ވަޒީފާގެ ފުރުޞަތު
ނަންބަރު: GS160/IUL/2026/07
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 22 އޮކްޓޫބަރު 2026 12:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

ނަންބަރު: GS160/IUL/2026/07

އިޢުލާނު 

މަޤާމް

މަޤާމުގެ ރޭންކް

މަޤާމުގެ ނަންބަރު

ބޭނުންވާ އަދަދު

އެސިސްޓެންޓް ސްކޫލް އެޑްމިނިސްޓްރޭޝަން އޮފިސަރ

ޕަބްލިކް ސަރވިސް ރޭންކު 4 - ސްޓެޕް 1

J-466895

1

 

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދިގުރަށު ސްކޫލް، އދ ދިގުރަށް

މުސާރަ އާއި އިނާޔަތްތައް:

މުސާރަ

މަޤާމުގެ އެލަވަންސް

   ހާޒިރީ އެލަވަންސް

(ހާޒިރުވާ ކޮންމެ ދުވަހަކަށް)

-/8505 ރުފިޔާ

-/2555 ރުފިޔާ

-/70 ރުފިޔާ

 

 އެހެނިހެން އެލަވަންސް

   ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓެސްޓް ޕޭޕަރ ފަދަތަކެތި ޓެސްޓު ފެށުމުގެ 02 ދުވަސް ކުރިން ޕްރިންޓްކޮށް ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުޞޫލުގެ މަތިން އެތަކެތީގެ ބޭނުން ހިފުމަށް ޓީޗަރުންނަށް ދަތިނުވާނޭގޮތުގެމަތީން ރައްކާތެރިކަމާއެކު ބެލެހެއްޓުން
  2. ކޮންމެ ދުވަހަކުވެސް ޕްރިންޓްކުރުމަށް ސްޕަވައިޒަރުން އެޕްރޫވަލް ދީފައިވާ ސްލިޕްގައިވާގޮތުގެ މަތިން ޕްރިންޓްކޮށް ނުވަތަ ފޮޓޯކޮޕީ ނެގުމަށްފަހު ރައްދު ކުރަންޖެހޭ ފަރާތްތަކަށް ގަޑިޖެހުމުގެ ކުރިން ހަވާލުކުރުން
  3. ކްލާސް ރަޖިސްޓްރީގެ ފްރަންޓް ޕޭޖް ހަދާ ޕްރިންޓްކުރުމާއި ރަޖިސްޓްރީގައި ސްޓޫޑަންޓް ލިސްޓް އެޓޭޗްކުރުމާއި، ސްކީމް ފޮތް، ކްލާސް ރިކޯޑް، ލެސަން ޕްލޭން، ޓީޗާރޒް ލޮގްޝީޓް އަދި އެގްޒިޓް ކާޑު ސްކޫލް ހުޅުވުމުގެ 02 ދުވަސް ކުރިން ނިންމުން
  4. ދަރިވަރުންގެ ފައިދާއަށް ހިންގޭ އިތުރު ޙަރަކާތްތަކާއި މުވައްޒަފުންނަށް ހިންގޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށް ބޭނުންވާ މެޓީރިއަލްސް އަދި ސެޓްފިކެޓް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ޕްރިންޓްކުރުން
  5. ޕްރިންޓިންގ މަސައްކަތް ކުރުމުގައި ވީހާވެސް ހަރަދު ކުޑަކުރުމަށް ވިސްނައިގެން މަސައްކަތްކުރުމާއި ޕްރިންޓް ކުރާތަކެތީގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ޑޭޓަރ އެންޓަރކޮށް ބެލެހެއްޓުމާއި ހައްލުކުރެވެން ހުންނަ މައްސަލަތައް ވެރިންނަށް ރިޕޯޓްކުރުން
  6. ޕްރިންޓްކުރުމުގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮށްވައި އެތަކެތި ހޯދުމަށް  އިދާރާއަށް ރިކުއެސްޓްކުރުން އަދި ޕްރޮސެސް ހިނގާވަރުބަލައި ކަށަވަރުކުރުން 
  7. ސްކޫލް އިންވެންޓްރީއާއި ސްޓޮކް ބެލެހެއްޓުން
  8. ސްކޫލްގެ ޔައުމިއްޔާ، ސްޓާފް މީޓިންގތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ހަވާލުވެފައިވާ ވެރިއެއް ލައްވާ ސޮއިކުރުވާ ހަފްތާއަކު އެއްފަހަރު ފައިލްކުރުން.
  9. ސްކޫލްގެ އިދާރީ މަސައްކަތުގެ ތެރެއިން އީމެއިލް އަދި އެހެނިހެން ގޮތްގޮތުން ސްކޫލްގެ އެންޓްރީއަށް އަންނަ ސިޓީ، ނޯޓް، ލިޔުން، ބިލު ފަދަ ތަކެތި ގަވާއިދުން އެންޓްރީކުރުމާއި ހަވާލުވެފައިވާ ވެރިއެއްގެ ސޮއިކުރުވާ އެ ތަކެތި ރައްދުވާފަރާތްތަކަށް ހަވާލުކުރުން
  10. ދަރިވަރުންނަށް ދޭންޖެހޭ ޓެކްސްޓް ފޮތްތަކާއި ފޮތް ލިސްޓް ވައުޗަރތައް މިނިސްޓްރީން ހޯދުމާއި ބެލެހެއްޓުމާއި ދަރިވަރުންނަށް ދޫކުރުމާއިބެހޭ އިދާރީ އެންމެހާ މަސައްކަތްތައް ފުރިހަމަކުރުން

 11 .އިދާރީގޮތުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުމާއި ސްކޫލްގައި ފާހަގަކުރާ އެންމެހާ ދުވަސްތައް ފާހަގަކުރުމުގައި ބައިވެރިވެ އެއްބާރުލުންދިނުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އިދާރީ ހިންގުމާއިގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ތައުލީމީ ރޮނގުތައް:

  1. އެކައުންޓިންގ
  2. އެކައުންޓިންގ ޓެކްނީޝަން
  3. އެޑްމިނިސްޓްރޭޝަން
  4. ބިޒްނަސް
  5. ބިޒްނަސް އެކައުންޓިންގ
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  7. ބިޒްނަސް އެންޑް އިންޕޮމޭޝަން ޓެކްނޯލޮޖީ 
  8. ބިޒްނަސް މެނޭޖްމަންޓް
  9. ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވަރކިންގ
  10. ކޮމްޕިއުޓަރ ހާޑްވެއަރ ޓެކްނޯލޮޖީ
  11. ކޮމްޕިއުޓަރ ޕްރޮގްރާމިންގ
  12. ކޮމްޕިއުޓަރ ސައިންސް
  13. ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޯލޮޖީ
  14. ކޮމްޕިއުޓިންގ
  15. ޑޭޓާ ޕްރޮސެސިންގ ޓެކްނޯލޮޖީ
  16. ފައިނޭންސް
  17. ހާޑްވެއަރ އެންޑް ނެޓްވަރކް އެޑްމިނިސްޓްރޭޝަން
  18. ހިޔުމަން ރިސޯސް މެނޭޖްމަންޓް
  19. އިންފޮމޭޝަން ޓެކްނޮލޮޖީ
  20. އިންވެންޓްރީ މެނޭޖްމަންޓް
  21. ލޮޖިސްޓިކްސް މެނޭޖްމަންޓް
  22. މެނޭޖްމަންޓް
  23. ނެޓްވަރކިންގ
  24. އޮޕަރޭޝަންސް މެނޭޖްމަންޓް
  25. ޕްރޮކިއުމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް
  26. ޕްރޮކިއުމަންޓް މެނޭޖްމަންޓް
  27. ޕްރޮގްރާމިންގ
  28. ޕްރޮޖެކްޓް މެނޭޖްމަންޓް
  29. ޕަބްލިކް އެކައުންޓިންގ
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  31. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް
  32. ޕަބްލިކް މެނޭޖްމަންޓް
  33. ޕާޗޭސިންގް
  34. ކުއަންޓިޓީ ސަރވެއިންގ
  35. ސޮފްޓްވެއަރ އިންޖިނިއަރިންގ
  36. ސަޕްލައި ޗެއިން މެނޭޖްމަންޓް
  37. ސިސްޓަމް އެޑްމިނިސްޓްރޭޝަން
  38. ވެބް ޑިވެލޮޕްމަންޓް

 

 

ޕްރިފަރޑް ޑިސިޕްލިން

ނެތް

ކޯ ޑިސިޕްލިން

ނެތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. . ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 އަސާސީ ޝަރުތު ހަމަވުމުން

30%

 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމު

5%

 އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

  އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް)

25%

 އިންޓަރވިއު

35%

 މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  22 އޮކްޓޫބަރ 2026  ގެ 12:00 ގެ ކުރިން، ދިގުރަށު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 26 އޮކްޓޫބަރ 2026 އާއި 29 އޮކްޓޫބަރ 2026 އާ ދެމެދު، ދިގުރަށު ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް،( A2 ޝީޓް ) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680841 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

15 އޮކްޓޫބަރު 2026