ދިވެހިރާއްޖެ
އިޢުލާން
ވިޔަފާރި ބޭނުމަށް މަރަދޫފޭދޫ އިން ބިމެއް ކުއްޔަށް ދޫކުރުން
އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށުގެ ތިރީގައިމިވާ މަޢުލޫމާތުގެ ބިމަކީ ވިޔަފާރި ބޭނުމަށް ކުއްޔަށް ދޫކުރި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވަކިކުރެވިފައިވާ ބިމެކެވެ. މި ބިމުގައި ހަދާފައި ހުރި ޢިމާރާތްތަކާއެކު ބިން އަލުން ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ބިން ކުއްޔަށް ދޫކުރަނީ މީލާދީ 20(ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ.
ކުއްޔަށް ދޫކުރާ ބިމުގެ ތަފްޞީލު
ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:
|
# |
އަވަށް |
ކުލީ ބިމުގެ ނަންބަރު |
ބިމުގެ ބޮޑުމިން |
ކުއްޔަށް ދޫކުރާ ބޭނުން |
ބިން އޮތްތަން |
|
މަރަދޫފޭދޫ |
MFLL B47 P3 |
3000 އަކަފޫޓު |
ކެފޭ /ރެސްޓޯރަންޓް ހިންގުން/ އާންމު ވިޔަފާރި |
މި ބިން އޮންނަނީ ކުރީގެ ފެނަކަ ބްރާންޗުގެ ފުރަގަހުން ނޫރާނީމަގަށް ވާގޮތަށެވެ. |
|
ފިޔަވަޅު |
ތަފްޞީލް |
ތާރީޚް، މުއްދަތު އަދި ގަޑި: |
|
ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން |
ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީކުރާ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. |
15 އޮކްޓޫބަރު 2026 އިން 26 އޮކްޓޫބަރު 2026 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް (26 އޮކްޓޫބަރު 2026 ގެ 14:00 ގެފަހުން ހުށަހަޅާ ހުށަހެޅުން ބަލައިނުގަންނާނެ) |
|
މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމް ދޫކުރުން |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާ ފޯމު މިއިދާރާއިން މެއިލް ކުރާނެއެވެ.
|
18 އޮކްޓޫބަރު 2026 އިން 27 އޮކްޓޫބަރު 2026 އަށް |
|
ބީލަން ހުށަހެޅުން |
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. ބީލަން ބަލައިގަތުމާއި ހުޅުވުން އެހެން ތަނެއްގައި ބާއްވާނަމަ އެކަން ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކައުންސިލުން އަންގާނެއެވެ. |
05 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 |
މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި، ހުށަހަޅާ ބީލަންތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. ކުއްޔަށް ދޫކުރާ ބިން ފާހަގަވާނެ ޗާޓުވެސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
04 ޖުމާދަލްއޫލާ 1448
15 އޮކްޓޫބަރު 2026