ބީލަން
ނަންބަރު: (IUL)365-ESD/365/2026/91
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި: 29 އޮކްޓޫބަރު 2026 11:30
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލީ ކައުންސިލްގެ އޮފީސް އިމާރާތުގެ އެކްސްޓެންޝަން ފޭސް 1 ގައި ހިމެނޭ ގުދަން، ސައިކޮޓަރި، ސަޕޯޓްސްޓާފުންގެ ޖަގަހަ، އަދި ފާޚާނާ ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މުލީ ކައުންސިލްގެ އޮފީސް އިމާރާތުގެ އެކްސްޓެންޝަން ފޭސް 1 ގައި ހިމެނޭ ގުދަން، ސައިކޮޓަރި، ސަޕޯޓްސްޓާފުންގެ ޖަގަހަ، އަދި ފާޚާނާ ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން     

މުލީ ކައުންސިލްގެ އޮފީސް އިމާރާތުގެ އެކްސްޓެންޝަން ފޭސް 1 ގައި ހިމެނޭ ގުދަން، ސައިކޮޓަރި، ސަޕޯޓްސްޓާފުންގެ ޖަގަހަ، އަދި ފާޚާނާ ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ތިޔަ ފަރާތްތަކަށް ހުޅުވާލަމެވެ.

ބިޑް ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި   އެއްގޮތަށް، ޖީ.އެސް.ޓީ ހިމަނައިގެންނެވެ.  
  • މަސައްކަތް ކޮށް ނިންމަން ކަނޑައަޅާ މުއްދަތަކީ 30 ދުވަހެއެވެ.
  • މިބީލަމާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުމެއް 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ11:00 ގައި މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަދި ޕްރީބިޑްގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ދެވެން ނޯންނާނެއެވެ.
  • މި ބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ  ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި 

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީ.އެސް.ޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ 
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 
  • ވޭތުވެ ދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް (އިމާރާތް ކުރުން ނުވަތަ މަރާމާތުކުރުން) ފަދަ މަސައްކަތް ކޮށްފައިވާ ކަމުގެ 01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ) ހުށަހެޅުން 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލް 

މަސައްކަތުގެ އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓްތައް ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް އިވެލުއޭޝަންގައި ބައިވެރިކުރެވޭނެއެވެ.  

  • އަގަށް މާކްސް ދެވޭނީ އެންމެ ކުޑަ އަގެއް  ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުޞޫލުންނެވެ. 

# 

ކެޓެގަރީ 

މާކުސް 

މާކުސް ދެވޭ އުޞޫލު 

1 

އަގު 

100 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް 

ބީލަން ހުށަހަޅާނެގޮތް 

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން (މުލީ ކައުންސިލްގެ އޮފީސް އިމާރާތުގެ އެކްސްޓެންޝަން ފޭސް 1 ގައި ހިމެނޭ ގުދަން، ސައިކޮޓަރި، ސަޕޯޓްސްޓާފުންގެ ޖަގަހަ، އަދި ފާޚާނާ ހެދުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން)، އިޢުލާން ނަންބަރާއި ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ  29 އޮކްޓޫބަރު 2026ގެ 11:30ގައި މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ. 
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް 

  1. ހުށަހަޅާފައިވާ މައުލޫމާތުގައި ހަޤީގަތާއި ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން. 
  2. ހުށަހަޅާފައިވާ ލިޔުމުގައި އަސްލު ނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން. 
  3. މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)  
  4. ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން. 

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 6 (ހައެއް) މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ. 

ނޯޓު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޔުނިޓު،

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ،

ޑޭޒީމަގު، މ. މުލި، ދިވެހިރާއްޖެ

އީމެއިލް: [email protected]

ކޮޕީ: [email protected]

ފޯނު ނަންބަރު: 6720508

 

20 އޮކްޓޫބަރު 2026