ބީލަން
ނަންބަރު: (IUL)GS-74/GS-74/2026/7
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:03
ސުންގަޑި: 22 އޮކްޓޫބަރު 2026 10:00
ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ކޭޓަރިންގ ޙިދުމަތް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

އަންދާސީހިސާބު ބޭނުންވެއްޖެ

ސައުތު ޒޯން ( ގއ، ގދ، ޏ، އަދި ސ އަތޮޅު) ގެ ސްކޫލްތަކުގެ ލީޑިންގ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ "ލީޑިން ފުރޮމް ދި ކިލާސްރޫމް" ވޯރކްޝޮޕްގެ ކޭޓަރިން ހިދުމަތް އަމިއްލަތަކެތީގައި ކުރާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިޙިދުމަތް ދިނުމަށް ބައިވެރިވާން އެދޭ ފަރާތްތަކުން، 18 އޮކްޓޯބަރ 2026 އިން 20 އޮކްޓޯބަރ 2026 އަށްބަންދުނޫން ދުވަސްތަކުގެ 08:00 އިން 14:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

 

މިޙިދުމަތް ދިނުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޕްރީ ބިޑް މީޓިންގ އޮންނާނީ، 20 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ  10:00 ގައި ޙާފިޒް އަޙްމަދު ސްކޫލުގައެވެ.

 

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ.

 

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 10:00 ގައި ހާފިޒް އަޙްމަދު ސްކޫލުގެ މީޓިންގ ރޫމުގައެވެ.

 

މިޙިދުމަތާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮކިއުރމެންޓް ސެކްޝަން

ހާފިޒް އަޙްމަދު ސްކޫލް

ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.

ފޯން:  9320911 / 7507901

އީ-މެއިލް: [email protected]

 

18 އޮކްޓޫބަރު 2026