ދިވެހިރާއްޖެ
ނަމްބަރ:(IUL)252/252/2026/149
ޢިއުލާން
ރައްޔިތުންގެ ބައްދަލުވުން
ޤާނޫނު ނަމްބަރ: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 2-107 (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަދި ޤާނޫނު ނަމްބަރ: 2024/16 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު) 15 ވަނަ މާއްދާގެ ދަށުން، ފިއްލަދޫގެ ފިޒިކަލް ޑިވޮޕްމަންޓް ޕްލޭން (ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭން) އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ޙާއްޞަކޮށްގެން ބޭއްވޭ ރައްޔިތުގެ މަޝްވާރާ ބައްދަލުވުމެއް 24 އޮކްޓޯބަރ 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ހއ.ފިއްލަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގައި މަޝްވަރާކުރަމަށް ހަމަޖެހިފައިވާ ކަންކަން
1- ހއ.ފިއްލަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި އުޞޫލުން ދޫކޮށްފައިވާ ބިންތައް ރީލޮކޭޓް ކުރާނެ ސަރަހައްދަކާ މެދު މަޝްވަރާކުރުން
2- ހއ.ފިއްލަދޫ ޓްއަރިޒަމް ޒޯން ސަރަހައްދުގައި ހިމެނޭ BP-37 އާއި BP38 ދެމުގައިވާ ބިން ބޭނުން ކުރާނެ ދާއިރާ ބަދަލުކުރުމާމެދު މަޝްވަރާ ކުރުން
3- ހއ.ފިއްލަދޫ އުތުރުކޮޅު ސަރަހައްދުގެ ބިން ބޭނުންކުރާނެ ދާއިރާ ނުވަތަ ތަރައްޤީ ކުރާނެ ދާއިރާ ކަނޑައެޅުމާމެދު މަޝްވަރާކުރުން
މިބައްދަލުވުމަކީ، ރަށުން ބޭރުގައި ދިރިއުޅޭ ފިއްލަދޫގެ ރައްޔިތުންނަށްވެސް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މަޝްވަރާ ބައްދަލުވުމެކެވެ. އެހެންކަމުން، މިބައްދަލުވުމުގައި ބައިވެރިވުމަށްއެދޭ ރަށުންބޭރުގައި ދިރިއުޅޭ ފިއްލަދޫގެ ރައްޔިތުން ތިރީގައިވާ ގޫގަލް ލިންކް މެދުވެރިކޮށް ބައްދަލުވުމުގައި ބައިވެރިވުމަށް 22 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ ރޭ 23:59 ގެކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މިފުރުޞަތުގައި ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް އޮންލައިންކޮށް ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވެމެވެ.
ރަށުގައި ދިރިއުޅެމުންދާ ފިއްލަދޫގެ ރައްޔިތުންނަށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތުދެވޭނީ، ބައްދަލުވުން އޮންނަ ތާރީޚުގައި ގަޑިއަށް ފިއްލަދޫ އިޖްތިމާޢީ މަރުކަޒަށް ޙާޟިރުވާ ފަރާތްތަކަށެވެ. ވީމާ، ވީހާވެސް ގިނަ ފިއްލަދޫގެ ރައްޔިތުން މިބައްދަލުވުމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
08 ޖުމާދަލްއޫލާ 1448ހ
19 އޮކްޓޯބަރ 2026މ