ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 ކައުންސެލަރ  | 
 މަޤާމް:  | 
||||
| 
 188-OD/22/2016/09  | 
 މަޤާމުގެ ނަންބަރު:  | 
||||
| 
 ދާއިމީ  | 
 މަޤާމުގެ ގިންތި:  | 
||||
| 
 އެމް. އެސް. 1  | 
 މަޤާމުގެ ރޭންކް:  | 
||||
| 
 ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
||||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
||||
| 
 މަދްރަސަތުލް އިފްތިތާޙް  | 
 މަޤާމު އޮތް އޮފީސް:  | 
||||
| 
 އިދާރީ  | 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
||||
| 
 މަދްރަސަތުލް އިފްތިތާޙް / ޅ. ނައިފަރު  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
||||
| 
 -/5,610 ރުފިޔާ  | 
 މުސާރަ:  | 
||||
| 
 -/2,000 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
||||
| 
 އިތުރުގަޑީގައި މަސައްކަތްކުރަން ހަމަޖެހިފައިވާ އުސޫލުން މަސައްކަތް ކުރުމުން، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
 އެހެނިހެން ޢިނާޔަތްތައް:  | 
||||
| 
 1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ؛ 2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 މަޤާމުގެ ޝަރުޠު:  | 
||||
| 
 - ކައުންސެލިންގ ޕްރޮގްރާމުތައް ރާވައި ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓެވުން. - ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިންގ ފޮލޯއަޕް ހެދުން. - ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން، ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި، ޓީޗަރުންނަށް އެހީތެރިކަން ދިނުން. - ނަފްސާނީ، ޖިސްމާނީ، އަޚްލާޤީ މައްސަލަތަކަށް ޙައްލު ހޯދުމަށް ބެލެނިވެރީންނާއި ޓީޗަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. - ސުކޫލުން ރާވައިގެން ހިންގާ، ވަޒީފާއާ ގުޅުންހުރި ޕްރޮގްރާމްތަކުގައި އެހީތެރިވެ އެއްބާރުލުން ދިނުން.  | 
 މަޤާމުގެ މަސްއޫލިއްޔަތުތައް:  | 
||||
| 
 - ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމ،ު މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ ) - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އެނގޭގޮތަށް، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުމެއް. -ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތް ހުރިގޮތް ބަޔާންކުރާ ފޯމް" (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހަކުން ކުރާ ޢިއުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
||||
| 
 - ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤު. - މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނެލަށް ސާބިތުކޮށްދެވޭ މިންވަރު.  | 
 މި ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ކަންތައްތައް:  | 
||||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މާރިޗު 3 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި މަދަރުސާގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.  | 
 ސުންގަޑި:  | 
||||
| 
 މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 6 މާރިޗު 2016 އާއި 10 މާރިޗު 2016 އާ ދެމެދުގެ ތާރީޚެއްގައި މަދްރަސަތުލް އިފްތިތާޙުގައެވެ.  | 
 އިންޓަވިއު:  | 
||||
| 
 މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ އަދި އެންމެ ޤާބިލްކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  | 
ނޯޓް | ||||
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް 6620009 ނަންބަރު ފޯނަށް ނުވަތަ 6620380 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  | 
އިތުރު މަޢުލޫމާތު:  | 
||||
| 15 ޖުމާދަލްއޫލާ 1437 | |||||