ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)198-A/1/2026/47
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 26 އޮކްޓޫބަރު 2026 13:30
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޯޓް އެޑްމިނިސްޓްރޭޓަރ

އިޢުލާން

 

 މަޤާމު:

 ކޯޓް އެޑްމިނިސްޓްރޭޓަރ

 ބޭނުންވާ އަދަދު:

 1

 މަޤާމުގެ ގިންތި:

 ދާއިމީ

 ޖޮބް މެޓްރިކްސް

 ކޯޓް އެޑްމިނިސްޓްރޭޓަރުން

ޖޮބްފެމިލީ

 ބިޒްނަސް އެންޑް އެޑްމިނިސްޓޭޓިވް  ސަރވިސް

 މިސްކޯ ކޯޑު:

 1219

 މަޤާމުގެ ރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 8

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ތ.ތިމަރަފުށީ ކްލަސްޓަރ (ތ. ގުރައިދޫ، ތ. ގާދިއްފުށި، ތ. ތިމަރަފުށީ)

ސެކްޝަން:

-

ނޯޓް: މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން ދާއިމީކޮށް ޤާއިމްވެ ވަޒީފާ އަދާކުރަން ޖެހޭނީ އެ ކްލަސްޓަރއެއްގެ ސެންޓްރަލް ކޯޓުގައެވެ. ނަމަވެސް ވަޒީފާ ހަމަޖެހޭ ފަރާތްތަކުން ކްލަސްޓަރގެ އެކި ކޯޓުތަކުގައިވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.

 މުސާރަ:

 -/16،975 ރުފިޔާ

 އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: -/7,920 ރުފިޔާ
  • ޙާޟިރީ ޢިނާޔަތް: (ނިކުންނަ ކޮންމެ ދުވަހަކަށް) -/215 ރުފިޔާ
  • ޖުޑީޝަރީ ކޮންޓިނިއުޓީ އެލަވަންސް: -/190 ރުފިޔާ (ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، ކޯޓުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ހަރުދަނާކަމާއެކު ދެވޭނެ އިންތިޒާމްތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ހަމަޖެއްސުމާއި އެޚިދުމަތްތައް ރާވައިހިންގައި ބެލެހެއްޓުން.
  2. އިދާރީ އެންމެހާ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. މުވައްޒަފުންގެ އެންމެހައި ކަންތައްތައް، ޝަރުޢީދާއިރާގެ އިދާރީ މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާއިދާ އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  4. މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދެނެގަނެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރު އިތުރުކުރުމަށް، ތަމްރީންތަކާއި، ވޯކްޝޮޕްތަކާއި، ސެމިނަރތައް ރާވައިހިންގުން.
  5. ކޯޓަށް ލިބޭ އެންމެހާ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކައުންޓަރުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި ކަންތައް ބެލެހެއްޓުން.
  6. ކޯޓުގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަކަށް ހިފޭނެމަގު ފަހިކޮށްދީ، އެފަދަ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު، މުވައްޒަފުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ދެނެގަނެ އެކަންތައްތައް ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. މުވައްޒަފުންނާއި ދޭތެރޭ އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައްއަޅާ އެކަންކަމާބެހޭ ރެކޯޑުތައް ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުން.
  8. ޝަރީޢަތުގެ މަޖިލިސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިންތިޒާމްހަމަޖެއްސުން.
  9. މުވައްޒަފުން މަސައްކަތްތަކަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތްދިނުމުގެ ރޫޙު އުފައްދާ، ހީވާގި މުރާލި ބައެއްގެ ގޮތުގައި މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދިނުން.
  10. ކޯޓު ހުޅުވާ ބަންދުކުރުމުގެ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  11. ކޯޓުގެ އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  12. ކޯޓް އެޑްމިނިސްޓްރޭޓަރގެ ބެލުމުގެދަށުން ހިންގާ ސެކްޝަންތަކުގެ ވެރިންނާއި ޙަވާލުކުރެވިފައިވާ މަސައްކަތްތައް ސުޕަވައިޒްކޮށް އިސްމެޖިސްޓްރޭޓްއަށް ރިޕޯޓުކުރުން.
  13. ކޮންމެ މީލާދީ އަހަރެއް ނިމުމުން އެއަހަރުގެ މަސައްކަތްތައް ހިނގާދިޔަގޮތުގެ އަހަރީ ރިޕޯޓު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  14. މުވައްޒަފުން އިތުރުކުރުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމާއިބެހޭ އެންމެހާ ކަންތައް އިންތިޒާމްކޮށް ބެލެހެއްޓުން.
  15. މުވައްޒަފުންގެ ޕަރފޯމަންސް ފޯމުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  16. ކޯޓް އެޑްއެޑްމިނިސްޓްރޭޓަރގެ ބެލުމުގެ ދަށުގައިވާ ސެކްޝަންތަކުގެ ވެރިންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ފޯމުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  17. މުސާރަހެދުމަށް ބޭނުންވާ މަޢުލޫމާތު ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރިން ނިންމާތޯބަލައި، މަސައްކަތްކުރިއަށްދާގޮތް ބެލެހެއްޓުން.
  18. މުވައްޒަފުންގެ މުސާރަދިނުމަށް ހަމަޖެހިފައިވާ ދުވަހަށް މުސާރަދިނުމާއިބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދާއި އެއްގޮތަށް ތައްޔާރުކޮށް، މުސާރައާއި އިތުރުގަޑީގެ ފައިސާ އަދި އެލަވަންސްތައް ޗެކްކޮށް، ކަންތައް ކުރިއަށްދާގޮތް ބެލެހެއްޓުން.
  19. މެޖިސްޓްރޭޓުންނާއި މުވައްޒަފުންގެ ޙާޟިރީ، ސަލާމް، ޗުއްޓީ އަދި ގަޑިޖެހުމުގެ ކަންތައް ކުރިއަށްދާގޮތް ބެލެހެއްޓުން.
  20. ކޯޓް އެޑްމިނިސްޓްރޭޓަރގެ ބެލުމުގެ ދަށުގައިވާ ސެކްޝަންތަކުގެ ވެރިންނާއި، މުވައްޒަފުންނަށް ނުރަސްމީގަޑީގައި މަސައްކަތްކުރުމުގެ ހުއްދަދިނުމާއި، ޗުއްޓީ އެޕްރޫވްކުރުން.
  21. މަރާމާތުކުރުމުގެ އެންމެހައި ކަންތައްތަކާއި ކޯޓަށް ގަންނަން ބޭނުންވާ އެންމެހައި ތަކެތި އަދި ޚިދުމަތްހޯދުމުގެ ކަންތައްތަކުގައި ބަޖެޓް ސެކްޝަނާއި، ސްޓޮކް އެންޑް ޕްރޮކިއުމަންޓް ސެކްޝަނަށް ލަފަޔާއި މަޝްވަރާދިނުން.
  22. ނައިޓްކޯޓް ޑިއުޓީއާއި، "ހެބިއަސް ކޯޕަސް" މައްސަލަތަކާއި އަމުރުނެރުމުގެ ޑިއުޓީއަށް ނުކުތުން.
  23. ކޯޓުން އަންގާ ބައްދަލުވުންތަކާއި، ޖަލްސާތަކާއި، ޓްރޭނިންގ، ސެމިނާރ، ވޯކްޝޮޕްތަކުގައި ބައިވެރިވުން.
  24. ކޯޓުގެ އެންމެހާ ސިއްރުތައް ހިފެހެއްޓުން.
  25. މަތީގައި ބަޔާންކުރެވުނު މަސައްކަތްތައް އިސްޤާޟީއާއި، ޤާޟީންގެ މަޖިލިހުގެ މަޝްވަރާގެމަތިން ތަންފީޒުކުރުން.
  26. މީގެ އިތުރުންވެސް އިސްމެޖިސްޓްރޭޓްއާއި މެޖިސްޓްރޭޓުން އަންގަވާ ކޯޓުގެ މަސައްކަތްތައް ކުރުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

 

 1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9  ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ދާއިރާއެއްގައި މަދުވެގެން 4   އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

  ނުވަތަ،

 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 7 ނުވަތަ 8 ގެ  ސަނަދެއް ހާސިލްކޮށްފައިވުމާއެކު،  މަގާމުގެ މަސައްކަތު ދާއިރާއެއްގައި   މަދުވެގެން 8 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.

 ތަޢުލީމީ ރޮނގު:

އެޑްމިނިސްޓްރޭޝަން  / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން  / ހިއުމަން ރިސޯސް / ވަރކްފޯސް ޑިވެލޮޕްމަންޓް / މެނޭޖްމަންޓް

 ގުޅޭ ވަޒީފާގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން  / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން  / ހިއުމަން ރިސޯސް / ވަރކްފޯސް ޑިވެލޮޕްމަންޓް / މެނޭޖްމަންޓް

 

 ޕްރިފަރޑް ޑިސިޕްލިންތައް:

 ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޑިވެލޮޕްމަންޓް،   މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް

 މަޤާމުގެ ކޯ ޑިސިޕްލިންތައް:

 ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ވަރކްފޯސް ޑިވެލޮޕްމަންޓް،   މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް

 ނޯޓު: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް   ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

 އެހެނިހެން ޝަރުޠު:

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1 ކާފަ ނުވަތަ މާމަ (ދޮންކާފަ އަދި ދޮންމާމަ ހިމެނޭ ގޮތަށް) ނުވަތަ

 2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3 ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން   މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛ ނުވަތަ

 2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛ ނުވަތަ

 2.5 ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)؛

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި އިޢުލާނާއިއެކު އެއްފަތްކުރެވިފައިވާ ލިންކުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ   ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި   ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ؛

 (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމުއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މާރކްސް

 އަސާސީ ޝަރުޠު ހަމަވުން

25

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

15

 ޕްރެޒެންޓޭޝަން

15

 އިންޓަރވިއު

30

 ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޮކްޓޫބަރު 2026 ވާ  ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 26 އޮކްޓޫބަރު 2026 ން  15 ނޮވެންބަރު 2026 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ޑިޕާޓްމަންޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340857 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ޑިޕާޓްމަންޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

 

04 ޖުމާދަލްއޫލާ 1448 

15 އޮކްޓޫބަރު 2026