ޢާންމު މަޢުލޫމާތު
ނަންބަރު: B12C-F/[IUL]/2026/144
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 21:40
ސުންގަޑި: 20 އޮކްޓޫބަރު 2026 13:15
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: B12C-F/[IUL]/2026/144

                                                                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

      މިކޯޓުގެ ރިސެޕްޝަންގެ ކައުންޓަރާއި ބިއްލޫރި ޕާރޓިޝަން ބަދަލުކުރުމާއި ކައުންޓަރުގެ އެތެރެ ކަބަޑުތައް ބަދަލުކުރުމާއި އަދި ކައުންޓަރުގެ ބޭރު ފާރުގައި ވޯލް ޕެނަލް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު B12C-F{IUL}/2026/120 (02 ސެޕްޓެންބަރު 2026) އިޢުލާން ބާތިލްކޮށް، މި މަސައްކަތަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

  1. މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1.1. ރިސެޕްޝަންގެ ކައުންޓަރު ހެދުން

1.2. ކައުންޓަރުގެ އެތެރޭގައި ކަބަޑު ޖެހުން

1.3. ފާރުގައި ވޯލް ޕެނަލްޖެހުން

  1. މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1- ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                               I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.

                             II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                           III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                           IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

  1. މިމަސައްކަތާ ގުޅޭ ތަފްޞީލް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 އޮކްޓޫބަރު 20 ވާ އަންގާރަ ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ  2026 އޮކްޓޫބަރު 25 ވާ އާދިއްތަ ދުވަހުގެ 13:15 ގައި މިކޯޓު (ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު) ގައެވެ.
  3. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
  4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް، ހދ.ކުޅުދުއްފުށި، ދިވެހިރާއްޖެ ،ފޯން: 6521509                    

 އީ-މެއިލް: [email protected]

04 ޖުމާދަލްޢޫލާ 1448

15 އޮކްޓޫބަރު 2026

 

 

 

 

ބީލަން ފޮތް

 

 

ޕްރޮޖެކްޓްގެ ނަން: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަންގެ ކައުންޓަރާއި ބިއްލޫރި ޕާރޓިޝަން ބަދަލުކުރުމާއި ކައުންޓަރުގެ އެތެރެ ކަބަޑުތައް ބަދަލުކުރުމާއި އަދި ކައުންޓަރުގެ ބޭރު ފާރުގައި ވޯލް ޕެނަލް ޖެހުމުގެ މަސައްކަތް

އިޢުލާން ނަންބަރ: B12C-F/[IUL]/2026/144

ތާރީޚް: 15 އޮކްޓޫބަރު 2026


 

ސެކްޝަން 1

ބީލަން ޝީޓް

 

ބީލަމާއި ގުޅޭ ރިފަރަންސްތައް

ރިފަރަންސް ނަންބަރު

މަސައްކަތުގެ ނަން: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ރިސެޕްޝަންގެ ކައުންޓަރާއި ބިއްލޫރި ޕާރޓިޝަން ބަދަލުކުރުމާއި ކައުންޓަރުގެ އެތެރެ ކަބަޑުތައް ބަދަލުކުރުމާއި އަދި ކައުންޓަރުގެ ބޭރު ފާރުގައި ވޯލް ޕެނަލް ޖެހުމުގެ މަސައްކަތް

އިޢުލާން ނަންބަރު:B12C-F/[IUL]/2026/144

އިޢުލާން ކުރި ތާރީޚް: 15 އޮކްޓޫބަރު 2026

1.1

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

ތަން:  ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު

ތާރީޚް: ‏20‏ އޮކްޓޯބަރ‏ 2026

ދުވަސް: އަންގާރަ

ގަޑި: 13:15

9.1

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅަންވީ ފަރާތް:

ނަން: ޢަބްދުއްސައްތާރު އަޙްމަދު

މަޤާމް: ސ.ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް

އޮފީސް: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު

ގުޅޭނެ ނަންބަރު: 6528939

އީމެއިލް އެޑްރެސް:  [email protected]

9.2

އަގު ހުށަހަޅަންވީ ގޮތް: ބީލަންފޮތުގައިވާ މަސައްކަތްކޮށްދެވޭނެ އަގު މިފޮތުގެ ޖަދުވަލު 2 ގައިވާ ފޯމް ފުރިހަމަކޮށް އަދި މި ފޮތުގެ ޖަދުވަލު 3 ގައިވާ މައުލޫމާތުތައް ހިމަނައިގެން ބީލަން ހުށަހަޅާ ފަރާތުގެ ލެޓަރހެޑްގައި ބީ.އޯ.ކިޔު ހުށަހެޅުން

13.1

މަސައްކަތުގެ މުއްދަތު: ބަންދު ދުވަސްތައް ހިމަނައިގެން މަސައްކަތް ފުރިހަމަ ކުރެވޭނެ ދުވަހުގެ އަދަދު

14.1

ބީލަން ހުށަހަޅަންވީ ސުންގަޑި

ތަން: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު

ތާރީޚް: ‏25‏ އޮކްޓޯބަރ‏ 2026

ދުވަސް: އާދިއްތަ

ގަޑި:  13:15

18.1

 

ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު

ތާރީޚް: ‏25‏ އޮކްޓޯބަރ‏ 2026

ދުވަސް: އާދިއްތަ

ގަޑި:  13:15

20.1

ބީލަންތައް ވަޒަންކުރާނެ މިންގަނޑު ޖަދުވަލު 7 ގައި އެވަނީއެވެ.

24.1

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ އަދަދު:  -

28.1

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.

2.28

ޕާރފޯމަންސް ގެރެންޓީ ހުށަހަޅަންޖެހޭ އަދަދު: -

30.1

 

 

 

ސެކްޝަން 2 - ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު

(ހ) އާންމު މަޢުލޫމާތު

  1. ބީލަމުގެ ތަޢާރަފު

 

1.1.    

 

މި ބީލަމަކީ ބީލަން ޝީޓުގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މި ބީލަމުން ހޯދަންބޭނުންވާ ޚިދުމަތް ނުވަތަ މަސައްކަތުގެ މަޢުލޫމާތު ބީލަން ޝީޓުގައި އަދި ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

  1. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

2.1.    

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

2.1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

 

2.1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

 

2.1.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

2.2.    

މި މާއްދާގެ 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

 

2.3.    

މިމާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ.

  1. ސަރަހައްދަށް އިސްކަންދިނުން

3.1.    

ބީލަން ކަރުދާހުގައި އިވެލުއޭޓް ކުރުމަށް ދީފައިވާ ކްރައިޓީރިޔާ އާ އެއްގޮތަށް އެންމެ މަތިން ރޭންކް ކުރެވޭ ފަރާތަކީ ހދ.ކުޅުދުއްފުށި އަށް ނިސްބަތްނުވާ ވިޔަފާރިއެއް ކަމުގައިވާނަމަ، އަންނަނިވި ގޮތަށް ޢަމަލުކުރަންވާނެއެވެ.

  1. ހދ. ކުޅުދުއްފުށި އަށް ނިސްބަތްވާ ފަރާތެއް، ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭކަމުގައިވާނަމަ، ހދ ކުޅުދުއްފުށި އަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސްއާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތަށް ލިބުނު މާކްސްގެ ފަރަގު (ދިހައެއް އިންސައްތަ) އަށްވުރެ ބޮޑު ނުވާ ކަމުގައި ވާނަމަ، ކުޅުދުއްފުށި އަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމޭނެއެވެ.
  2. މި މާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތަށް ފެތޭ ބީލަމެއް ނެތް ނަމަ، ހދ އަތޮޅަށް ނިސްބަތްވާ ފަރާތެއް، ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭތޯ ބެލޭނެއެވެ. އެގޮތުން، ހދ އަތޮޅަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވޭ ފަރާތުން ހުށަހެޅި ބީލަމަށް ލިބުނު މާކްސްއާއި، މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރެވިފައިވާ ފަރާތަށް ލިބުނު މާކްސްގެ ފަރަގު %5) ފަހެއް އިންސައްތަ) އަށްވުރެ ބޮޑު ނުވާ ކަމުގައި ވާނަމަ، ހދ އަތޮޅަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމޭނެއެވެ
  3. މި މާއްދާގެ (1) އަދި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތަށް ފެތޭ ބީލަމެއްނެތްނަމަ، އެންމެ މަތިން ރޭންކްކުރެވިފައިވާ ފަރާތާ ބީލަން ހަވާލުކުރަން ނިންމަންވާނެއެވެ.

 

  1. ބީލަން އޮންނަންވާނެގޮތާއި ބީލަމުގައި ސޮއިކުރުން

4.1.    

ބީލަންތައް އޮންނަންވާނީ މި ލިޔުމުގެ އެނެކްސް 1 ގައިވާ، ބީލަން ހުށަހަޅާ ފަރާތްތަކުގެ ޗެކުލިސްޓު ގައިވާ ލިއުންތަކާއި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް ތަރުތީބުން ބައިންޑު ކުރެވިފައެވެ. (ނުވަތަ ހީރަސް ޖެހިފައެވެ.

4.2.    

ބީލަން އޮންނަންވާނީ ދިވެހިބަހުން، ފަސޭހައިން ކިޔަން އެނގޭ ފޮންޓަކުން ޓައިޕު ކުރެވިފައެވެ. ނުވަތަ އަތުން ލިޔާނަމަ ލިޔެފައި ހުންނަން ވާނީ ކިޔަން އެނގޭގެ ގޮތަށެވެ. އަދި ބީލަމުގެ ހުރިހާ ސަފްހާއެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނުވަތަ އެފަރާތުން އައްޔަން ކުރާ ފަރާތުގެ ސޮޔާއި ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ. އަދި ބީލަމުގެ ކޮންމެ ޞަފުޙާއެއްގައި ވެސް އެއީ ކިތައް ޞަފުހާގެ ތެރެއިން ކިތައް ވަނަ ޞަފުޙާކަން އެނގޭގޮތަށް ތަރުތީބުން ޞަފުޙާ ނަންބަރުވެސް ޖަހަންވާނެއެވެ.

4.3.    

4.3.1 ޕްރައިވެޓް ލިމިޓެޑް ކުންފުނިތަކުން މެނޭޖިންގ ޑިރެކްޓަރ ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

4.3.2 ޕާޓްނަރޝިޕްތަކުގެ މެނޭޖިންގ ޕާޓްނަރު ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

4.3.3 ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޗެއަރޕާރސަން ނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެ ފަރާތަކަށް ސޮއި ކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

4.3.4 ފަރުދީ ވިޔަފާރިތަކުގައި ވެރިފަރާތް ނޫން ފަރާތެއް ބީލަމަށް ހުށަހަޅާ ލިޔުންތަކުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ "ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

 

 

4.3.5 ސަރުކާރު ކުންފުނިތަކާއި، ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން ބީލަމުގެ ލިޔުންތަކުގައި ސޮއިކުރާއިރު، ޒިންމާދާރު ކޮންމެފަރާތަކަށްވެސް ސޮއި ކުރެވިދާނެއެވެ.

  1. ހުށަހެޅޭނެ ބީލަމުގެ އަދަދު

5.1.    

ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަ ބީލަށް އެއްވެސް ފަރާތަކުން ހުށަހަޅާފިނަމަ އެފަރާތުން ހުށަހަޅާގައިވާ ހުރިހާ ބީލަމެއް ބާޠިލް ކުރެވޭނެއެވެ.

  1. ބީލަން ތައްޔާރު ކުރުމުގެ އަގު

6.1.    

ބީލަން ތައްޔާރުކުރުމަށާއި ބީލަން ހުށަހެޅުމަށް ކުރާ އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ހުށަހަޅާ ފަރާތަކުންނެވެ. މިކަމަށް ހިނގާ އެއްވެސް ޚަރަދަކަށް ބީލަމަށް ހުޅުވާ ފަރާތުން ޒިންމާއެއް ނުނަގާނެއެވެ.

  1. އެހެނިހެން އުސޫލްތައް

7.1.    

ބީލަން ހުށަހަޅާ ފަރާތަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ކަމުގައިވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއް ހުށަނާޅާ ހުއްޓާ  އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެ ބީލަން ބާޠިލްކުރެވޭނެއެވެ.

(ށ) ބީލަމާގުޅޭ ލިޔުންތައް

  1. ބީލަން ފޮތު ގައި ހިމެނޭ ބައިތައް

8.1.    

ބީލަމާގުޅޭ ލިޔުންތަކުގައި ހިމެނެނީ ތިރީގައިވާ ލިސްޓްގައިވާ ލިޔުންތަކާއި، އެމެންޑްމަންޓްތަކެވެ.

 

8.1.1 ބީލަން ޝީޓް (ސެކްޝަން-1)

 

 8.1.2ބީލަން ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދު (ސެކްޝަން-2)

 

 

8.1.3 އެއްބަސްވުމުގެ އާންމު އަދި ހާއްސަ މާއްދާތައް (ސެކްޝަން-3)

 

 

8.1.4 ޖަދުވަލުތައް (ސެކްޝަން-4)

 

 

8.1.5 ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް (ސެކްޝަން - 5 )

  1. ބީލަމާ ގުޅޭގޮތުން މައުލޫމާތު  ސާފުކުރުން

9.1.    

މި ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނެ ތާރީޚާއި ގަޑި "ބީލަން ޝީޓް" ގައި ބަޔާންކޮށްފައިވާނެއެވެ.

9.2.    

ބީލަމާގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ބީލަން ޝީޓްގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް ލިޔުމުން ފޮނުވޭނެއެވެ.

9.3.    

މި ބީލަން ފޮތުގައިވާ މަޢުލޫމާތާއި ގުޅިގެން ނުވަތަ މި ބީލަމާ ގުޅޭގޮތުން އިތުރަށް ސާފުނުވާ ކަމެއް އޮތް ނަމަ އެ ކަމެއްގެ މައުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާ އެކެވެ.

  1. ބީލަމަށް ބަދަލު ގެނައުން

10.1.          

ބީލަން ހުޅުވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބީލަމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމަށް ފެނިއްޖެ ހިދެއްގައި، އެމެންޑްމަންޓެއް (އުނި/އިތުރު) ގެނެވޭނެއެވެ. 

 

10.2.          

0.11 ގައިވާ ގޮތަށް ދޫކުރާ އެމެންޑްމަންޓަކީ ބީލަމުގެ ބައެކެވެ. އަދި އެ އުނިއިތުރު ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. ނުވަތަ އެފަރާތަކާ އެލިޔުން ޙަވާލުކުރަންވާނެއެވެ.

(ނ) ބީލަން ތައްޔާރުކުރުން

  1. ބީލަމުގައި ބޭނުން ކުރެވޭ ބަސް

11.1.          

ބީލަން ހުށަހަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއިއެކު ދީފައިވާ ނަމޫނާގައި ހިމެނޭ މައުލޫމާތުތައް ހިމަނައިގެން ދިވެހި ބަހުންނެވެ.

  1. ބީލަމުގައި ބޭނުން ކުރާ ފައިސާ

12.1.          

މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

  1. އަގު ހުށަހެޅުން

13.1.          

ބީލަމަށް ވަކި ގޮތަކަށް އަގު ހުށަހަޅަންޖެހޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. ނުވަތަ ސްޓޭޓްމަންޓް އޮފް ރިކުއަރަމަންޓުގައި ވާނެއެވެ.

 

13.2.          

ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ.

  1. މުއްދަތު

14.1.          

މަސައްކަތްކޮށްދިނުމަށް މުއްދަތު ހުށަހަޅަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ދުވަހުގެ އަދަދުންނެވެ.

 

14.2.          

މަސައްކަތްކޮށްދިނުމަށް ހުށަހަޅާ މުއްދަތަކީ އެމަސައްކަތެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާންވާނެއެވެ.

 

14.3.          

ވަކިމުއްދަތަކަށް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތެއްނަމަ، އެމަސައްކަތެއް އެމުއްދަތަށް މަސައްކަތް ނިންމަންވާނެއެވެ.

 

14.4.          

މިމާއްދާގެ 14.1 ގައި ވާ މުއްދަތު ހުށަހަޅާއިރު މިމަސައްކަތް ކުރުމަށް ސައިޓް ލިބޭނީ ކޮންމެ ރަސްމީ ދުވަހެއްގެ 14:00 އިން ފެށިގެން 22:00 އާއި ހަމައަށް ކަމަށާއި، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 8:00 އިން ފެށިގެން 22:00 އާއި ހަމައަށް ކަމަށްވާތީ މިކަމަށް ސަމާލުކަން ދޭންވާނެއެވެ.

  1. ބީލަމުގެ މުއްދަތު

15.1.          

ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 90 ދުވަސް ދުވަހުގެ މުއްދަތަށެވެ.

  1. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

16.1.          

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

 

16.1.1 ފުރިހަމަ ކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް (ޖަދުވަލު 2 )

 

16.1.2 ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.

 

16.1.3 ކޯޓޭޝަން/ ބީ.އޯ.ކިޔު (ޖަދުވަލު 3 ގައި ދީފައިވާ މައުލޫމާތު ހިމަނައިގެން ބީލަން ހުށަހަޅާ ފަރާތުގެ ލެޓަރހެޑްގައި)

 

 

16.1.4 ފުރިހަމަކޮށްފައިވާ ބީލަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 4 ގައި ދީފައިވާ މައުލޫމާތު ހިމަނައިގެން ބީލަން ހުށަހަޅާ ފަރާތުގެ ލެޓަރހެޑްގައި)

 

 

16.1.5 ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

 

 

16.1.6 ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ބީލަމެއްނަމަ ހުށަހަޅާ ބިޑް ސެކިއުރިޓީ

 

16.2.          

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

 

 

16.2.1 ބީލަން ހުށަހަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 6 ގައި ދީފައިވާ މައުލޫމާތު ހިމަނައިގެން ބީލަން ހުށަހަޅާ ފަރާތުގެ ލެޓަރހެޑްގައި ހުށަހަޅަންވާނެއެވެ.

 

 

16.2.2 ބީލަން ހުށަހަޅާ ފަރާތުގެ މާލީ ދަލީލު އަދި ޖަދުވަލު 5 ގައި ދީފައިވާ މައުލޫމާތު ހިމަނައިގެން ބީލަން ހުށަހަޅާ ފަރާތުގެ ލެޓަރހެޑްގައި ހުށަހަޅަންވާނެއެވެ.

 

 

(ހ) ބޭންކް ރިފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ.

 

 

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ބީލަން ހުށަހަޅާނަމަ، އެފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްވެސް ގަބޫލުކުރެވޭނެއެވެ.

 

 

(ނ) ފާއިތުވި މަހުގެ ބޭންކް ބެލެންސް އަދަދު އިނގޭނެހެން ބޭންކް ރިފަރެންސް ސިޓީ އެއް ނުވަތަ ބޭންކު ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ.

 

 

16.2.3 ކްރެޑިޓް ރެފަރެންސް ސިޓީތައް. ހުށަހަޅާ ކްރެޑިޓް ރެފަރެންސް ސިޓީތަކުގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.

 

 

(ހ) ރަޖިސްޓްރީކޮށްފައިވާ މާލީ އިދާރާއަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ.

 

 

(ށ) ހުށަހެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ.

 

 

(ނ) މިރެފަރަންސްގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ ސިޓީގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.

 

 

(ރ) މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސްއަކަށެވެ. މިފަދަ ރެފަރަންސްތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.

 

 

(ބ) އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއްނުގަނެވޭނެއެވެ.

(ރ) ބީލަން ހުށަހެޅުން

  1. ބީލަން ބަންދު ކުރާނެ ގޮތް

17.1.          

ބީލަން އޮންނަންވާނީ ބަންދު ކުރެވިފައެވެ.

 

17.2.          

ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

17.3.          

ސިޓީ އުރައިގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ.

 

17.4.          

ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައިގައި ބީލަން ޝީޓްގައިވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

  1. ބީލަން ހުށަހެޅުމުގެ ސުންގަޑި

18.1.          

މި މަސައްކަތަށް ނުވަތަ ޚިދުމަތަށް އެދި ހުށަހަޅާ ބީލަންތައް ހުށަހަޅަންވީ ސުން ގަނޑި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.

18.2.          

މި މާއްދާގެ 18.1 ގައި ބަޔާން ކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ ބީލަން ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކަށް ވާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގެ ބީލަން ޝީޓްގައިވާ ސުންގަޑީގައެވެ.

 

18.3.          

އީމެއިލް އަދި ފެކްސް އިން ފޮނުވާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

  1. މުއްދަތުގެ ފަހުން ހުށަހެޅޭ ބީލަން ތަކާއި މެދު އަމަލު ކުރާނެގޮތް:

19.1.          

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

 

 

(ބ) ބީލަން ހުޅުވުމާއި އިވޭލުއޭޓް ކުރުން

  1. ބީލަން ހުޅުވުން

20.1.          

މި މަސައްކަތަށް ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައި ވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ފޮނުވާ ފަރާތެއްގެ ހާޒިރުގައި ބީލަން ޝީޓްގައިވާ ތާރީޚްގައެވެ.

 

20.2.          

ބީލަން ހުޅުވުން އޮންނާނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑްރެހުގައެވެ.

 

20.3.          

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑީގައެވެ.

  1. ހުށަހަޅާ ބީލަމުގައިވާ ކުށްތައް އިސްލާޚްކުރުން

21.1.          

ޝަރުތު ފުރިހަމަވާ ބީލަންތަކުގެ ހިސާބުކުރުމުގެ މައްސަލައެއް އުޅޭނަމަ ތިރީގައި މިވާ ގޮތްތަކުގެ މަތިން އިސްލާޙް ކުރެވޭނެއެވެ.

21.2.          

ބީލަމުގައިވާ ފައިސާގެ އަދަދާއި ދިވެހި ބަހުން ލިޔެފައިވާ ފައިސާގެ އަދަދު ތަފާތުވާނަމަ، ރަނގަޅު އަދަދުކަމުގައި ބަލާނީ ދިވެހި ބަހުން ލިޔެފައިވާ ފައިސާ އަދަދެވެ.

  1. ބީލަންތައް ޗެކްކުރުމާއި ބީލަންތަކުގެ ރެންޕޮންސިވްނަސް ކަނޑައެޅުއް

22.1.          

ބީލަންތައް އިވެލުއޭޓްކުރުމުގެ ކުރިން ތިރީގައިވިމާ ކަންކަން ފުރިހަމަވޭތޯ ބެލޭނެއެވެ.

 

22.1.1 ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއްކަން.

 

22.1.2 ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިވާ ފަރާތެއްކަން

 

22.1.3 ބީލަމުގައިވާ އުޞޫލްތަކަށްބަލައި އެކަށީގެންވާ ބިޑެއްތޯ ކަނޑައެޅުން (ރެންޕޮންސިވްނަސް)

  1. ބީލަންތައް އިވޭލުއޭޓް ކުރުން

23.1.          

ހުށަހަޅާ ބީލަންތަކުގެ ތެރެއިން އިވެލުއޭޓް ކުރެވޭނީ 22.1 ގައިވާ ކަންކަން ފުރިހަމަވާ ބީލަންތަކެވެ.

  1. ބީލަން ހަވާލުކުރާނެ ފަރާތް ކަނޑައެޅުން

24.1.          

ބީލަން ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ބީލަން ވަޒަންކުރުމަށް ބޭނުން ކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.

 

24.2.          

24.1 ގައި އެހެން އޮތް ކަމުގައި ވިޔަސް މާއްދާ 3.1 ގައިވާ އުސޫލަށް ބީލަން ޙަވާލުކުރުމުގެ ކުރިން ބެލޭނެއެވެ.

  1. ބީލަންތަން ކެންސަލްކުރުން

25.1.          

އިޢުލާނާ ގުޅިގެން ބީލަން ހުށަހަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާނަމަ ބީލަންތައް ބަލައިނުގަތުމުގެ އިޚްތިޔާރު ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހުވެސް ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރުމުގެ އިޚްތިޔާރުވެސް ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހު ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންނުވާ އަގުތަކެއްނަމަ ނުވަތަ އެކަށީގެންވާ އަދަދަކަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަންތައް ކެންސަލްކުރުމުގެ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

  1. ބީލަން ކާމިޔާބުކުރާ ފަރާތް ހޮވައި، އެކަން އެންގުން

26.1.          

ބީލަން ކާމިޔާބުވި ފަރާތަށާއި، ކާމިޔާބުނުވި ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ.

  1. އެއްބަސްވުމުގައި ސޮއި ކުރުން

27.1.          

ބީލަން ކާމިޔާބުކުރި ފަރާތަށް އެކަމުގެ ލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާއި ދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަންވާނެއެވެ.

 

27.2.          

27.1 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ މުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރައްވައިފިނަމަ، މިމަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލްކުރެވޭނެއެވެ.

 

27.3.          

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތްފުރިހަމަ ނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

(ޅ) ހުށަހަޅަންޖެހޭ ސެކިޔުރިޓީތައް

  1. ބިޑް ސެކިޔުރިޓީ

28.1.          

ބީލަމަށް ޝީޓްގައި ބަޔާން ކޮށްފައިވާ އަދަދު ބިޑް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

 

28.2.          

ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހެވެ.

 

28.3.          

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ބިޑް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 8 ގައި ވާނެއެވެ.

 

28.4.          

ބީލަން ކާމިޔާބު ކުރާ ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ނުވާ ފަރާތްތަކުގެ ބިޑް ސެކިއުރިޓީ އެފަރާތްތަކަށް ރައްދު ކުރެވޭނެ އެވެ.

 

28.5.          

ބީލަން ހުޅުވުމަށްފަހު ބީލަން ހުށަހެޅި ފަރާތަކުން ބީލަމުން ވަކިވެއްޖެނަމަ ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތަށް ބީލަން ކާމިޔާބުވިކަމުގެ ލިޔުން ލިބުމަށްފަހު ބީލަން ކެންސަލް ކޮށްފިނަމަ އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. 

  1. އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ

29.1.          

އެޑްވާންސް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއްނަމަ، އެޑްވާންސް ފައިސާއަށްއެދި އެދި ކޮންޓްރެކްޓަރު ހުށަހެޅުމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެއެވެ.

29.2.          

އެޑްވާންސް ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމައެވެ.

29.3.          

އެޑްވާންސް ފައިސާ ހޯދުމަށްއެދި ހުށަހަޅާނަމަ، މަސައްކަތް ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށް އެދި ހުށަހަޅަންވާނެއެވެ.

 

29.4.          

އެޑްވާންސް ފައިސާ ހޯދުމަށް ހުށަހަޅާނަމަ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހުށަހަޅަންވާނެއެވެ. އެޑްވާންސް ޕޭމަންޓް ސެކިއުރިޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 10 ގައި ވާނެއެވެ.

 

29.5.          

އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށަހަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނިކުރެވޭނެއެވެ.

  1. ޕާރފޯމަންސް ގެރެންޓީ

30.1.          

ބީލަމަށް ހުށަހަޅާ އަގަކީ 500,000/- ރުފިޔާއަށްވުރެ މަތީގެ އަގެއްނަމަ ބީލަން ކާމިޔާބުކުރި ފަރާތުން ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނެއެވެ.

 

30.2.          

ޕާރފޯމަންސް ގެރެންޓީ ބެހެއްޓުމަށް ބީލަން ކާމިޔާބުކުރި ފަރާތަށް ދެވޭ މުއްދަތުގައި ޕާރފޯމަންސް ގެރެންޓީ ނުބަހައްޓައިފިނަމަ، މިމަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރުމަށްފަހު، އެފަރާތުން ހުށަހަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ.

 

30.3.          

ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންވާނީ ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ. ޕާރފޯމަންސް ގެރެންޓީ އޮންނަންވާނެ ގޮތުގެ ނަމޫނާއެއް ޖަދުވަލު 9 ގައި ވާނެއެވެ.

  1. މައްސަލަ ހުށަހެޅުމާއި މައްސަލަ ބެލުން

31.1.          

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށަހެޅުމާއި، ހުށަހެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ.

 

31.2.          

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހަޅަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 18 ގައިވާ "ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް-ފުރަތަމަ މަރުހަލާ" PR-14 ފޯމުންނެވެ.

 

31.3.          

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، މައްސަލަ ހުށަހަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމިގޮތް ލިޔުމަކުން މައްސަލަ ހުށަހެޅި ފަރާތަށް، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 19 ގައިވާ "ބީލަމުގެ މައްސަލައާއި ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބު" PR-14 ފޯމުން ޖަވާބު ތައްޔާރުކޮށް އަންގާނެއެވެ.

 

31.4.          

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް ހުށަހެޅުމުން، ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ބަޔާންކޮށް މައްސަލަ އަލުން ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅިދާނެއެވެ.

  1. މައްސަލަ އަލުން ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅުން

32.1.          

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 17.11 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި  ދިމާވާ މައްސަލައަކާއި ގުޅިގެން އިދާރީކަންކަން އަލުން ބެލުމަށް "މުސްތަޤިއްލު ރިވިޔު ކޮމެޓީ" އަށް ހުށަހެޅުމުގައި، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 21 ގައިވާ "ބީލަންވެރިޔާ ބީލަމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި "ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިޢު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމު" – އެޕީލް މަރުހަލާ" PR-16 ފޯމުން ހުށަހެޅިދާނެއެވެ.

 


 

ސެކްޝަން 3

އެއްބަސްވުމުގެ އާންމު މާއްދާތައް އަދި ހާއްސަ މާއްދާތައް

އެއްބަސްވުމުގެ ނަންބަރު:

އެއްބަސްވުން

މި އެގްރީމަންޓް ކުރެވިފައި ވަނީ،  ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ (މި އެއްބަސްވުމުގައި މީގެ ފަހުން "މަސައްކަތުގެވެރި ފަރާތް") އާއި ------------ (މި އެއްބަސްވުމުގައި މީގެފަހުން "މަސައްކަތްހަވާލުވާ ފަރާތް")  އާ ދެމެދު، މީލާދީ ސަނަތުން، ........... ވަނަ އަހަރުގެ ........................ މަހުގެ ....... (..................) ދުވަހު އެވެ.

ދެންފަހެ،  (މަސައްކަތް) (މި އެއްބަސްވުމުގައި މީގެ ފަހުން "މަސައްކަތްތައް") ކުރުމަށް މަސައްކަތުގެވެރި ފަރާތުން ބޭނުންވި ހިނދު، އަދި އެކަމަށްޓަކައި މަސައްކަތްހަވާލުވާ ފަރާތުން ހުށަހަޅާފައިވާ އަންދާސީ ހިސާބު މަސައްކަތުގެވެރި ފަރާތުން ޤަބޫލުކުރި ހިނދު، ބުނެވިދިޔަ މަސައްކަތްތައް މަސައްކަތްހަވާލުވާ ފަރާތުން ކުރުމަށާއި، އަދި އެ މަސައްކަތްތައް ފޯރުކޮށްދިނުމުގައި ލިބޭ ގެއްލުމަކަށް ބަދަލު ދޭންޖެހޭނަމަ އެކަމެއް ކުރުމަށް ނިޔަތްގަނެ، އަންނަނިވި ކަންކަމަށް އެއްބަސްވަމެވެ.

  1. 1.    މަސައްކަތް

1.1             މި އެއްބަސްވުމުގެ ޖަދުވަލު 3 ގައިވާ މަސައްކަތުގެ "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް" ގައިވާ ބަޔާންކޮށްފައިވާ އެންމެހައި މަސައްކަތްތައް އެ ލިޔުމުގައި ވާ ގޮތަށް ކުރުން

1.2             "ސްޓޭޓްމަންޓް އޮފް ރިކުއަރމަންޓް" ގައިވާ މަސައްކަތްތަކުގެ އިތުރުންވެސް މަސައްކަތާއި ހަވާލުވާ ފަރާތާއި ވާހަކަ ދައްކައިގެން ބަދަލު ގެނެވޭނެއެވެ.

 

  1. 2.    އެއްބަސްވުމުގެ އަގު

2.1             ޖަދުވަލު 4 ގައިވާ "މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް / ކޯޓޭޝަން" ގައިވާ މަސައްކަތް ކޮށްދެވޭނެ ކަމަށް ބަޔާންކޮށްފައިވާ އަގު (އަގު) އަކީ މި މަސައްކަތުގެ އަގެވެ.

2.2             ކޮންޓްރެކްޓް ކުރެވޭ މަސައްކަތް ނިމުމުން، މަސައްކަތުގެ ވެރިފަރާތުގެ ރިކުއަރމަންޓްއާއި މަސައްކަތާއި ހަވާލުވި ފަރާތުން ހުށަހަޅާފައިވާ ކޯޓޭޝަނާއި އަދި ދެފަރާތުން އެއްބަސްވެފައިވާ ފެންވަރަށް މަސައްކަތް ފުރިހަމަކޮށްފައިވޭތޯ ބަލާ ޗެކް ކުރުމަށްފަހު މަސައްކަތް ފުރިހަމަ ކުރިކަމުގެ ލިޔުން ހަވާލުކުރެވޭނެއެވެ.

2.3             މަސައްކަތުގެ އަގު ދެވޭނީ މަސައްކަތް ނިމުމުން މަސައްކަތް ފުރިހަމަ ކުރިކަމަށް މަސައްކަތް ހަވާލުވި ފަރާތުން ލިޔުން ދިނުމުން، މަސައްކަތް ހަވާލުކޮށް މަސައްކަތާއި ހަވާލުވި ފަރާތުން ބިލް ހުށަހެޅުމުންނެވެ.

2.4             މަސައްކަތުގެ އަގު ނުވަތަ ޚިދުމަތުގެ އަގު 500،000.00 (ފަސް ލައްކަ) ރުފިޔާއާއި ދެމެދުގެ މަސައްކަތެއް ކުރުވާނަމަ، ނުވަތަ ޚިދުމަތެއް ހޯދާނަމަ، ނުވަތަ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ނިންމާ މި އަދަދަށްވުރެ މަތީ އަގެއްގެ ކަމެއްކަމުގައިވިޔަސް އެ މަސައްކަތަކުން ނުވަތަ ޚިދުމަތަކުން ނިމުނު ބައެއްގެ އަގު ހޯދުމަށް ވަކިވަކި ބިލު ހުށަހެޅުމުން، އެކަމެއް ކުރަމުންދާގޮތް ބެލުމާ ހަވާލުކުރެވިފައިވާ އިންޖިނޭރަކު ނުވަތަ ކޮންސަލްޓަންޓަކު ނުވަތަ އެ މަސައްކަތެއް ސުޕަވައިޒްކުރުމާ ހަވާލުވެހުރި ފަރާތުން، އެކަމެއްކޮށް ނިމިފައިވާކަމަށް ސޮއިކުރުމުން އެ ބިލެއްގެ ފައިސާ ދެވިދާނެއެވެ.

 

  1. 3.    އެއްބަސްވުމުގެ މުއްދަތު

3.1             ޖަދުވަލު 4 ގައިވާ "މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް / ކޯޓޭޝަން" ގައިވާ މަސައްކަތް ކޮށްދެވޭނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތު (މުއްދަތު) އަކީ މި މަސައްކަތުގެ މުއްދަތެވެ.

3.2             މަސައްކަތް ފެށުމުގެގޮތުން "މަސައްކަތް ފެށުމަށް އަންގާ ލިޔުން" މަސައްކަތުގެ ވެރިފަރާތުން މަސައްކަތާއި ހަވާލުވާ ފަރާތައް ދޭންވާނެއެވެ. މި ލިޔުމަކީ އެއްބަސްވުމުގެ ބައެކެވެ.

 

  1. 4.    ރިޓެންޝަން މުއްދަތު

4.1             ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޓެންޝަން ފައިސާ އުނިކޮށް، އެ ފައިސާ އަނބުރާ ދޫކުރަންވާނެއެވެ.

4.1.1      ހުށަހަޅާ ކޮންމެ ބިލަކުން، ބިލުގެ ޖުމުލަ އަގުގެ %5 (ފަހެއް އިންސައްތަ) ކެނޑުން؛

4.1.2      މި މާއްދާގެ (ހ) ގައިވާ ގޮތަށް ރިޓެންޝަން ފައިސާ ކެނޑުމަށްފަހު، މި އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ އަނބުރާ ދޫކުރުން.

4.1.2.1       މަސައްކަތް ނިމޭތާ 6 (ހައެއް) މަސްދުވަސް ވުމުން އަނބުރާ ދިނުން.

4.1.2.2       މި މާއްދާގެ 4.1.2.1 ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރިޓެންޝަން ފައިސާގެ އަދަދަށްވާ ސެކިއުރިޓީއެއް ހުށަހަޅައިފިނަމަ، އިސްވެ ބަޔާންކުރި މުއްދަތުގެ ކުރިން، ރިޓެންޝަން ފައިސާ ދޫކުރުން.

4.1.3      މަސައްކަތްތައް ނިންމުމަށްފަހު ކަނޑައަޅާފައިވާ މުއްދަތު (ރިޓެންޝަން މުއްދަތު) ގައި އެކަމަކަށް ދިމާވާ މައްސަލަތައް މަސައްކަތާއި ހަވާލުވާ ފަރާތުން ރަނގަޅުކޮށްދޭންވާނެއެވެ. ރިޓެންޝަން ފައިސާ ބަހައްޓަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު އެ ފައިސާ ދެވޭނީ އެހާތަނަށް ރަނގަޅުކުރަންޖެހޭ ހުރިހާ ކަމެއް ރަނގަޅުކުރުމުންނެވެ. އަދި އެއްވެސް ޖޫރިމަނާއެއްވާނަމަ އެ މިންވަރު ކެނޑުމަށްފަހުއެވެ.

4.1.4      މަސައްކަތް ހަވާލުވާ ފަރާތުން ޒިންމާ އުފުލަންޖެހޭ ކަންކަމަށް މަސައްކަތް ޙަވާލުވާ ފަރާތުގެ ޚަރަދުގައި ބަދަލުދޭންވާނެއެވެ. މަސައްކަތް ނިމޭއިރު މިގޮތުން ހަމަނުޖެހި ކަމެއް އޮތްނަމަ، އެކަމެއް ރިޓެންޝަނުގެ ގޮތުގައި ބަހައްޓާފައިވާ ފައިސާގެ ތެރެއިން ހަމަޖެއްސޭނެއެވެ.

 

 

 

  1. 5.    މަސައްކަތް ހިންގުން

5.1             މަސައްކަތް ހިންގުމަށް މަސައްކަތުގެ މެނޭޖަރެއް ޢައްޔަންކުރެވޭނެއެވެ. ކޮންޓްރެކްޓް މެނޭޖަރުގެ ޒިންމާތަކުގެ ތެރެއިން މައިގަނޑު ޒިންމާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

5.1.1      ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް ހިންގުން

5.1.2      އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެމަތިން މަސައްކަތާއި ޙަވާލުވާ ފަރާތް ކުރަންޖެހޭ ކަންތައްތައް ކުރާކަން ޔަގީންކުރުން.

  1. 6.    ކޮންޓްރެކްޓުގައިވާ މަސައްކަތް ބަލައިގަތުން

6.1             މި އެއްބަސްވުމުގެ ދަށުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ޚިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަނެވޭނީ، އެގްރީމެންޓުގައިވާ ގޮތުގެމަތިން އެކަންތައް ކޮށް ނިންމުމުންނެވެ. އެގްރިމެންޓާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާފައިވާ ތަކެތި ބަލައެއް ނުގަނެވޭނެއެވެ. އެކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅުނޫންކަމަށްވާނަމަ، އެކަމެއް ރަނގަޅުކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލުކުރުމަށް އެފަރާތަކަށް އަންގޭނެއެވެ. މިކަމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އެއްވެސް ޚަރަދެއް ކޮށްގެން ނުވާނެއެވެ.

6.2             މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

6.3             މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ލިބޭ ގެއްލުމާއި، ހަލާކުވާ ތަންތަނާއި، ތަކެތި މަރާމާތުކޮށް ރަނގަޅުކުރުމަށް، މަސައްކަތް ކުރުވާ އޮފީހުގެ ވެރިޔާ އެންގުމުން ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގައި އެ މަސައްކަތް ރަނގަޅުކުރަންވާނެއެވެ. އެ އެންގި އެންގުމަށް ޢަމަލުނުކުރުމުން ނުވަތަ އެކަން ގަބޫލުނުކުރުމުން ސަރުކާރުން އެކަން ރަނގަޅުކޮށް ނިންމުމަށްފަހު އެކަމަށް ހިނގި ހުރިހާ ޚަރަދެއް ކޮންޓްރެކްޓުގެ އަގުގެ ތެރެއިން ނުވަތަ ރިޓެންޝަން ފައިސާގެ ތެރެއިން އުނިކުރެވޭނެއެވެ.

 

  1. 7.    ކޮންޓްރެކްޓާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

7.1             ތިރީގައި ބަޔާންކޮށްފައިވާ ފަދަ އެއްވެސް ޢަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި އެ ޢަމަލެއް ހިންގުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ އަދަދާ އެއްވަރުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ދައުލަތުގެ ބީލަމެއްގައި ވަކި މުއްދަތަކަށް ބައިވެރިނުވެވޭގޮތަށް ސަސްޕެންޑްކުރުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީ އަށް ހުށަހެޅޭނެއެވެ.

7.1.1      ބީލަމަކާ ގުޅޭގޮތުން ދައުލަތުގެ އޮފީހަކަށް ކޮންޓްރެކްޓް ކުރިޔަށް ގެންދިޔުމުގައި ޞައްޙަނޫން ލިޔުންތައް ހުށަހެޅުމާއި، އެފަދަ މަޢުލޫމާތު ދިނުމާއި، މަޢުލޫމާތު ފޮރުވުން.

7.1.2      އަމިއްލަ ބާރުގެ ދަށުގައިނުވާ ކަމެއް (ޤުދުރަތީގޮތުން ދިމާވާ ކަމެއް) މެދުވެރިވެގެން ނޫން ގޮތަކަށް ކޮންޓްރެކްޓުގެ ދަށުން ކޮންމެހެން ކުރަންޖެހޭ ކަމެއް ފުރިހަމަނުކޮށް ދޫކޮށްލުން.

7.1.3      ކޮންޓްރެކްޓެއް ނުވަތަ ސަބްކޮންޓްރެކްޓެއް ހޯދުމުގެގޮތުން ކޮށްފައިވާ ޖިނާއީ ކުށެއް ސާބިތުވުން.

7.1.4      ޕްރޮކިއުމަންޓުގެ އުސޫލުގައި ކޮންޓްރެކްޓަރު ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުން. އަދި މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އަންގާ އެންގުންތަކަށް ޢަމަލުނުކުރުން.

7.1.5      ވިޔަފާރީގެ ހަރަކާތަކާ ގުޅިގެން ނުވަތަ ޕްރޮފެޝަނަލް ހަރަކާތަކާ ގުޅިގެން މަދަނީ ކުށެއް ޝަރީޢަތަށް ސާބިތުވެ، އެ ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތަކަށް ވުން.

7.2             ބީލަން ކާމިޔާބުކުރާ ފަރާތުން ޢަމަލުކުރުމަށް މާލިއްޔަތު ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ކޮންޓްރެކްޓަރަކު ޢަމަލުނުކޮށްފިނަމަ، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ބީލަންތަކުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް އެ ކޮންޓްރެކްޓަރަކު ބައިވެރިނުކުރެވޭނެއެވެ.

7.3             ބީލަން ކާމިޔާބުކުރާ ފަރާތުން މާލިއްޔަތު ގަވާއިދުގެ 10.71 ވަނަ މާއްދާއާއި 10.72 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢަމަލުނުކޮށްފިނަމަ، އެފަރާތެއްގެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމެއް ހަމަޖެއްސޭނެއެވެ. އަދި މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެކަމަށް ހިނގި ޚަރަދު ހަމަޖެއްސުމަށްފަހު، ބާކީ ފައިސާ ހުރިނަމަ އެފަރާތަކަށް ދޭންވާނެއެވެ.

7.4             ކޮންޓްރެކްޓާ ޙަވާލުވެ މަސައްކަތް ވަކި ހިސާބަކަށް ގެންދިޔުމަށްފަހު، އެ ކޮންޓްރެކްޓެއް ދޫކޮށްލައިފިނަމަ، 1 (އެކެއް) އަހަރު ވަންދެން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އެއްވެސް މަސައްކަތެއް އެފަރާތަކާ ހަވާލެއް ނުކުރެވޭނެއެވެ.

 

  1. 8.    އެއްބަސްވުމުގެ އާންމު މާއްދާތައް އަދި ހާއްޞަ މާއްދާތައް
  2. މާނަކުރުން
 

1.1

"މަސައްކަތުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރުމަށް ބޭނުންވާ އިދާއިރާގެ ތަނަކަށެވެ.

 

1.2

"މަސައްކަތް ހަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކޮށްދިނުމަށް އެދި ބީލަން ހުށަހަޅާ ފަރާތަށެވެ.

 

1.3

"މަސައްކަތް" ކަމަށް ބުނެފައިއެވަނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ މަސައްކަތަކެވެ.

 

1.4

"މަސައްކަތުގެ އަގު" ކަމަށް ބުނެފައިއެވަނީ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހަމަކުރުމުން މަސައްކަތް ހަވާލުވާ ފަރާތަށް ދައްކާ ފައިސާއަށެވެ.

 

1.5

"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ވެރިފަރާތާއި، މަސައްކަތްކުރުމަށް ހަވާލުވާ ފަރާތާ ދެމެދު މަސައްކަތްކުރުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމަށެވެ.

  1. ލިޔެކިއުން ބަދަލުކުރުން

2.1

މި އެއްބަސްވުމުގައި ޝާމިލުވާ ފަރާތްތަކުން މިއެއްބަސްވުމާއި ގުޅިގެން އެއް ފަރާތުން އަނެއް ފަރާތަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އާއްމުގޮތެއްގައި އަންގާނީ ދިވެހި ބަހުން، ލިޔުމުންނެވެ.

 

2.2

އެއްފަރާތުން އަނެއް ފަރާތަށް ފޮނުވާ ލިޔުން ރައްދުކުރާނީ އަތުން އަތަށް ނުވަތަ ރަޖިސްޓްރީ ފޯސްޓުން، ނުވަތަ ކަނޑައެޅިފައިވާ އީމެއިލަށް ، ބީލަމުގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ.

 

2.3

މިއެއްބަސްވުމުގައިވާ އެޑްރެސް ބަދަލުކުރާން ބޭނުންވާނަމަ، ބަދަލު ކުރާން ބޭނުންވާ ފަރާތުން އަނެއް ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.

 

2.4

މި މާއްދާގެ ދަށުން ގެނެވޭ ނުވަތަ އެންގޭ ކޮންމެ ބަދަލަކީ މި އެއްބަސްވުމުގެ ބައެކެވެ.

  1. ތިންވަނަ ފަރާތަކާއި މަސައްކަތް ހަވާލުކުރުން

3.1

މިއެއްބަސްވުމުގެ ދަށުންކުރެވޭ މަސައްކަތުގެ އެއްވެސްބައެއް އެހެންފަރާތަކާއި ޙަވާލުކޮށްގެން ކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މަސައްކަތް ޙަވާލުވާ ފަރާތުން، ވެރިފަރާތަށް ލިޔުމުން ހުށަހަޅާ ހުއްދަހޯދަށްވާނެއެވެ.

 

3.2

3.1 ގައިވާ ގޮތުގެމަތިން އެހެން ފަރާތަކާ މަސައްކަތުގެ އެއްވެސްބައެއް ހަވާލުކުރިކަމުގައިވިޔަސް މަސައްކަތް ޙަވާލުވާ ފަރާތުން މިއެއްބަސްވުމުގައިވާ ގޮތުގެމަތިން ފުރިހަމައަށް ޒިންމާ އުފުލަން ވާނެއެވެ.

  1. ތަކެއްޗާއި ޚިދުމަތާއި ހަވާލުވުން

4.1

ތަކެތި ގުދަނަށް ގެނައުމުގެ 03(ތިނެއް) ދުވަސް ކުރިން ތަކެތި ގުދަނަށް ގެނެވޭނެ ތާރީޚާއި ގަޑި މަސައްކަތް ވިލަރެސްކުރާ ފަރާތަށް އަންގަންވާނެއެވެ.

 

4.2

ތަކެތި ގުދަނަށް ގެނައުމުން މަސައްކަތް ވިލަރެސްކުރާ ފަރާތުން (ގުދަނުން) ޙަވާލުވާނީ ތަކެތީގެ އަދަދާއެވެ.

 

4.2

އެއްބަސްވުމުގައިވާ ގޮތަށް ތަކެތި/ޚިދުމަތް ލިބިފައިވޭތޯ ބަލާނީ ގުދަނަށް ޙަވާލުވުމަށްފަހު އިވެލުއޭޝަން ކޮމެޓީންނެވެ. ކޮލިޓީ ބެލުމަށްފަހު ސްޕެސިފިކޭޝަނާއި އެއްގޮތަށް މަސައްކަތް ނިންމާފައިވާކަމަށް ވާނަމަ އެގްރީމަންޓާ އެއްގޮތަށް ތަކެތި/ޚިދުމަތް ލިބުނުކަމަށް ބެލޭނެއެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ ޚިދުމަތް/ތަކެތި އަނބުރާ ފޮނުވާލެވޭނެއެވެ.

  1. އެއްބަސްވުމުގެ މުއްދަތު

5.1

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަކެތި/ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ.

 

5.2

މަސައްކަތް ހަވާލުވިފަރާތުގެ ބާރުނުފޯރާ ކަމެއް ނުވަތަ ޤުދުރަތީ ހާދިސާއެއް/ކާރިޘާއެއް ނުވަތަ މެނިފެކްޗަރިންއާއި ގުޅޭކަމެއް ކުރިމަތިވެއްޖެނަމަ މުއްދަތު އިތުރުކުރުމަށްޓަކައި އެހާދިސާއެއް/ކާރިޘާއެއް ނުވަތަ އެކަމެއް ދިމާވިކަން އެގޭފަދަ (ރަސްމީ ނުވަތަ ކަމާގުޅޭ ފަރާތްތަކުގެ) ލިޔުންތަކާއެކު މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވުމުގެ ކުރިން މަސައްކަތުގެ ވެރިފަރާތަށް ހުށަހަޅަންވާނެއެވެ.

  1. ޖޫރިމަނާކުރުމާއި އެގްރިމަންޓް ބާޠިލްކުރުން

6.1

އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.71 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ.

 

6.2

ޖުމްލަ އަގު -/250000 ރުފިޔާއަށްވުރެ ދަށުގެ ބީލަމެއްނަމަ ފައިސާ ކަނޑާނީ، ޖުމްލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ އަދަދާ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ އަދަދާ ގުނަކުރުމުން ޖެހޭ އަދަދެކެވެ.

ލިކުއިޑޭޓެޑް ޑެމޭޖަސް=   LD*0.005*CP

CP  (ކޮންޓްކެޓް ޕްރައިސް): ކޮންޓްރެކްޓްގެ ޖުމްލަ އަގު

LD ( ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓްގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް

 

6.3

 

 

މަސައްކަތް ނުނިމި ލަސްވާ މުއްދަތަށް މަސައްކަތް ޙަވާލުވި ފަރާތުން ފައިސާ ދޭންޖެހިއްޖެނަމަ، މަސައްކަތް ޙަވާލުވި ފަރާތުން ހުށަހަޅާ ބިލަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ނުނިމި ލަސްވީ މުއްދަތަށްވާ ފައިސާ ބިލްގައިވާ އަދަދުން ކެނޑުމަށްފަހު ބާކީ ފައިސާއެވެ.

 

6.4

މަސައްކަތުގެ ޖުމްލަ އަގުގެ އިންސައްތަ އަށްވުރެ ލިކުއިޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެނަމަ އެއްބަސްވުން ބާތިލްކުރެވޭނެއެވެ.

  1. އެގްރީމަންޓް ބާތިލްކުރުން

7.1

އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެއްބަސްވުންއެއްކޮށް ނުވަތަ އެއްބަސްވުމުގެ ބައެއް ބާތިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

7.2

 

 

 

އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކޮށްފިނަމަ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެހާތަނަށް ނިމިފައިވާ މަސައްކަތާއި، ނުނިމިހުރި މަސައްކަތުގެ ތަފްސީލް އަގާއެކު ލިޔެ، ދެފަރާތުން އެލިޔުމުގައި ސޮއިކުރަން ވާނެއެވެ. އަދި މަސައްކަތް ހިނގާ ސައިޓްގައި ހުންނަ ކޮންޓްރެކްޓަރ ގެ ހުރިހާ ތަކެތީގެ ލިސްޓް ނަގައި އެތަކެތި ބަނދުނޫން 3 ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ފަހުން މިއިން އެއްޗަކަށް ދިމާވާ އެއްވެސް މައްސަލައަކަށް ޒިންމާއެއް ނުވެވޭނެއެވެ.

 

7.3

ބީލާންފޮތުގައިވާ ގޮތަށް މަސައްކަތްކުރިއަށް ނުދާކަމުގައި މަސައްކަތުގެ ވެރިފަރާތަށް އެންގިއްޖެނަމަ / ފާހަގަކުރެވިއްޖެނަމަ މަސައްކަތް ވަގުތުން ހުއްޓުވާ މަސައްކަތުގެ އަގުން ލިބުނު ގެއްލުމަށް ފައިސާ ކެނޑޭނެއެވެ.

  1. އެހެނިހެން ކަންކަން

8.1

މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު ސަރުކާރުގެ އެއްވެސް ޤާނޫނެއް ނުވަތަގަވާއިދަކާ މި އެއްބަސްވުމާއި ތަޢާރުޟު ވާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިއްޖެނަމަ އެކަމެއްގެ ސަބަބުން މުޅި މިއެއްބަސްވުން ބާޠިލެއް ނުވާނެއެވެ. އެފަދަ މާއްދާއެއް މި އެއްބަސް ވުމުގައި ހިމެނޭގޮތްވެއްޖެނަމަ އެ މާއްދާއެއް އިސްލާހްކޮށްގެން ނަމަވެސް މި އެއްބަސްވުން އުވާނުލައި ދެމެހެއްޓުމަށް ދެފަރާތުންވެސް އެއްބަސްވެ ޤަބޫލުކުރަމެވެ.

  1. ޓެކްސް އަދި އެހެނިހެން ފީތައް

9.1

މިމަސައްކަތާ ގުޅިގެން ދައްކަންޖެހޭ ޓެކްސްތަކާއި، ކަސްޓަމްސް ޑިޔުޓީތަކާއި، އިމްޕޯޓް ލައިސަންސް ފީތައް އަދި އެހެނިހެއް ފީއެއް ދައްކަންޖެހިއްޖެނަމަ ފީއެއް ދައްކާނީ މަސައްކަތް ޙަވާލުވި ފަރާތުންނެވެ.

10. އެއްބަސްވުމަށް ބަދަލުގެނައުން

10.1

މި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެވޭނީ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ.

 

10.2

10.1 ގައި އެހެން ބަޔާންވެ އޮތް ކަމުގައިވިޔަށް މަސައްކަތުގެ ވެރިފަރާތުން އަންނަނިވި ކަންތައްތަކަށް ބަދަލެއް ގެންނަން މަސައްކަތުގެ ސުޕަވައިޒަރަށް ފެނިއްޖެ ހިނދެއްގައި މި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެކަން ލިޔުމުން އެންގޭނެއެވެ.

                                            i.                        މަސައްކަތް ފަށާނެ ތާރީޚް ކަނޑައެޅުން

                                          ii.                        މަސައްކަތުގެ މެނޭޖަރު ބަދަލުކުރުން / ކަނޑައެޅުން

 

11. އެއްބަސްވުމަށް ހިނގާނެ ޤާނޫން

11.1

މި އެއްބަސްވުން ހިންގާނީ، އަދި ތަންފީޛު ކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށެވެ.

12. ދެބަސްވުން

12.1

މިއެއްބަސްވުމާމެދު އުފެދޭ ދެބަސްވުން ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ހައްލުނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ.

 

12.2

މިއެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރާނީވެސް ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ހައްލުނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކަށް  މައްސަލަ ހުށަހަޅައިގެން ނިންމާނީއެވެ.

 

  1. މުޅި އެއްބަސްވުން

(ހ) މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުސްތަލަޙުތަކާއި އިސްތިލާޙުތައް މާނަކުރުމުގައި "އެއްބަސްވުމުގެ ޝަރުޠުތައް" ގައި އެ މުސްތަލަޙެއް ނުވަތަ އިސްތިލާޙެއް ބޭނުންކޮށްފައިވާ ގޮތަށް ބަލަންވާނެއެވެ. އަދި އެއީ، މި އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބެލެވޭނެއެވެ.

(ށ) މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގަށް، އަދި އެ އަގު ދެއްކުމަށް ކަނޑައަޅާފައިވާގޮތަށް  ރިޢާޔަތްކޮށް އެއްބަސްވުމުގެދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އަދި އެ މަސައްކަތްކުރުމުގައި މި އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްނުވާ މަސައްކަތްތަކަށް ލިބިދޭންޖެހޭ ބަދަލު ދިނުމަށް މަސައްކަތް ޙަވާލުވާ ފަރާތުން އެއްބަސްވެއެވެ.

(ނ) މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގެންގޮސް ނިންމުމާއި، އަދި އިސްލާޙު ކުރަންޖެހޭ މަސައްކަތްތައް އެއްބަސްވުމުގެ ޝަރުޠުތަކާއި އެއްގޮތަށް އިސްލާޙުކުރުމާ ގުޅިގެން މަސައްކަތް ޙަވާލުވާ ފަރާތަށް ލިބިދޭންޖެހޭ މަސައްކަތުގެ އަގު ނުވަތަ އެއްބަސްވުމުގެ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ޙަވާލުވާ ފަރާތުން ކޮށްނިންމާ މަސައްކަތްތަކަށް ދޭންޖެހޭ އެންމެހާ ފައިސާ މަސައްކަތް ޙަވާލުވާ ފަރާތަށް ދިނުމަށް މަސައްކަތުގެ ވެރި ފަރާތުން އެއްބަސްވެއެވެ. 

މި އެއްބަސްވުން އެކުލެވިގެންވަނީ ބީލަމާ ގުޅިގެން ދެވުނު އިޢުލާނާއި ދެވުނު މަޢުލޫމާތާއި، އެއްބަސްވުމުގެ އާންމު މާއްދާތަކާއި، "ސްޓޭޓްމަންޓް އޮފް ރިކުއަރމެންޓް" ގެ މައްޗަށެވެ.

 

ޖަދުވަލް ނަންބަރު

ލިޔުމުގެ ނަން

ޖަދުވަލް 1

އިޢުލާން

ޖަދުވަލް 2

މަޢުލޫމާތު ކަރުދާސް

ޖަދުވަލް 3

ސްޓޭޓްމަންޓް އޮފް ރިކުއަރމެންޓް

ޖަދުވަލު 4

މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް / ކޯޓޭޝަން

 

މި އެއްބަސްވުމަކީ، މި އެއްބަސްވުމުގެ އެންމެހައި މާއްދާތަކަށް އިޙްތިރާމްކުރުމާއި، އެއްބަސްވުމުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ދެފަރާތުން މިއެއްބަސްވުމުގެ މުއްދަތަށް އެއްބަސްވުން ދެމެހެއްޓުމުގެ ނިޔަތުގައި ތިރީގައިވާ މީހުން ހެކިކޮށް، ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާ އެކު ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެކެވެ.

(ހިޖްރީ ތާރީޚް)

(މީލާދީ ތާރީޚް)

މަސައްކަތުގެ ވެރިފަރާތް:     

މަސައްކަތާ ހަވާލުވާ ފަރާތް:

ސޮއި:

ސޮއި:

ނަން:

ނަން:

މަޤާމް:

މަޤާމް:

ތައްގަނޑު:

ތައްގަނޑު:

ހެކިން:  

ހެކިން:

ސޮއި:

ސޮއި:

ނަން:

ނަން:

މަޤާމް:

މަޤާމް:

އައި.ޑީ#:

އައި.ޑީ#:

މަސައްކަތުގެ ވެރިފަރާތުން ސްޕަވައިޒު ކުރާނީ

މަސައްކަތް ހަވާލުވާ ފަރާތުން ސްޕަވައިޒު ކުރާނީ

ސޮއި:

ސޮއި:

 

ނަން:

ނަން:

މަޤާމް:                           

މަޤާމް:                           

އައި.ޑީ#:

އައި.ޑީ#:

ގުޅޭނެ ނަންބަރު:

ގުޅޭނެ ނަންބަރު:

އީމެއިލް އެޑްރެސް:

އީމެއިލް އެޑްރެސް:

 

 

ސެކްޝަން 4

ޖަދުވަލުތައް

ޖަދުވަލު 1

ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް

 

 

 

 

#

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

1

ބީލަން ހުށަހަޅާ ފޯމް (ކޯޓޭޝަން) (ޖަދުވަލު 2 )

 

 

2

ބީ.އޯ.ކިޔު (ޖަދުވަލު 3 )

 

 

3

ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ

 

 

4

ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ)

 

 

5

ހުށަހަޅާ އެސްޓިމޭޓް (ކޯޓޭޝަން / ބީ.އޯ.ކިޔު) (ބީލަމުގައި ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކުރާނަމަ)

 

 

6

ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 4)

 

 

7

ބީލަމުގައި ސޮއިކުރުމުގެ ހުއްދަ ލިޔުން (ޕަވަރ އޮފް އެޓާރނީ)

 

 

8

ސެކްޝަން 2 - ބީލަށް ހުށަހަޅާ ފަރާތްތަކަށްދެވޭ އިރުޝާދުގެ 7.1 ވަނަ މާއްދާގައި ބަޔާންކުރާ ލިޔުން ހުށަހަޅަންޖެހޭނަމަ އެލިޔުން.

 

 

9

ބިޑު ސެކިއުރިޓީ (ބިޑު ސެކިއުރިޓީ ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތަކަށް)

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

10

ޖަދުވަލު 5 "މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު" ފުރިހަމަކޮށް ހުށަހަޅާފައި

 

 

11

ޖަދުވަލު 5 "މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު" ގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައި

 

 

12

ޖަދުވަލު 6 "ފާއިތުވި 3 (ތިނެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް" ފުރިހަމަކޮށް ހުށަހަޅާފައި

 

 

13

ޖަދުވަލު 5 "ފާއިތުވި 3 (ތިނެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް" ބަޔާންކުރާ މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް ހުށަހަޅާފައި

 

 

ބީލަން ހުށަހަޅާއިރު ތިރީގައިމިވާ އިރުޝާދާ އެއްގޮތަށް ބީލަން ހުށަހަޅާފައިނުވާނަމަ ބީލަން ކެންސަލް ކުރުމުގެ އިޙްތިޔާރު ބީލަމަށް ހުޅުވާލި ފަރާތަށް ލިބިގެންވެއެވެ.

14

ހުށަހަޅަންޖެހޭ ލިޔުންތައް ހުރީ މިލިސްޓުގައި ވާ ތަރުތީބުން ތަރުތީބުކުރެވިފައި

 

 

15

ޞަފްހާ ނަންބަރު ޖަހާފައި (ކިތައް ޞަފްޙާގެ ތެރެއިން ކިތައްވަނަ  ޞަފްޙާކަން އެނގޭގޮތަށް)

 

 

16

ޞަފްހާތަކުގައި ހުރީ ސޮއިކޮށްފައި

 

 

17

ބީލަމުގެ ގަނޑުތައް ހުރީ ވަކިނުވާނެހެން ބައިންޑްކޮށް / ހީރަސްޖަހާފައި

 

 

 

ޖަދުވަލު 2

 ބީލަން ހުށަހަޅާ ފޯމް

  1. 1.        ބީލަން ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

 

ނަން

1.1

 

އެޑްރެސް

1.2

  1. 2.        ބީލަން ހުށަހަޅާ ޕްރޮޖެކްޓްގެ މަޢުލޫމާތު

 

ޕްރޮޖެކްޓްގެ ނަން

2.1

 

އިޢުލާން ނަންބަރު

2.2

  1. 3.        ހުށަހަޅާ އަގާއި މުއްދަތު

 

ހުށަހަޅާ އަގު

3.1

 

ޖީ.އެސް.ޓީ

 

 

ޖުމްލަ އަގު:

 

 

ޖުމްލަ އަގު )ތާނައިން ލިޔުމަށް(

3.2

 

މުއްދަތު (ބަންދުދުވަސްތައް ހިމަނައިގެން)

3.3

  1. 4.        ބީލަން ހުށަހަޅާ ފަރާތުގެ އިގްރާރު

މަތީގައިބަޔާންކޮށްފައިވާ މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުމަށް ދީފައިވާ މަޢުލޫމާތާއި، އެގްރީމަންޓްގެ މާއްދާތައް ރަނގަޅަށް ބެލުމަށް ފަހު، މަތީގައި ދެންނެވިފައިވާ އަގަށް މި މަސައްކަތް ނުވަތަ ޚިދުމަތް ދިނުމަށް އަޅުގަނޑު / އަޅުގަނޑުމެން ބީލަން ހުށަހަޅަމެވެ.

4.1

އަޅުގަނޑު/ އަޅުގަނޑުމެންނަށް މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުން ހަވާލުކުރަން ނިންމައިފިނަމަ، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މަސައްކަތް ފެއްޓުމަށާއި، 3.3 ގައިވާ މުއްދަތުގައި މަސައްކަތް/ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަމެވެ.

4.2

މިބީލަން ހުށަހަޅާތާ 60 ދުވަސް ހަމަވަންދެން މިބީލަން ޤަބޫލުކޮށް، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް އަޅުގަނޑު / އަޅުގަނޑުމެން އެއްބަސްވަމެވެ. މިމުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރުމަށް ވެރިފަރާތުން އެދިވަޑައި ގެންފިނަމަ، އެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރުމަށްވެސް އެއްބަސްވަމެވެ.

4.3

  1. 5.        ބީލަން ހުށަހަޅާ ފަރާތުން

އޮފިޝަލް ސްޓޭމްޕް

އޮފިޝަލް ސްޓޭމްޕް

އޮފިޝަލް ސްޓޭމްޕް

ސޮއި

 

ނަން

 

މަޤާމު

 

ތާރީޚް

           

ނަމޫނާ

ޖަދުވަލު 3

ހުށަހަޅާ ބީ.އޯ.ކިޔު

 

#

ތަފްޞީލް

އަދަދު

ޔުނިޓް

ރޭޓް

ޖުމުލަ

1

ރިސެޕްޝަންގެ ކައުންޓަރު ހެދުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

2

ކައުންޓަރުގެ އެތެރެ ކަބަޑުތައް ޖެހުން

 

 

 

 

 

 

 

 

 

 

3

ވޯލް ޕެނަލް ޖެހުން

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމުލަ

 

 

 

 

 

 

 

 

 

 

 

 

 

 

ނަމޫނާ

ޖަދުވަލު – 4

ހުށަހަޅާ ފަރާތުގެ ޕްރޮފައިލް

  1. 1.      ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

 

ނަން

1.1-  

 

ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް

1.2-  

 

ވިޔަފާރީ އެޑްރެސް

1.3-  

 

ރަޖިސްޓްރީ ނަންބަރު

1.4-  

 

ޓެކްސް ޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު

1.5-  

 

ޖީ.އެސް.ޓީ ޓިން ނަންބަރު

1.6-  

 

ފޯނު ނަންބަރު

1.7-  

 

އީމެއިލް އެޑްރެސް

1.8-  

  1. 2.        ހުށަހަޅާ ފަރާތުގެ ވެރިންގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ހިއްސާދާރުންގެ މަޢުލޫމާތު، ޕާޓްނަރޝިޕެންނަމަ ޕާޓްނަރުންގެ މަޢުލޫމާތު، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ މަޢުލޫމާތު)

މަޤާމު

ނަން

#

މެޖޭނިންގ ޑިރެކްޓަރ

 

 

ޑިރެކްޓަރ

 

 

ޑިރެކްޓަރ

 

 

 

 

 

  1. 3.        އާންމުކޮށްކުރާ މަސައްކަތްތައް

 

 

 

 

 

 

 

 

 

 

ނަމޫނާ

ޖަދުވަލު 5

މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު

ބީލަން ހުށަހަޅާ ފަރާތުގެ އެކައުންޓްތަކުގެ މަޢުލޫމާތު

ފާއިތުވި މަހުގެ ނިޔަލަށް ބެލެންސް (ދިވެހި ރުފިޔާއިން)

އެކައުންޓްގެ ބާވަތް

އެކައުންޓް ނަންބަރު

#

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

ކްރެޑިޓް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު

ފައިސާގެ އަދަދު (ދިވެހި ރުފިޔާއިން)

ދޫކުރި މުއްދަތު

ދޫކުރި ތާރީޚް

ކުރެޑިޓް ދޫކުރި ފަރާތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

             

 

ނޯޓް:  އިވެލުއޭޝަނަށް ނަގާނީ ހުށަހަޅާއަގުގެ 20 އިންސައްތަ ޖުމްލަ އަދަދުން ހަމަވާނަމައެވެ. އަދި އިވެލުއޭޝަނަށް ނަގާނެ އެންމެ

މަތީ އަދަދަކީ ހުށަހަޅާއަގުގެ 100 އިންސައްތައެވެ.

ނަމޫނާ

ޖަދުވަލު 6

ފާއިތުވި 36 (ތިރީސް ހައެއް) މަހުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް (15 އޮކްޓޫބަރު 2023 ގެ ނިޔަލަށް)

ބީލަން ހުށަހަޅާ ފަރާތުގެ ކޮށްފައިވާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްސީލް

މަސައްކަތުގެ އަގު (ދިވެހި ރުފިޔާއިން)

މަސައްކަތްކުރި އަހަރު

މަސައްކަތުގެ ވެރިފަރާތް

މަސައްކަތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ:

 

 

 

 

 

 

 

 

ނޯޓް:  އިވެލުއޭޝަނަށް ނެގޭނީ ހުށަހަޅާއަގުގެ 20 އިންސައްތަ ހަމަވާ މަސައްކަތްތަކެވެ.

 

 

ޖަދުވަލު – 7

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

 

 

 

 

ޕޮއިންޓްދެވޭނެދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 75

75

މާލީ ޤާބިލުކަން

ހުށަހެޅި ވެލިޔު / ހުށަހެޅި އެންމެ މަތީ ވެލިޔު × 05

05

އެންމެ ކުރު މުއްދަތު

ހުށަހެޅި އެންމެ ކުރު މުއްދަތު/ ހުށަހެޅި މުއްދަތު × 10

10

ތަޖުރިބާ

ހުށަހަޅާއަގުގެ 20 އިންސައްތަ ހަމަވާ ގުޅުންހުރި ކޮންމެ މަސައްކަތަކަށް 2 ޕޮއިންޓް

10

ޖުމްލަ

100

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ޖަދުވަލު 8

ބިޑް ސެކިއުރިޓީ

Form of Bid Security (Bank Guarantee)

Whereas, ………………………………………………..[name of Bidder] (hereinafter called “the Bidder”) has submitted his Bid for the Tender no……….issued by the Ministry of Education on ………………………………… …………..for Supplying/Purchasing   of …………………………… …….[name of Contract] (hereinafter called “the Bid”).

Know all people by these presents that We ………………………………………. [name of Bank] of ……… …………………… [name of country] having our registered office at ………………………………………………………………………………….. (hereinafter called “the Bank”) are bound unto …………………………….[name of Purchaser] (hereinafter  called “the Purchaser”) in the sum of  *…………………………………………..  for which payment well and truly to be made to the said Purchaser, the Bank binds itself, its successors, and assigns by these presents.

Sealed with the Common Seal of the said Bank this ……..day of  …………….20……………..

The conditions of this obligation are: 

(1)        If, after Bid opening, the Bidder withdraws his Bid during the period of Bid validity specified in the Form of Bid;

           or

(2)        If the Bidder having been notified of the acceptance of his Bid by the Purchaser during the period of Bid validity:

                    (a)     fails or refuses to execute the Form of Agreement in accordance with the Instructions to Bidders, if required; or

                    (b)     fails or refuses to furnish the Performance Security, in accordance with the Instruction to Bidders; or

                    (c)     does not accept the correction of the Bid Price pursuant to Clause 27,

* The Bidder should insert the amount of the Guarantee in words and figures denominated in Maldivian Rufiyaa. This figure should be the same as shown in Clause 16.1 of the Instructions to Bidders.

we undertake to pay to the Purchaser up to the above amount upon receipt of his first written demand, without the Purchaser’s having to substantiate his demand, provided that in his demand the Purchaser will note that the amount claimed by him is due to him owing to the occurrence of one or any of the three conditions, specifying the occurred condition or conditions.

This Guarantee will remain in force up to and including the date ………………………. days after the deadline for submission of bids as such deadline is stated in the Instructions to Bidders or as it may be extended by the Purchaser, notice of which extension(s) to the Bank is hereby waived. Any demand in respect of this Guarantee should reach the Bank not later than the above date.

Date……………………………     Signature of the Bank                                          

Witness ………………………      Seal

[signature, name, and address]

ޖަދުވަލު 9

ޕާފޯމަންސް ގެރެންޓީ

Form of Performance Bank Guarantee (Unconditional)

To:       ………………………………………………………………………………………………….

            [name &address of Purchaser]

            ………………………………………………………………………………………………….

            ………………………………………………………………………………………………….

Whereas ……………………. [name and address of Supplier] (hereinafter called “the Supplier”) has undertaken, in pursuance of Contract No. ……  dated ……………………… to execute  …………………………… [name of Contract and brief description of Works] (hereinafter called “the Contract”);

And whereas it has been stipulated by you in the said Contract that the Supplier shall furnish you with a Bank Guarantee by a recognized bank for the sum specified therein as security for compliance with his obligations in accordance with the Contract;

And whereas we have agreed to give the Supplier such a Bank Guarantee;

Now therefore we hereby affirm that we are the Guarantor and responsible to you, on behalf of the Supplier, up to a total of *…………….. [amount of Guarantee] ……………………… [amount in words], such sum being payable in the types and proportions of currencies in which the Contract Price is payable, and we undertake to pay you, upon your first written demand and without cavil or argument, any sum or sums within the limits of ……………… [amount of Guarantee] as aforesaid without your needing to prove or to show grounds or reasons for your demand for the sum specified therein.

*An amount is to be inserted by the Guarantor, representing the percentage of the Contract Price specified in the Contract, in Maldivian Rufiyaa.

 

We hereby waive the necessity of your demanding the said debt from the Supplier before presenting us with the demand.

We further agree that no change or addition to or other modification of the terms of the Contract or of the Works to be performed there under or of any of the Contract documents which may be made between you and the Supplier shall in any way release us from any liability under this Guarantee, and we hereby waive notice of any such change, addition, or modification.

This Guarantee shall be valid until the date of issue of the Defects Correction Certificate.

                                                           Signature and seal of the Guarantor ………………………..

                                                                                   Name of Bank ……………………………………..

                                                                                            Address ……………………………………..

                                                                                                                                                           

                                                                                                Date ………………………………………

ޖަދުވަލު 10

އެޑްވާންސް ޕޭމަންޓް ގެރެންޓީ

Form of Bank Guarantee for Advance Payment

To:       ………………………………………………………………………………………………….

            [name & address of Purchaser]

            …………………………………………………………………………………………………..

            [name of Contract]

Gentlemen:

In accordance with the provisions of the Conditions of Contract, of the above-mentioned Contract, ………… ………………………………………………………………………….[name and address of Supplier] (hereinafter called “the Supplier”) shall deposit with ……………………………… ……… ………… …… ……………………….. [name of Purchaser] a Bank Guarantee to guarantee his proper and faithful performance under the said Clause of the Contract in an amount of ……….[amount of Guarantee] ………………………………………………………………..[amount in words].

We, the ………………… ……………………………………  ……………………………………

[Bank or Financial Institution], as instructed by the Supplier, agree unconditionally and irrevocably to guarantee as primary obligator and not as Surety merely, the payment to …………………………………………………. [name of Purchaser] on his first demand without whatsoever right of objection on our part and without his first claim to the Supplier, in the amount not exceeding *……………………….. ………………………………… [amount of Guarantee]……… ……………………………………………………………………… [amount in words].

* An amount is to be inserted by the Bank or Financial Institution representing the amount of the Advance Payment, in Maldivian Rufiyaa.

We further agree that no change or addition to or other modification of the terms of the Contract or of Works to be performed there under or of any of the Contract documents which may be made between ………………………… …………  …………………….…….[name of Purchaser] and the Supplier, shall in any way release us from any liability under this Guarantee, and we hereby waive notice of any such change, addition, or modification.

This Guarantee shall remain valid and in full effect from the date of the advance payment under the Contract until ………………………………………………[name of Purchaser] receives full repayment of the same amount from the Supplier.         

Yours truly,

signature and seal: …………………………………………………………………..

        Name & address of bank/institution ……………………………………………….

ސެކްޝަން 5

މި ކޯޓުގެ ރިސެޕްޝަންގެ ކައުންޓަރާއި ބިއްލޫރި ޕާރޓިޝަން ބަދަލުކުރުމާއި ކައުންޓަރުގެ އެތެރެ ކަބަޑުތައް ބަދަލުކުރުމާއި އަދި ކައުންޓަރުގެ ބޭރު ފާރުގައި ވޯލް ޕެނަލް ޖެހުމުގެމަސައްކަތް

މަސައްކަތް ކުރާ ސައިޓް:

              މަސައްކަތް ހިނގަމުންދާއިރުވެސް ސައިޓް ބާއްވަން ޖެހޭނީ ސާފުކޮށް ތާހިރުކޮށެވެ. އަދި މަސައްކަތް ނިންމުމަށްފަހު ސައިޓް ރަނގަޅަށް ސާފުކުރަން ވާނެއެވެ.

             މަސައްކަތް ކުރަން ވާނީ ޢިމާރާތުގައިއުޅޭ މީހުންނަށް އުދަނގޫ ނުވާނެ ގޮތަށް ބަލައިގެން މަސައްކަތް ކުރާ މީހުންނާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ.

             މަސައްކަތް ކުރުމަށް ބޭނުންވާ ކަރަންޓް ކޯޓުން ފޯރުކޮށްދޭނެއެވެ.

މަސައްކަތުގެ ތަފްޞީލް

  1. 1.     ރިސެޕްޝަންގެ ކައުންޓަރުގެ ބޭރު ހެދުން
  • ·         މި މަސައްކަތުގެ ތެރޭގައި ހިމެނެނީ، ރިސެޕްޝަން އޭރިއާގައި މިހާރު ހުރި ކައުންޓަރު ނަގައި އެތަނުގައި މިކޯޓުން ދައްކާ ނަމޫނާއަކާ އެއްގޮތްވާގޮތަށް ކައުންޓަރެއް ޖެހުމުގެ މަސައްކަތްތަކެވެ. މިކައުންޓަރުގެ ކުރެހުން މި މަޢުލޫމާތު ޝީޓާ އެޓޭޗްކޮށްފައި ވާނެއެވެ.
  • ·         ކައުންޓަރު ތައްޔާރުކުރާނީ ކޯޓުން ބޭރުގައި ކައުންޓަރުގެ ބައިތައް ހަދައިގެން ގެނެސް ކޯޓު ތެރޭގައި ކައުންޓަރު ރާވާލާ ގޮތަށެވެ.
  • ·         އެގޮތުން މި ކައުންޓަރުގެ މަތީކައިރި ހުންނަންވާނީ 40 އިންޗީގައެވެ. ކައުންޓަރުގެ ދިގުމިނުގައި 107 އިންޗި ހުންނަންވާނެއެވެ. ކައުންޓަރުގެ ފުޅާމިނުގައި ބޭރަށް 15 އިންޗި އަދި އެތެރެއަށް 02 އިންޗި ހުންނަންވާނެއެވެ. އަދި ކައުންޓަރުގެ ބޯމިނުގައި 08 އިންޗި ހުންނަންވާނެއެވެ.
  • ·         ކައުންޓަރުގެ މަތިން، އެކީ އެކައްޗަކަށް ހުންނަ ބިއްލޫރި ޕާޓިޝަނެއް ޖަހަން ވާނެއެވެ. މި ބިއްލޫރި ޕާޓިޝަނަށް ބޭނުން ކުރަންވާނީ 8-10mm ބޯމިނުގެ އަލި ބިއްލޫރިއެވެ. މި ބިއްލޫރިގަނޑުގެ ދިގުމިނަކީ ކައުންޓަރުގެ ދިގު މިނެވެ. އަދި އުސްމިނަކީ 36 އިންޗި އެވެ.
  • ·         ކައުންޓަރުގެ މަތިން، ބިއްލޫރިގަނޑުގެ ތިރީ ކައިރިއަށް ވާގޮތަށް ބިއްލޫރިގަނޑުގެ 03 ހިސާބަކުން ހުންނަން ޖެހޭނީ ލިޔެކިޔުން ބަދަލުކުރެވޭގޮތަށް ގޮޅި ކަނޑާފައެވެ. މި ގޮޅިތަކުގެ ދިގުމިނުގައި 12 އިންޗި، އަދި އުސްމިނުގައި 06 އިންޗި ހުންނަން ވާނެއެވެ. މިގޮޅިތައް ކަނޑާފައި ހުންނަންވާނީ ދެގޮޅި ދެމެދުގައި އެއް ދުރުމިނެއް ބަހައްޓައިގެނެވެ. އަދި މި ގޮޅިތަކުގެ ދާރަތައް ހުންނަންވާނީ ދާރަޖަހާ އޮމާންކޮށްފައެވެ.
  • ·         މި މަސައްކަތުގެ ތެރެއިން މިހާރުގެ ކައުންޓަރުގެ ދެކުނަށް ފެންނަންހުރި ދޮރު ނުފެންނާނެހެން ފިލާ ޖަހައި، ފާރާ އެއްކުލަ ވާނެހެން ކުލަލާން ޖެހޭނެއެވެ. ފިލާގެ ގޮތުގައި ބޭނުންކުރާނީ 5-6mm ފްލައިވުޑް (މެލޭސިއާ) ފިލައެވެ.
  • ·         ކައުންޓަރު ހެދުމަށް ބޭނުންކުރާނީ 18mm ފުލްސްޓޭވް އޮރިމަސްވަކަރު (Full Stave) ފިލައެވެ. މި ފިލާގައި ވަލްނަޓް (Walnut) ސްޓެއިން ލުމަށްފަހު ވަރުނީސްލައި ހައިގްލޮސް ފިނިޝް ގެންނަންވާނެއެވެ. ވަރުނީހުގެ 3 ކޯޓު ލާންވާނެއެވެ. އަދި ކޮންމެ ކޯޓެއްގެ ދެމެދުގައި ހިލަކަރުދާސް އަޅަންވާނެއެވެ.
  • ·         ކައުންޓަރ ޓޮޕެއްގެ ގޮތުގައި 8-10mm ބިއްލޫރި ގަނޑެއް ބާއްވަން ވާނެއެވެ. މި ބިއްލޫރިގަނޑުގެ ކައިރި ވަށްކޮށް އޮމާންކުރަން ވާނެއެވެ.

 

 

 


 

 


 

  1. 2.     ކައުންޓަރުގެ އެތެރޭގައި ކަބަޑު ޖެހުން
  • ·         މި މަސައްކަތުގެ ތެރޭގައި ހިމެނެނީ، ކައުންޓަރުގެ އެތެރޭގައި ތިބޭ މުވައްޒަފުން މަސައްކަތްކުރަން ބޭނުން ކުރާނެ ކަބަޑު ޖެހުމުގެ މަސައްކަތާއި ކައުންޓަރުގެ ދެކުނުގައި މިހާރު ހުރި ފާރު ތަޅާލައި ކައުންޓަރު އިތުރަށް ދިގުކޮށްލުމެވެ. ކައުންޓަރުގެ އެތޭރޭގައި ޖަހާ ކަބަޑުތަކުގެ ކުރެހުން މި މަޢުލޫމާތު ޝީޓާ އެޓޭޗްކޮށްފައި ވާނެއެވެ.
  • ·         ކައުންޓަރުގެ އެތޭރޭގައި ދެކުނުކޮޅުގައި މިހާރު ހުރި ފާރު ތަޅާލައި ކައުންޓަރުގެ ބިއްދަށުގައި މިހާރު ހުރި ޕާޓިޝަނާ ގުޅުވައި ދެކުނު ފާރުގައި ޖެހެންދެން ޕާޓިޝަން ޖަހަންވާނެއެވެ.
  • ފާރު ތަޅާލާއިރު ސީލިންގ އާއި ތަޅުމާއި ފާރާއި އިންވެގެން ހުރި ފާރު ރީތިކޮށް އޮމާންކޮށް ޕުޓީ ލާންޖެހޭނަމަ ޕުޓީ ހާކާ އެއްގޮތް ކުލަލައި ރީތިކުރަންވާނެއެވެ. އަދި ފާރު ތަޅާލާ ދިމާލުގައި މިހާރު ހުރި ޓައިލްސްއާ އެއްވައްތަރުގެ ޓައިލްސްއެއް ޖަހާ ރީތިކުރަން ވާނެއެވެ.
  • ·         ޕާޓިޝަން ޖެހުމަށް ފަތި އަޅައި ދެފަރާތުން ފިލާ ތަތްކޮށް ހުދު ކުލަ ލާންވާނެއެވެ.
  • ·         ކައުންޓަރުގެ އެތެރޭގައި ޖަހާ ކަބަޑުގެ މަތީގެ ދިގުމިނަކީ 180 އިންޗި އެވެ. ފުޅާ މިނަކީ 28 އިންޗި އެވެ. އަދި އުސްމިނަކީ 30 އިންޗިއެވެ. ކަބަޑުގެ މަތިން ކައުޓަރު ފިލާއާ ދެމެދު ކޮޅަށް ހުންނަ ޕާޓިޝަނުގެ ބޯމިނުގައި 04 އިންޗި ހުންނަންވާނެއެވެ. ކަބަޑުގެ މަތިން ކައުންޓަރުގެ މަތީ ކައިރިއަށް 10 އިންޗި ހުންނަންވާނެ އެވެ. މި ބައިގެ އެތެރެ ފަރާތުން ޖަހާ ފިލާ ހުންނަންވާނީ ނައްޓާލެވޭގޮތަށެވެ. މި ފިލާ ނައްޓާލުމަށްފަހު އެކި އެކި ވައިރު ނަރު އެތެރެއިން ގެންދެވޭގޮތަށް މަގު ހަދާފައި ހުންނަންވާނެއެވެ.
  • ·         ކަބަޑުތައް ޖަހާފައި ހުންނަންވާނީ ކޮމްޕިއުޓަރ އަދި ނެޓްވޯކް ވައުތައް ވެއްދޭނެގޮތަށް ކަބަޑުގެ މަތިން 1.5 އިންޗީގެ ލޯވަޅުކަނޑާފައެވެ.
  • ·         ކަބަޑުތަކުގެ ތިރިން 2 އިންޗީގެ ފުޓިންގ އެއް ހުންނަންވާނެއެވެ.
  • ·         ކަބަޑުތައް ހުންނަންވާނީ މުވައްޒަފުންގެ ގޮނޑި ވެއްދޭނެ ފަދައަކުން، ފުޅާ މިނުގައި 30 އިންޗި ހުންނަވަރުގެ ގޮޅި ކަނޑާފައެވެ.
  • ·         ކޮންމެ ގޮޅިއަކާއި ޖެހިގެން މުވައްޒަފުގެ ތަކެތި ލުމަށް ބޭނުންކުރާނެ ދަމާ ވަތްގަނޑުގެ 04 ވަތްގަނޑުލީ ކެބިނެޓެއް ހުންނަންވާނެއެވެ. މި ވަތްގަނޑުތަކުގެ ދިގުމިނަކީ 26 އިންޗިއެވެ. ފުޅާމިނަކީ 15 އިންޗިއެވެ. ވަތްގަނޑުތަކުގެ އުސްމިން އެއްވަރު ވާންވާނެއެވެ. މި ކެބިނެޓް ފަރުމާކޮށްފައި ހުންނަންވާނީ ތަޅު ހަރުކޮށް ވަތްގަނޑުތައް ތަޅުލެވޭނެ ގޮތަށެވެ.
  • ·         މުވައްޒަފުންގެ ކެބިނެޓްތަކުގެ ދެކުނު ކޮޅުގައި ޖައްސައި 02 ދޮރުފަތުގެ ކެބިނެޓެއް ހުންނަންވާނެ އެވެ. މިއީ 45 އިންޗި ފުޅާ ކެބިނެޓެކެވެ. އަދި ކޮންމެ ދޮރުފަތެއްގެ ފުޅާމިނަކަށް ވާންވާނީ 22.5 އިންޗި އެވެ. މި ކެބިނެޓް ހުންނަންވާނީ 02 ބަޔަކަށް ތަކެތި ރައްކާކުރެވޭގޮތަށް މަތިން ތިރިއަށް 02 ބައި ކޮށްފައެވެ. އަދި މިއިން ކޮންމެ ބައެއްގެ އުސްމިނުގައި 14 އިންޗި ހުންނަންވާނެއެވެ.
  • ·         ކަބަޑު ޖެހުމަށް ބޭނުންކުރާނީ ޑިޒައިން ކަބަޑު (18mm) ފިލައެވެ. ކަބަޑު ފިލާގެ ގޮތުގައި ބޭނުންކުރަންވާނީ އެތެރެއަށް އޮރިމަސް ވަކަރު ނުލައްވާކަހަލަ A ގްރޭޑް ފިލައެވެ. ފިލާގެ ޑިޒައިން ސުޕަވައިޒަރު ލައްވާ ފާސްކުރަންވާނެއެވެ.
  • ފިލާގައި އަޅަންވާނީ ފިލައިގެ މަންޒަރާ ގުޅޭ ޓީކެކެވެ. އަދި ޓީކު އަޅާފައި ހުންނަ ދާރަތަކުގެ ތެރެއިން އަތް އަޅައިގަންނަ ގޮތަށް ހުންނަ ހުރިހާ ދާރަތަކުން ތޫނުކަން ކެނޑުވުމަށް ހިމުން ހިލަކަރުދާހެއް އަޅަންވާނެއެވެ. އަދި ޓީކު ތަތްކުރާއިރު ފިލާގައި ހޭކިފައި ހުންނަ ތެރަސްތައް ފިލުވަންވާނެއެވެ.

 

 

 

 

 

 

 


ފާރުގައި ވޯލް ޕެނަލްޖެހުން

  • ·         މި މަސައްކަތުގެ ތެރޭގައި ހިމެނެނީ، ކައުންޓަރުގެ ވަށައިގެންވާ ސަރަހައްދުގެ ފާރުގައި ވޯލް ޕެނަލް ޖެހުމުގެ މަސައްކަތެވެ. ވޯލް ޕެނަލް ޖަހާނެ ގޮތުގެ ކުރެހުން މި މަޢުލޫމާތު ޝީޓާ އެޓޭޗްކޮށްފައި ވާނެއެވެ.
  • ·         ވޯލް ޕެނަލްގެ ގޮތުގައި ބޭނުން ކުރަންވާނީ ކޯޓުގެ އެޕްރޫވަލް ލިބިފައިވާ ޑިޒައިނެއްގެ ވޯލް ޕެނަލް އެވެ. އެގޮތުން ކައުންޓަރުގެ ދެ އަރިމަތި އަދި މަތީގައި ޖަހާ ވޯލް ޕެނަލް އާއި ކައުންޓަރުގެ ތިރީގައި ޖަހާ ވޯލް ޕެނަލް ތަފާތު ވާންވާނެއެވެ.
  • ·         ކައުންޓަރުގެ މަތިން ޖަހާ ވޯލް ޕެނަލްގެ ދިގުމިނަކީ 133 އިންޗި އެވެ. އަދި ކައުންޓަރުގެ ދެ އަރިމަތުން ޖަހާ ވޯލް ޕެނަލްގެ އުސްމިނަކީ ފާރުގެ އުސްމިނެވެ.
  • ·         ކައުންޓަރުގެ ތިރިން ވޯލް ޕެނަލް ޖަހާނީ ކުރެހުމުގައިވާ ފަދައިން ފާރަށް ވުރެން 04 އިންޗި ބޭރަށް ނިކުމެފައި ހުންނަގޮތަށެވެ.

 

 

 

v     ސަމާލުކަންދޭންޖެހޭ އެހެނިހެން ކަންކަން:

.1        މި މަސައްކަތަށް ބޭނުންކުރަންވާނީ ކޮލިޓީ ރަނގަޅު ތަކެއްޗެވެ.

.2        ކަބަޑު ފިލާ ކީހާއިރު އެއްވެސް ފަރާތަކުން ޗިޕްވެގެން ނުވާނެއެވެ.

.3        ކަބަޑު ހެދުމަށް ޖަހާ މިންތަކާ މާކުތަށް ފިލުވަންވާނެއެވެ.

.4        މަސައްކަތް ކުރަމުންދާއިރު ކޯޓުގައި މަސައްކަތްކުރާ ފަރާތްތަކަށް، އަދި ކޯޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާނެހެން މަސައްކަތްތައް ރާވާލަންވާނެއެވެ.

.5        މަސައްކަތްތައް ކުރިއަށްގެންދަންވާނީ ކޯޓުން ފޯރުކޮށްދޭ ޙިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެގޮތް ބަލައިގެންނެވެ.

.6         ކޯޓުގެ އިދާރީ މަސައްކަތްތަކާއި މުވައްޒަފުންނަށް ދަތި ނުވާނެހެން މަސައްކަތް ރާވާލަންވާނެއެވެ. މަސައްކަތް ކުރަން ގެންގުޅޭ ސާމާނުތަކާއި ތަކެތި ނަގައި، މަސައްކަތް ކުރާ ސަރަހައްދު ދުވަހުން ދުވަހަށް ފޮޅާ ސާފުކުރަންވާނެ އެވެ.

.7        މައިގަނޑު ކޮންމެ މަސައްކަތެއް ފެށުމުގެ ކުރިން ސުޕަވައިޒަރުގެ ހުއްދަ ހޯދަންވާނެއެވެ.

.8        ހިރަފުސް ނުވަތަ ކުނޑި އަރާ ކަހަލަ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ، ސަތަރި ނުވަތަ ޑޮރޮޕް-ކްލޯތް ދަމައިގެން ކޯޓުގެ ދެން ހުރިބައިތަކަށް އަދި ކަބަޑުތަކަށް ކުނޑި އަދި ހިރަފުސް ނާރާނެހެން ރަނގަޅަށް ބަންދުކުރުމަށް ފަހުގައެވެ. މިގޮތުން ސުޕަވައިޒަރު އަންގާ މިންވަރަކަށް ކޯޓުގެ ދެންހުރި ބައިތައް ޑްރޮޕް ކްލޯތް ނުވަތަ ސަތަރި ބޭނުންކޮށްގެން ބަންދު ކުރަންވާނެއެވެ. ކޯޓުގެ މޭޒުތަކާއި، އެހެނިހެން ތަކެތި ރައްކާތެރިކުރުމަށް ސަތަރި ނުވަތަ ޑްރޮޕް ކްލޯތް އަޅަން ސުޕަވައިޒަރު އެދިއްޖެނަމަ އެމިންވަރަކަށް ޑްރޮޕް ކްލޯތް ނުވަތަ ސަތަރި އަޅައި ރައްކާތެރިކުރަންވާނެއެވެ.

.9        މަސައްކަތްތައް ކުރިއަށް ގެންދަންވާނީ، ކޯޓުގެ ރަސްމީ ގަޑި ނިމުމުންނެވެ. އަދި ރަސްމީ ގަޑި ނިމޭފަހުންވެސް ޝަރީޢަތެއް ކުރިއަށް ދާނަމަ، އެޝަރީޢަތެއް ނިމެންދެން އަޑުގަދަވާ ޒާތުގެ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭނެއެވެ.

.10    މަސައްކަތް ކުރުމުގެ ތެރެއިން ތަނަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އެކަމަށް ޒިންމާވާނީ މަސައްކަތް ކުރާ ފަރާތުންނެވެ. އަދި އެ ލިބުނު ގެއްލުމެއް ރަނގަޅުކޮށްދޭންވާނެއެވެ.

.11       ކުރެހުންތަކުގައި މިންތައްޖަހައި އަދި މައުލޫމާތުކަރުދާހުގައި ވަކިގޮތަކަށް ކަންކަން ކުރަން ލިޔެފައިވީނަމަވެސް މިންތައް ބަލައި ޔަގީން ކުރުމާއި މަސައްކަތްތައް ކުރެވެން ހުރިގޮތް ހޯދައި ބެލުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

.12       މަސައްކަތްކުރާ ތަނުގައި ހުރި ކަރަންޓު ފިޔަވައި، މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ޓޫލްސް އަދި އެހެނިހެން ސާމާނު ހޯދަންވާނީ މަސައްކަތާ ޙަވާލުވާ ފަރާތުންނެވެ.

.13       މަޢުލޫމާތު ކަރުދާހުގައި ފާހަގަކޮށްފައިނުވާ ކަމެއް މެދުވެރިވެއްޖެނަމަ އެކަމަކާ ގުޅިގެން ގޮތެއް ނިންމާނީ މަސައްކަތް ޙަވާލުކުރި ފަރާތާއި މަސައްކަތާ ޙަވާލުވި ފަރާތް މަޝްވަރާކުރުމަށްފަހު އެވެ.

 

15 އޮކްޓޫބަރު 2026