ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101/101/2026/31
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:33
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައެއް ބާވަތުގެ އުޅަނދުތައް މަގުތަކުގައި ދުއްވުން މަނާ ގަޑިތައް ކަނޑައެޅުން

މާލެ ސަރަޙައްދުގެ މަގުތަކަކީ ހިނގާބިގާވެ އުޅޭ ފަރާތްތަކަށާއި އުޅަނދުތައް ދުއްވާ ފަރާތްތަކަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ޚާއްސަކޮށް ދަރިވަރުންނަށާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މާލެ ސަރަޙައްދުގައި މުދާ އުފުލާ އެއްގަމު އުޅަނދާއި ބަރު އުޅަނދު ދުއްވާ ގަޑިތައް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ. އަދި ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް އާއްމުކޮށް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި، ސްކޫލްތަކުގެ ސަރަހައްދުތަކުގައި ތިރީގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމާއި، މިފަދަ އުޅަނދުތަކުގައި މުދާ އުފުލުމަކީ މަނާކަމެކެވެ.

 

ދުއްވުން މަނާ ގަޑި

ދުއްވުން މަނާ އުޅަނދު

ދުއްވުން މަނާ މަގު/ތަން

ހެނދުނު 06:00 އިން ހެނދުނު 08:30 އަށް

350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ  ބަރު އުޅަނދުފަހަރު

ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތައް، ހުޅުމާލޭގެ މަގުތައް އަދި ބުރިޖާއި ހައިވޭ

ހެނދުނު 11:30 އިން މެންދުރު 01:30 އަށް

350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން، ޓްރެއިލަރ ފަދަ ބަރު އުޅަނދުފަހަރު  

ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން މަގުތައް އަދި ބުރިޖާއި ހައިވޭ

ވީމާ، މިފަދަ އުޅަނދުތައް ދުއްވާ ފަރާތްތަކުން މަތީގައިވާ ގަޑިތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ދަންނަވަމެވެ. އަދި މި އިޢުލާނާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 2026/16 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ފިޔަވަޅު އެޅޭނެ ކަމުގައިވެސް ދެންނެވީމެވެ.

15 އޮކްޓޫބަރު 2026