ބީލަން
ނަންބަރު: (IUL)263/263/2026/79
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 26 އޮކްޓޫބަރު 2026 14:00
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު، ނެއްލައިދޫގެ ބިމުގެ ދަފްތަރު އަދި ނެއްލައިދޫގައި ދުއްވާ އެއްގަމު އުޅަނދުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނެއްލައިދޫގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު، ނެއްލައިދޫގެ ބިމުގެ ދަފްތަރު އަދި ނެއްލައިދޫގައި ދުއްވާ އެއްގަމު އުޅަނދުގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 19 އޮކްޓޫބަރ 2026 ން 26 އޮކްޓޫބަރ 2026 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26 އޮކްޓޫބަރ 2026 ވަނަ ދުވަހުގެކުރިން މި އިދާރާއަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.

މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

  • ނެއްލައިދޫ ކައުންސިލް އިދާރާ
  • ފޯން:  6520041
  • އީމެއިލް: [email protected]

                      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

19 އޮކްޓޫބަރު 2026