ކުއްޔަށް ދިނުން
ނަންބަރު: (IUL)282/282/2026/55
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 22 އޮކްޓޫބަރު 2026 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާއުނގޫދޫ އ.ތ.މ ކޮމިޓީގެ ބެލުމުގެދަށުގައިވާ ބިން ކުއްޔަށް ދޫކުރުން

މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބެލުމުގެދަށުގައިވާ ބިން (ދަނޑުބިން)، މި އިދާރާއިން އާންމުކޮށްފައިވާ "މާއުނގޫދޫ އ.ތ.މ ކޮމިޓީގެ ދަނޑުބިން ކުއްޔަށްދޫކުރުމުގެ މިންގަނޑު" އާ އެއްގޮތަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. އެގޮތުން، ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ މުއްދަތުގެ ތެރޭގައި ނީލަން އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.

  • ބިމުގެ ބޮޑުމިން: 4000 އަކަފޫޓު
  • ބިން އޮތް ސަރަހައްދު: ރަށްދެބައިމަގުން، މާއުނގޫދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ކައިރިން ދެކުނަށް
  • ފަށާ އަގު: މަހަކަށް -/1000 (އެއްހާސް) ރުފިޔާ
  • އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ މިންވަރު: -/50 (ފަންސާސް) ރުފިޔާ
  • ކުއްޔަށް ދޫކުރެވޭ މުއްދަތު: 5 (ފަހެއް) އަހަރު
  • ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި: ކުއްޔަށް ނަގާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
  • އަގު ހުށަހެޅުމުގެ ސުންގަޑި: 22 އޮކްޓޫބަރު 2026 | 13:00

ބިން ކުއްޔަށް ދޫކުރެވޭނެ ފަރާތްތަކާއި، ބިމުގައި ކުރެވޭނެ މަސައްކަތްތަކާއި، އެހެނިހެން މަޢުލޫމާތު "މާއުނގޫދޫ އ.ތ.މ ކޮމިޓީގެ ދަނޑުބިން ކުއްޔަށްދޫކުރުމުގެ މިންގަނޑު" ގައި ހިމެނިފައިވާނެއެވެ.

ވީމާ، މި ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން، ކައުންސިލްގެ އިދާރާއަށް ދުރުވެ " ކުލީބިމަށް އެދި އަގު ހުށަހަޅާ ފޯމް" ހުށަހެޅުއްވުން އެދެމެވެ.

19 އޮކްޓޫބަރު 2026