ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
"ހެވީޑިއުޓީ ލޯންޑަރީ ކެމިކަލްސް" ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނީގެ ލޯންޑަރީއަށް ބޭނުންވާ "ހެވީ ޑިއުޓީ ލޯންޑަރީ ކެމިކަލްސް" އޭގެ ޑިސްޕެންސަރާއިއެކު ދިގު މުއްދަތަކަށް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ސަޕުލައި ކޮއްދޭންޖެހޭ ކެމިކަލްސްގެ ތެރޭގައި "ޑެޓާރޖަންޓްސް، ސޮލްވެންޓްސް، އިމަލްސިފަޔާރސް، ބްލީޗް، ނިއުޓަރަލައިޒާސް، ސޮޕްޓްނާރސް، ޑިސްްއިންފެކްޓަންޓްސް"ފަދަ ކެމިކަލްތައް ހިމެނެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 22 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:45 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް" (https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތިދަވަހުގެ ހެދުނު 10:45 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 29 ވާ ބުރާސްފަތިދުވަހުގެ ހެދުނު 10:45 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.