ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައި މިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
|
މަޤާމު: |
ޑެޕިއުޓީ މެނޭޖަރ |
|
ބޭނުންވާ ޢަދަދު |
01 |
|
ވަޒީފާގެ ބާވަތް |
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޕްރޮޑަކްޝަން އެންޑް ޕްރޮސެސިންގ ޑިޕާރޓްމަންޓް/ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް |
|
މުސާރަ: |
އަސާސީ މުސާރަ:10،250.00 ރުފިޔާ ސާރވިސް އެލަވަންސް:6،150.00 (އަސާސީ މުސާރައިގެ %60) ރުފިޔާ ޕްރޮފެޝަނަލް އެލަވަންސް: ޑިގްރީ ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40 ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20 ޖުމްލަ މުސާރަ:16،400-20،500 ރުފިޔާ އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ |
|
ޝަރުޠު: |
ޖީ.ސީ.އީ އޯ ލެވެލް ހާސިލްކޮށްފައިވުން. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން. މަގާމާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް |
ޕްރޮޑަކްޝަން އަދި ޕްރޮސެސިންގގެ ކަންކަން ހިންގުމުގައި އެހީވެ، އެންމެހާ މަސައްކަތެއް ރަނގަޅަށް ހިންގާ ގޮތަށް ހަމަޖެއްސުމާއި،ކަނޑައެޅިފައިވާ ޓާގެޓްތައް ހާސިލުކުރުން. ޕްރޮޑަކްޝަން އަދި ޕްރޮސެސިންގ ސެކްޝަންގެ އެންމެހައި މުވައްޒަފުން ލީޑްކުރުމާއި،ޑިޕާރޓްމަންޓް އެކުގައި ކުރިއެރުމަށާއި މަސައްކަތުގެ ނަތީޖާ ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމާއި ، ދެވިފައިވާ ޒިންމާތައް ރަނގަޅަށް އަދާކުރާކަން ޔަޤީންކުރުން. ޕްރޮޑަކްޝަން ބަޖެޓާއި، އޮޕަރޭޝަންގެ ޚަރަދުތަކާއި، މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ބޭނުންކުރާ ގޮތް ބެލެހެއްޓުން އަދި ޚަރަދު ކުޑަކޮށް ވަސީލަތްތައް ބޭނުންކުރުން. ޕްރޮޑަކްޝަން ރިޕޯޓްތަކާއި، އޮޕަރޭޝަންގެ ޑޭޓާތައް ހަދައި އަދި އެނަލައިޒްކޮށް، މަސައްކަތުގެ ނަތީޖާތަކާއި އިތުރު ކަންތަކުގައިި މެނޭޖްމަންޓަށް ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވުން. ޕްރޮޑަކްޝަން އަދި ޕްރޮސެސިންގ މަސައްކަތްތަކުގައި ސަލާމަތީ އުސޫލުތަކާއި، މިންގަނޑުތަކާއި، ކުންފުނީގެ ޕޮލިސީތަކާއި، ޤާނޫނީ ގަވާއިދުތަކާ އެއްގޮތްވާގޮތަށް މަސައްކަތް ހިންގާންކަން ބަލާ ޔަޤީންކުރުން. |
|
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ ދެފުށް ފެންނާނޭހެން. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.) ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) ޕޮލިސް ރިޕޯރޓް |
|
މަޤާމަށް މީހަކު ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ |
އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި ބަލާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި، ތަޢުލީމާއި، މަޤާމުގެ މަސައްކަތަށް ޤާބިލު ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދޭ މިންވަރެއްގެ މައްޗަށެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމާއި ތަޖުރިބާއަށް ދެވޭ ޕޮއިންޓް ދޭނީ މި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ސައްޙަކަން ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ. އިންޓަރވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަށް ޙާޟިރު ނުވެވިއްޖެނަމަ، ފަހުން އިންޓަރވިއު ނުދެވޭނެއެވެ. |
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
ެއަށެވ [email protected] ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 22 އޮކްޓޫބަރު 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ. މި މަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
|
|
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އެންމެ މަތިން މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.