ދިވެހިރާއްޖެ
އިޢުލާނު
އިނާރާ މިސްކިތުގެ ގޯތިތެރެއާއި ގޯތިތެރޭގައިވާ އެންމެހާ ތަންތަން ސާފުކޮށް ބެލެހެއްޓުން އައުޓްސޯސްކުރުން
މިރަށު އިނާރާ މިސްކިތުގެ ގޯތިތެރެއާއި، ގޯތިތެރޭގައިވާ އެންމެހައި ތަންތަނާއި އިސްކުރުބަރި އަދި ފާޚާނާތައް 2 އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި 6680631 އަށް އަދި ބަންދުގަޑީގައި ކައުންސިލް ހޮޓްލައިން ނަންބަރަށް 9593939 އަށް ގުޅުއްވާ
- ރަޖިސްޓަރީ ކުރުމުގެ އަގު: -/50 (ފަންސާސް) ރުފިޔާ
- ރަޖިސްޓަރީ ފޯމް ހުށަހަޅަންޖެހޭ ތާރީޚް: 21 އޮކްޓޫބަރު 2026 ބުދަ ދުވަހުގެ 13:00ގެ ކުރިން
- ބީލަން ހުށައެޅުމުގެ ސުންގަޑި: 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން
- ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނުނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ "މަޢުލޫމާތު ޝީޓާއި، ބީލަން ރަޖިސްޓްރީކުރާ ފޯމް އަދި ބީލަން ހުށަހަޅާ ފޯމު" މިއަދުންފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
07 جُمَادَى ٱلْأُولَى 1448
18 އޮކްޓޫބަރު 2026
ޚާދިމްކުމް
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް