ބީލަން
ނަންބަރު: (IUL)468-APS/468/2026/202
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 28 އޮކްޓޫބަރު 2026 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނބުގަސްތައް ވަރުވާ އަށް ދޫކުރުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

1. 10 އަނބުގަސް ވަރުވާއަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

 

 

3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 25 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 25 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

4. ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

5. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 28 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:00 ގައި އަސުރުމާ މާލަމް ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862497،6862498

  އީމެއިލް: [email protected]

18 އޮކްޓޫބަރު 2026