކާކުރެވޭ ތަނެއްގައި ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމާއި އެކިކަންކަމަށް ދަރިވަރުންގެ ރެކޯޑްސް ބޭނުންވުމުން ފަސޭހައިން އަވަހަށް ލިބޭނެގޮތް ހަމަޖެއްސުން.
- މަރުކަޒުގެ ދިރާސީ އަހަރުގެ އެކަޑަމިކް ކަލަންޑަރު ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ވެރިންގެ މަޝްވާރާގެ މަތިންކުރުން. އަދި ކޯސްތަކުގައި ކިޔަވައިދޭ ކްލާސްތަކުގެ ޓޭބަލް ތައްޔާރުކުރުން.
- މަރުކަޒުގެ ކޯސްތަކާއި ބެހޭ ޓްރާންސްކްރިޕްޓްތަކާއި ސަނަދުތައް ތައްޔާރުކޮށް ދޫކުރުމުގެ މަސައްކަތް ބެލެހެއްޓުން.
- ދަރިވަރުންގެ ގްރޭޑްތަކާ ބެހޭގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތަކަށް ޖަވާބުދާރީވުމާއި ދަރިވަރުންގެ ރެކޯޑުތަކާ ބެހޭގޮތުން އުފެދޭ މައްސަލަތައް ޙައްލުކުރުން.
- މަރުކަޒުގެ ޓީޗަރުންގެ ކޯޑިނޭޝަން މަސައްކަތްތައް ބެލެހެއްޓުމާއި މަރުކަޒުގެ އިމްތިހާނު ލަޖުނާތައް ހަމަޖެއްސުމާއި ލަޖުނާތަކުގެ މަސައްކަތް ބެލެހެއްޓުން.
- ކިޔަވައިދިނުމާ ގުޅޭގޮތުން މަރުކަޒުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމްތައް ރާވައި ހިންގުމާއި އަތޮޅުތެރޭގައި ޤާއިމްކުރާ މަރުކަޒުގެ ގޮފިތަކުގައި ކިޔަވަދިނުމާއި ކިޔަވައިދިނުން މޮނިޓަރ ކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
- މަރުކަޒުގެ ކިޔަވައިދިނުމުގެ ކަންކަން ބަލަހައްޓާ ސެކްޝަނުގެ މަސައްކަތްތަކާގުޅޭ ޤަވާއިދުތަކާއި އުސޫލުތައް ތަންފީޒުކުރުން.
- މަރުކަޒުގެ ކޯސްތަކުގެ ކިޔަވައިދިނުމުގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން މޮނިޓަރކުރުން.
- ކޯސްތަކާ ގުޅިގެން އަހަރީ ރިޕޯޓަށް ބޭނުންވާނެ މައުލޫމާތު ކަމާބެހޭ ޝެކްޝަނަކަށް ދިނުން.
- އިމްތިހާނު ތަކުގެ ނަތީޖާއާ ގުޅޭ އެންމެހައި މަސައްކަތް ކުރުވުން.
- މަރުކަޒުގެ ލެވެލް ކޯސްތަކާއި ޙިފްޡު ކްލާސްތަކުގެ ދަރިވަރުންގެ އެންމެހާ ކަންތައްތަކާއި މަރުކަޒުގެ ކިޔަވައިދިނުމުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމާއި މަރުކަޒުގެ ކިޔަވައިދިނުމާގުޅޭ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކަށް ފުރުސަތު ހޯދުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
- ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން
- އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން
- ހަޔަރ އެޑިޔުކޭޝަން
- ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް
- ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް
- ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް
- ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން
- ޓަރޝަރީ އެޑިޔުކޭޝަން
- ހަޔަރ އެޑިޔުކޭޝަން އެންޑް ސްޓޫޑެންޓް އެފެއާޒް
- ސްޓޫޑެންޓް އެފެއާޒް
- ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން
- އިނޮވޭޝަން އެންޑް ހަޔަރ އެޑިޔުކޭޝަން
- އެޑިޔުކޭޝަން މެނޭޖްމަންޓް
- ލީޑަރޝިޕް އިން އެޑިޔުކޭޝަން
- އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް
- ސްކޫލް މެނޭޖްމަންޓް
- ސްކޫލް ލީޑަރޝިޕް
- އިންކްލޫސިވް އެޑިޔުކޭޝަން
- ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން
- އެޑިޔުކޭޝަނަލް ސައިކޮލޮޖީ
- ޓީޗިންގް
- ކިޔަވައިދޭ މާއްދާއަކުން ހާސިލްކޮށްފައިވާ ތަފާތު ޕޯސްޓްގްރެޖުއޭޓް ނުވަތަ އަންޑަރގްރެޖުއޭޓް ޑިގްރީތައް
- ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން
- ރިސަރޗް
- ރިސަރޗް ސްޓަޑީސް
- ރިސަރޗް މެތަޑްސް
- އެނަލިޓިކްސް
- އެޑިޔުކޭޝަނަލް ރިސަރޗް
- ހެލްތް ރިސަރޗް
- ސޯޝަލް ރިސަރޗް
- ރިސަރޗް މެތޮޑޮލޮޖީއާ އެކު މޭޖަރވާގޮތަށް ހަދާ ތަފާތު ޕޯސްޓްގްރެޖުއޭޓް ނުވަތަ އަންޑަރގްރެޖުއޭޓް ޑިގްރީތައް
- ކްރިޓިކަލް ތިންކިންގ
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޑިވެލޮޕްމަންޓް ސްޓަޑީސް
- ޕޮލިޓިކަލް ސައިންސް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް ޕޮލިސީ
- ސޯޝަލް ޕޮލިސީ
- އިކޮނޮމިކްސް
- އެކައުންޓިންގ
- ފައިނޭންސް
- ކޮމަރސް
- ޝަރީޢާ އެންޑް ލޯ
- އިސްލާމިކް ސްޓަޑީސް
މަޤާމުގެ ކޯ ޑިސިޕްލިން
-
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ އަދި އިދާރީ މަސައްކަތްތައް
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
- (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެސެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އޮކްޓޯބަރ 2026 އާއި 28 ނޮވެމްބަރ 2026 އާ ދެމެދު، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ގައެވެ.
|
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3019307 / 3019306 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|