ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383-ESD/383/2026/80
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި:
25 އޮކްޓޫބަރު 2026 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ދި ޔުނިޓީ ޗެންޕިއަންޝިޕް 2026" ގައި އިޝްތިހާރުކުރުމަށް ބިލްބޯޑް ބެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން
"ދި ޔުނިޓީ ޗެންޕިއަންޝިޕް 2026" ގައި އިޝްތިހާރުކުރުމަށް ބިލްބޯޑް ބެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މުބާރާތް ކުރިއަޔަށްދާ މުއްދަތުގައި އެ ސަރަޙައްދުގައި ބިލްބޯޑް ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
އަދަދު |
ސައިޒް |
އަގު |
މުއްދަތު |
|
10 ބިލްބޯޑް |
8ft x 3ft |
-/1000 ރުފިޔާ ކެންވަސް ދޭނަމަ -/500 ރުފިޔާ |
03 އިން 11 ނޮވެންބަރު 2026 އަށް |
ވީމާ، ބިލްބޯޑް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 25 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން 6780701 ނަންބަރު ފޯނަށް ގުޅުއްވައިގެން ނަން ނޯޓްކުރުން އެދެމެވެ. ބިލް ބޯޑް ދޫކުރެވޭނީ ނަން ނޯޓްކުރާ ތަރުތީބުންނެވެ.
19 އޮކްޓޫބަރު 2026