ޢާންމު މަޢުލޫމާތު
ނަންބަރު: MBA/IUL/2026/20
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 22:56
ސުންގަޑި: 25 އޮކްޓޫބަރު 2026 00:00
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ސީނިއަރ އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް ނެގުން

މި އެސޯސިއޭޝަންގެ ސީނިއަރ އަންހެން ޤައުމީ ބާސްކެޓްބޯޅަ ސްކޮޑް އެކުލަވައިލުމަށްޓަކައި ބާއްވާ ސިލެކްޝަން ޓްރައި-އައުޓްތައް ތިރީގައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

22 އޮކްޓޯބަރ 2026 (ބުރާސްފަތި)

16:45 ން 19:00 އަށް

ބާސްކެޓްބޯލް ޓްރެއިނިންގ ސެންޓަރ (ބީ.ޓީ.ސީ)

23 އޮކްޓޯބަރ 2026 (ހުކުރު)

16:45 ން 19:00 އަށް

ބާސްކެޓްބޯލް ޓްރެއިނިންގ ސެންޓަރ (ބީ.ޓީ.ސީ)

24 އޮކްޓޯބަރ 2026 (ހޮނިހިރު)

16:45 ން 19:00 އަށް

ބާސްކެޓްބޯލް ޓްރެއިނިންގ ސެންޓަރ (ބީ.ޓީ.ސީ)

 

ވީމާ، މި ޓްރައި-އައުޓްތަކުގައި ބައިވެރިވާން އެދޭ ހުރިހާ ކުޅުންތެރިން ވެސް، މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ދުވަހެއްގެ ސެޝަންތަކަށް ހާޒިރުވުމަށް ދަންނަވަމެވެ. އެއްވެސް މަޤްބޫލު ސަބަބަކާ ހުރެ ޓްރައި-އައުޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، އެކަން ސަބަބާއެކު މި އެސޯސިއޭޝަންގެ އީމެއިލް ([email protected]) މެދުވެރިކޮށް ހިއްސާކުރެއްވުން އެދެމެވެ.

18 އޮކްޓޫބަރު 2026