|
އިޢުލާނު
މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި މަސައްކަތް ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
|
|
މަޤާމު:
|
ކްލިނިކަލް ނަރސް
|
|
މަޤާމުގެ ނަންބަރު:
|
J-418180
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
ޕަބްލިކް ސަރވިސް ރޭންކް
|
ޕަބްލިކް ސަރވިސް ރޭންކު 9 - ސްޓެޕް 1
|
|
ޑިވިޜަން/ސެކްޝަން:
|
މޯލްޑިވިއަން ބްލަޑް ސަރވިސަސް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖް ހިޔާ، ހުޅުމާލެ
|
|
މުސާރަ
|
-/17,932 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް
|
-/10,270 ރުފިޔާ
|
|
ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)
|
-/278 ރުފިޔާ
|
|
އެހެނިހެން އެލަވަންސް
|
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކާއި އެއްގޮތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޑޯނަރ ބްލީޑިންގް އަދި ސްޓޯރޭޖާ ގުޅޭ ކަންކަން މުޅި ރާއްޖެ އަދި އިދާރާގައި ކުރުމަށްޓަކައި ހުއްދަ ހޯދުމާއެކު ތަންފީޒު ކުރުމުގައި، ޑޯނަރ ބްލީޑިންގއާ ގުޅޭ މަސައްކަތްތަކުގައި ނަރުހުން އަދި ޑޯނަރ ބްލީޑް އަދި ޑޯނަރ ރެކްރޫޓްމަންޓް މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް މޮނީޓަރިކޮށް، އުސޫލުތަކަށް އަހުލުވެރިކުރުވުމާއި އަދި ސުޕަވައިޒުކުރުން.
- ބްލީޑިންގް އަދި ސްޓޯރޭޖް އުސޫލުތަކާއި އަދި ގައިޑްލައިންތަކާއި، ނާރސިން އަދި ޑޯނަރ ރެކްރޫޓް ދާއިރާގެ ޕްރޮސީޖަރތައް، ބްލަޑް ޓްރާންސްފިއުޝަން، ބްލަޑް އަދި ސާމްޕަލް ޓްރާންސްޕޯރޓް، ސްޓޯރޭޖް، ޓެމްޕްރޭޗަރ މޮނީޓަރިންގ، ނައްތާލުން، ކޮލިޓީ އާއި ޕޭޝަންޓް ސޭފްޓީއާ ގުޅޭ އުޞޫލުތައް މުޅި ރާއްޖޭގައި ހަރުދަނާ ކުރުމަށާއި އަދި ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ އިސްނެގުމާއި އަދި އެއްބާރުލުން ދީ މަސައްކަތުގެ ތެރެއިން ފުރިހަމައަށް އެ ފަދަ އެންމެހާ މަސްއޫލިއްޔަތުތަކުގައި ޒިންމާވެ އަދާ ކުރުންމަތީ ދެމިހުރުން.
- ނާރސިން އެޑްމިނިސްޓްރޭޝަން ހިމެނޭހެން، އިދާރާއިން ހަވާލުކުރާ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ޕްރޮބޭޝަން ކަންކަމާއި، އެކިއެކި ޗުއްޓީތަކާއި، ތާވަލާއި އަދި އިނާޔަތްތައް ހަމަޖެއްސުމުގައި މުވައްޒަފުންނާއި އަދި އެޗް.އާރ ސެކްޝަނާއެކު ގާތުން މަސައްކަތްކޮށް، ބޭނުންވާ އެހީތެރިކަން ގަވައިދުން ވަގުތު ޖެހުމުގެ ކުރީން ފޯރުކޮށް ދިނުން. އަދި އެ މުވައްޒަފުންގެ ޕާފޮރމަންސް އެޕްރެއިޒަލް ކޮންމެ މަހަކު ގަވައިދުން ފުރިހަމަކުރުން.
- އެޗް.އާރއާ ގުޅޭ އެންމެހައި އުސޫލުތައް ނަރުހުންގެ މެދުގައި ތަންފީޒުކުރުން އަދި ހޭލުންތެރިކުރުވުން. އެގޮތުން، ކޮންމެ މަހެއް ފެށުމުގެ 5 ދުވަސް ކުރީން، ޑިވިޜަން ނުވަތަ ސެކްޝަނުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ޑިއުޓީތަކުގެ ޑްރާފްޓް ތައްޔާރުކޮށް ކޮމަންޓް ނަގައި، އުސޫލުގައިވާ ގޮތަށް ހިއުމަން ރިސޯސް ބަޔަށް ދުރާލާ ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށްފަހު، އޭގެ ފަހުންވެސް ޑިއުޓީ ހަމަޖެއްސުމާއި ސޮފްޓްވެއަރއަށް ޑިއުޓީތައް އަޅާ، ގެންނަންޖެހޭ ބަދަލުތައް އެޗް.އާރ އުސޫލާއެއްގޮތަށް އަދި ސުޕަވައިޒަރުގެ އިރުޝާދު ހޯދައިގެން ގެނައުމުގައި އިދާރާއަށް އެހީތެރިވުން.
- އިދާރާއިން ޓާރގެޓްގެ ގޮތުގައި ހަވާލުކުރުމުން، ނާރސިންގ ސާރވިސަސް އަދި ވާޑްތަކުގެ ނާރސިންގ މަސައްކަތްތައް ބެލެހެށްޓުމާއި މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމާއި، ބޭނުންކުރާ ތަކެތި ހުންނަންވާ އަދަދަށް އަދި ފެންވަރަށް ކުރީބައިގައި ވޯޑްތަކުގައި ޓްރާންސްފިއުޝަނާ ގުޅޭ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެށްޓުން.
- އިދާރާއިން ހިންގާ ހެލްތް ޕްރޮމޯޝަނަލް އަދި އެޑްވޮކަސީ އެކްޓިވިޓީތަކާއި އަދި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމާއިއެކު މަސައްކަތް ކުރުމާއި އަދި ނަމޫނާ ދެއްކުމުގައި އިސް ދައުރެއް އަދާކުރުން.
- އިދާރާއިން ސުޕަވައިޒުކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފުންގެ ޙާޟިރީއާއި، ނާރސިންގ މަސައްކަތްތަކާއި އެނޫންވެސް ގުޅުން ހުރި މަސައްކަތަށާއި އަދި ތަމްރީންތަކަށް ފަރުވާތެރިނުވާ މުވައްޒަފުން ފާހަގަކޮށް ގަވައިދުން ވަގުތުގައި ލިޔުމުން މަގުއްދައްކައި އަދި އިޞްލާހީ ފިޔަވަޅު އެޅުމާއެކު އެކަން ސުޕަވައިޒަރާއި، ކޮލިޓީ މުވައްޒަފުންނަށް އަދި އެޗް.އާރ އަށް ވަގުތުގައި ލިޔުމުން އެންގުން.
- ޞިއްޙީ ގޮތުން ސަލާމަތާއި ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ފެންވަރު ރަނގަޅު ނަރސިންގ ކެއަރ އަދި ޑޯނަރ ރިލޭޝަންސްއާ ގުޅޭ ކަންކަމުގައި އެކިއެކި ސިއްހީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ޕްލޭންތައް ރާވާއި އެއާ އެއްގޮތަށް ފަރުވާދިނުން. އެގޮތުން، އިމާރޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމުގައި ކެއަރ ދިނުމުގައި ޒިންތިޒާމުކޮށް އަދި ބައިވެރިވުން ވެސް ހިމެނެއެވެ.
- ބަލި މީހުންނާއި އަދި ލޭ ހަދިޔާކުރައްވާ ފަރާތްތަކަށް ބޭނުންވާ ނަރސިންގ ކެއަރ، ޑޮކްޓަރުން ދޭ އިރުޝާދު އަދި ކަމަގުޅޭ މިންގަނޑުތަކުގައި ބަޔާންކުރާ އިރުޝާދުތަކާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދިނުމާއެކު، ދެވޭ ޚިދުމަތްތަކުގެ ފެންވަރު މޮނިޓަރކުރުމާއި އަދި އިވެލުއޭޓް ކުރުމުގައި އިސްނެގުން.
- ފަރުވާ ދޭ މާހައުލުގައި އަދި މުޖުތަމައުގައި ހިންގާ ނަރުހުންނާއި ހޭލުންތެރި ކުރުވުމުގެ ހަރަކާތްތަކާއި، ޑޯނަރުންނާއި އަދި ޚިދުމަތް ހޯއްދަވާ މީހުންގެ ސިއްހީ ހޭލުންތެރިކަމާއި ދުޅަހެޔޮ ސިއްހަތު ކުރިއެރުވުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ނަރުހުންނާއި އެހެނިހެން ޚިދުމަތްތެރީންނާއެކު ކޮންމެ އަވަސްއަވަހަށް ބައްދަލުވުމާއި އެހެނިހެން ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް، ބާއްވައި، ހާޒިރީ ނަގައި، ޔައުމިއްޔާއާއި ގޮތް ނިންމުމާ ގުޅޭ ކަންކަން އިދާރީގޮތުންނާއި ފަންނީގޮތުން ފުރިހަމަ ކުރުން.
- މަސައްކަތް ކުރާ ސެކްޝަން އަދި ދާއިރާއަށް ބޭނުންވާ، ލަފާކުރާ އަހަރީ ބަޖެޓް އަދި ސަޕްލިމެންޓަރީ ބަޖެޓް ކޮންމެ ޖުލައި 1 ގެ ކުރީން އަދި ފައިބެ އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު ޖެނުއަރީ 15 ގެ ކުރީން ޑްރާފްޓް ތައްޔާރުކޮށް އިދާރީ ބަޔަށް ފޯރމެޓްގައި ހުށަހެޅުން ނުވަތަ އިދާރާއިން އަންގާ ގޮތެއްގެ މަތީން ޑްރާފްޓް ނިންމުން.
- މަސައްކަތް ޓާރގެޓްގެ ގޮތުގައި ހަވާލުކުރުމުން، ކޮންމެ ދުވަހަކު، ވާރޑަށް އަދި ބްލީޑިންގ އެންޑް ސްޓޯރޭޖް އޭރިއާއަށް ބޭނުންވާ ތަކެތި، އިންވެންޓްރީ އަދި ސްޓޮކް ޗެކުކޮށް، ސްޓޯރއިން ހޯދުމަށް ރިކުއެސްޓް ފޮނުވުން އަދި ޕްރޮކިއުމެންޓަށް ފޮނުވަންޖެހޭ ރިކުއެސްޓްތައް ތަކެތި ލިބޭނޭހާ ވަގުތު ދެނެގަނެ ކުރީ ބައިގައި ތައްޔާރުކޮށް ފޮނުވުން އަދި ތަކެއްޗާ ހަވާލުވެ އިންވެންޓްރީ ކުރުން އަދި މުވައްޒަފުން މެދުވެރިކޮށްވެސް ކުރުވުން.
- އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން އަމަލީ ތަޖުރިބާ އަދި ތަމްރީން ހޯދުމަށް ޕޯސްޓިންގ ހެދުން އަދި ތަމްރީން، ވޯރކް ޝޮޕްތަކުގައި އިސްވެ ގަވައިދުން ބައިވެރިވުން އަދި ބައިވެރި ކުރުވުން.
- ނާރސިންގ އަދި ބްލީޑިންގްގެ ހުރިހައި އޭރިއާތަކުގެ އިންފެކްޝަން ކޮންޓްރޯލް، ސޭފްޓީ އެންޑް ކޮލިޓީ ހިފެހެށްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކޮންމެ މަހަކު އަދި ކަމެއް ދިމާވުމުން ނުވަތަ ދިމާވުމުގެ ކުރިން ހަމަޖައްސައި، ކަށަވަރުކޮށް، ލިޔުމުން މުއާމަލާތް ކުރުން. އަދި މިކަމާގުޅުން ހުރި ޑްރާފްޓް އެސް.އޯ.ޕީތަކާއި ޕްލޭންތައް އެކުލަވާލުން އަދި ރިވައިސްކުރުމުގައި ގަވައިދުން މަސައްކަތް ބަހާލައިގެން ނިންމުން.
- ލޭ ހޯދުމުގެ ބްލަޑް ކޭމްޕްތަކުގައި އަމަލީގޮތުން ދަތުރުކޮށް ބައިވެރިވުމާއި އަދި އިންތިޒާމުކުރުމުގައި ޓީމާއެކު ނަރުހުންގެ މަސައްކަތާއި ޑޯނަރ ރެކްރޫޓްމަންޓްގެ މަސައްކަތް އަމަލީގޮތުން އިސްކޮށް އިންތިޒާމުކުރުމުގައި އެހީތެރިވުމާއި، މަސައްކަތް ކުރުން އަދި ކުރުވުން.
- ބްލީޑިންގ އެންޑް ސްޓޯރޭޖް އަދި ނާރސިންގ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް އަދި އިންސިޑެންޓްތައް ސުޕަވައިޒަރާއި އަދި ކަމާ ގުޅޭ އިސް މުވައްޒަފުންނާ ހިއްސާކޮށް، ހިދުމަތް ރަނގަޅު ކުރެވޭނެ ގޮތްތަކަށް މަސައްކަތް ބަށްޓަންކޮށް، ހަފްތާ ބައްދަލުވުންތައް ބޭއްވުން، ޗުއްޓީތަކާއި/ރިލީސް ނުވަތަ އޮފަށް ދިޔުމުގެ ކުރީން އެކިއެކި ހޭންޑް އޯވަރ ލިޔުމުން ތަފްސީލް ލިޔުމުން ދިނުމާއި، ޑިއުޓީ ފެށުމުގެ ކުރީން އަދި ނިމުމުން ބްރީފް ކުރެވޭނެ ނިޒާމެއް ތަންފީޒުކުރުން، ޓްރާންސްފިއުޝަން ކޮމިޓީ އަދި އެނޫންވެސް އެފަދަ ކޮމިޓީތަކުގައި ގަވައިދުން ބައިވެރިވެ، އިދާރާއަށް ހައްލު ހުށަހަޅައި، އެޕްރޫވަލާ ހޯދައި އެފަދަ މަސައްކަތްތައް ތަންފީޒު ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ސީނިއަރ ރެޖިސްޓަރޑް ނަރސް އެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގުތައް:
|
- އެނެސްތެޓިކް ކެއަރ
- ކްރިޓިކަލް ކެއަރ
- ނާސިންގ
- ނަރސިންގ އެންޑް މިޑްވައިފަރީ
- ޕީޑިއެޓްރިކްސް
|
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން(ކޯސް ކޮމްޕްލީޝަން ލެޓަރ)ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން"ބެޗް ވެލިޑޭޓް"ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް " ނަރުހުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023" ގައި ބަޔާންކޮށްފައިވާނެއެވެ.
|
އަސާސީ ޝަރުޠު ހަމަވުން
|
35
|
|
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
|
15
|
|
އިންޓަރވިއު އަދި ޕްރެސެންޓޭޝަން
|
50
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މ މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮކްޓޯބަރު/ނޮވެންބަރު މަހުތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް "(A2ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|