ނީލަން
ނަންބަރު: (IUL)826/2026/06
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 24 އޮކްޓޫބަރު 2026 16:00
މުލަކަތޮޅު ވޭވަށު ސިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މ.ވޭވަށު ސިއްޙީ މަރުކަޒުގައިހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

އިޢުލާނު

 

މި ސިއްޙީމަރުކަޒުގައި  ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން.

 

މި ސިއްޙީމަރުކަޒުގައި  ބޭނުންކޮށް ގިނަދުވަސްވެފައިވާ އަދި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށްވަނީ ހަމަޖެހިފައެވެ.  މި ތަކެތި  ނީލަންކިޔުން ކުރިއަށް ގެންދާނީ ލޮޓްތަކަށް ބަހާލެވިގެންނެވެ.  ނީލަން ކިޔުން ކުރިއަށް ދާނީ 24 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގައި  ވޭވަށު ސިއްޙިމަރުކަޒުގައެވެ.

 

ނީލަމުން ނަންގަވާ ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމަށްފަހުގައެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިއްޙިމަރުކަޒުގެ އޯ.ޕީ.ޑީ ކައުންޓަރުންނެވެ. ނީލަމުގެ އަގަށްވާ ފައިސާ  24  އޮކްޓޯބަރ 2026 (ހޮނިހިރު) ދުވަހު ހަވީރު 17:00 ގެ ކުރިން ސިއްޙިމަރުކަޒު ކައުންޓަރަށް ދައްކައި ޚަލާސް ކުރަންވާނެއެވެ.

 ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން އެންމެ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ތަކެތި ގެންދަންވާނެއެވެ. ތަކެތި ނީލަން ކިޔުމަށްފަހު ނުގެންގޮސް ހޭދަވާ ވަގުތުގައި ތަކެއްޗަށް ލިބޭ ގެއްލުމަކަށް ސިއްޙީމަރުކަޒުން ޒިންމާ ނުވެވޭނެ ވާހަކަ ދަންނަވަމެވެ. ނީލަމުން ނެންގެވުމަށްފަހު 24 ގަޑިއިރު ތެރޭގައި ނުގެންދަވާ ތަކެތި ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެ ކަމުގައި ދަންނަވަމަވެ.

 

15 އޮކްޓޯބަރ 2026

 

15 އޮކްޓޫބަރު 2026
15 އޮކްޓޫބަރު 2026