ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްޙަތާއިބެހޭ ކޮންފަރެންސް" (OSH Conference 2026) ގައި ބައިވެރިވެވަޑައިގަންނަވާ އިންޓަރނޭޝަނަލް ސްޕީކަރުންގެ އެކޮމޮޑޭޝަން، ދަތުރުފަތުރާއި ކެއިންބުއިން، ކޮންފަރެންސް ކޭޓަރިންގ އަދި ކޮންފަރެންސްގެ ލައިޓިންގ އާއި ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޯބަރ 2026 ، ބުރާސްފަތި އިން ފެށިގެން 19 އޮކްޓޯބަރ 2026 ، ހޯމަ ވާ ދުވަހުގެ 13:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ޢިއުލާނާއެކު ޖެޒެޓް ކުރެވިފައި ވާނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 19 އޮކްޓޯބަރ 2026 ، ހޯމަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ދިނުމަށް 20 އޮކްޓޯބަރ 2026 ، އަންގާރަ ވަނަ ދުވަހުގެ 10:00 ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކޮންފެރެންސް ހޯލްގައި މައުލޫމާތު ސެޝަނެއް ބޭއްވޭނެއެވެ. މަސައްކަތަށް ޝައުގުވެރިވެ ރަޖިސްޓްރީ ކުރައްވާ އެންމެހައި ފަރާތްތަކުން މިބައްދަލުވުމަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 25 އޮކްޓޯބަރ 2026 ، އާދީއްތަ ވަނަ ދުވަހުގެ 10:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
ރެޖިސްޓްރޭޝަން ލިންކް: (IUL)AEH/AEH/2026/111 - Arrangements for OSH Conference – Fill out form