ދިވެހިރާއްޖެ
ދާންދޫ އިރުމަތީ ފަރާތުން ވިޔަފާރި ބިން ކުއްޔަށް ނެގުމުގެ ފުރުޞަތު ހުޅުވާލުންފުރުޞަތު
މި ކައުންސިލުން 27 އޯގަސްޓް 2026 ގައި، ޢާންމުކޮށް ދިވެހި ރާއްޖޭގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ، "އެކިއެކި ބޭނުންތަކަށް ވިޔަފާރި އުޞޫލުން ގއ. ދާންދޫ އިރުމަތީ ފަރާތުން ބިން ދޫކުރުމާއިބެހޭ އުޞޫލު" (އުޞޫލު ނަންބަރ: P5-U/2026/2) ގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން، އެކިއެކި ވިޔަފާރިތައް ކުރުމަށް ބިޑް އުޞޫލުން، ދާންދޫ އިރުމަތީ ފަރާތުން ބިން ކުއްޔަށް ނެގުމުގެ ފުރުޞަތު ދާންދޫގެ ރަށްވެހި ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލަމެވެ.
- މި ބީލަމުގައި ރަޖިސްޓްރީވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
- މި ބިންތަކަށް ކުރިމަތި ލެވޭނީ ދާންދޫގެ ރަށްވެހިންނަށެވެ. މި ބިންތަކަށް ކުރިމަތިލާއިރު ވިޔަފާރި ރަޖިސްޓްރީއެއް އޮންނާކަށް ނުޖެހޭނެއެވެ. ނަމަވެސް ކުއްޔަށްނަގާ ބިމުގައި ވިޔަފާރި ކުރަން ފަށަންވާނީ ވިޔަފާރި ރަޖިސްޓްރީކޮށްގެންނެވެ.
- މި ބިންތަކަކީ މިކައުންސިލުގެ ނަމުގައި، ވިޔަފާރި ބޭނުމަށް (ވިޔަފާރި ބިންތައް ގޮތުގައި) ރަޖިސްޓްރީ ހެދިފައިވާ މި ކައުންސިލުގެ މިލްކުވެރިކަން އޮތް ބިންތަކެވެ.
- މި 17 ބިމުގެ ތެރެއިން ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިމަތި ލާންވާނީ އެފަރާތަކުން ޝައުޤުވެރިވާ އެއްބިމަކަށެވެ. އެއްފަރާތަކަށް އެއްބިމަށްވުރެ އިތުރުބިމެއް މި އިޢުލާނުގެ ދަށުން ކުއްޔަށް ނުދެވޭނެއެވެ.
ކުއްޔަށް ދޫކުރުމަށް ކަނޑައެޅިފައިވާ ބިންތަކާއި، ބިމުގެ ނަންބަރ، ބިމުގެ ބޮޑުމިން (އފ)، ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރެވޭނެ ބޭނުން އަދި އެބިންތައް އޮތްތަން އެނގޭ މަޢުލޫމާތު
ކުއްޔަށް ދޫކުރެވޭ ބިންތަކުގައި ކުރެވޭނެ ވިޔަފާރި، ބިން ދޫކުރާ މުއްދަތު:
- ކުއްޔަށްދޫކުރެވޭ ބިންތަކުގައި، ކުރެވޭނީ މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ދޭ މަރުހަލާގައި އެފަރާތާއި ހަވާލުކުރާ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ދާއިރާތަކުން އެފަރާތަކުން ޝައުޢުވެރިވާ ވިޔަފާރިއެކެވެ. މަޢުލޫމާތު ޝީޓުގައި ވަރަށް ފުޅާކޮށް ގިނަ ވިޔަފާރިތައް ހިމަނާފައި ވާނެއެވެ.
- މިބިންތަކުގައި ޑީސަލާއި ޕެޓްރޯލް ވިއްކުމާއި، ފައިބަރ ގްލާސް މަސައްކަތާއި، އަދި އެފަދަ ތަކެތި ގުދަންކުރުމުގެ މަސައްކަތްތަކެއް ނުކުރެވޭނެއެވެ.
- ބިން ކުއްޔަށްނެގޭ މުއްދަތު: (މަސްދުވަސް): 600 މަސް ދުވަސް (50 އަހަރު ދުވަސް)
- މި ބިންތައް ދޫކުރެވޭނީ އެންމެ ދިގު މުއްދަތަކަށް އެއްފަހަރާ 50 އަހަރު ދުވަހަށެވެ.
ކުލި ހުށަހަޅާނެ ގޮތާއި ކުއްޔަށް ދެވޭ މުއްދަތުގައި ކުލި ނެގުމަށް މުއްދަތު ބަހާލެވިފައިވާ ގޮތާއި ބިމުގައި ކުރާ ބޭނުމާއި އަދި ހުށަހެޅޭނެ އެންމެ ކުޑަކުއްޔާއި ކުލި ހުށަހަޅާނެ ގޮތް ތިރީގައި އެވަނީ އެވެ.
ކުލި ހުށަހަޅާނެ ގޮތް:
- ބިޑް ހުށަހަޅާ ފަރާތުން ކުލި ހުށަހަޅާނީ، މިކައުންސިލުންދެވޭ ބިޑް ހުށަހަޅާ ފޯމުންނެވެ.
ފުރަތަމަ 12 މަސްދުވަހުގެ މުއްދަތުގައި ކުލި ނުހިގާނެއެވެ.
- ބިޑް ހުށަހަޅާ ފަރާތުން ކުލި އަދި ބިޑް ހުށަހަޅާނީ، މިކައުންސިލުންދެވޭ ބިޑްހުށަހަޅާ ފޯމުންނެވެ.
- ބިޑްހުށަހަޅާ ފަރާތުން އެފަރާތުގެ ނަމުގައި ތައްޔާރުކުރާ "ވިޔަފާރި ޕްލޭން" އަދި "ސީ.އެސް.އާރުގެ ދަށުން ކުރަން ހުށަހަޅާ ކަންތައްތައް" ހިމެނޭ ކަރުދާއެއް ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓެއްގައި ލިޔެ ހުށަހަޅަން ވާނެއެވެ.
- ކުލި ހުށަހަޅާނީ މިޓޭބަލުގައި ދައްކައިދީފައިވާ ގޮތަށް ކުލި ބަޔާންކުރުމަށް ކަނޑައެޅިފައިވާ ގޮޅީގައި މަހަކަށް އަކަފޫޓަކަށް ދޭންބޭނުންވާ ކުލި، ލާރި / ރުފިޔާ އިން ކުލި ޖަހައިގެން، މަހަކަށްދޭންޖެހޭ ކުލި ޖުމްލަ އަކަފޫޓާއި ގުނަކޮށްގެން ބިން ކުއްޔަށްދެވޭ ޖުމްލަ މުއްދަތުގެ ތެރެއިން ކުލި ނުހިނގާ 12 މަސްދުވަސް ކެނޑުމަށްފަހު، ދާންދޫ ކައުންސިލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޖުމްލަ ކުލި އެޕީރިއެޑެއްގެ ބައިގެ ކޮލަމުގައި ހިމަނައިގެންނެވެ.
- ބިމުގެ ނަންބަރު އަދި ބިމުގެ ބޮޑުމިން ޖަހަން އިންނަ ބައިގާ ޖަހާނީ މިކަމާއި ގުޅިގެން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ބިންތަކުގެ ތެރެއިން އެފަރާތަކުން ކުއްޔަށް ހިފަން ބޭނުންވާ ބިމެއްގެ ނަންބަރު، އަދި އެބިމުގެ ބޮޑުމިން އަކަފޫޓުންނެވެ.
- ކައުންސިލުން އަކަފޫޓަކަށް ފެށޭ ކުލި ކަނޑައަޅާފައިވާ މިންވަރަށްވުރެ ދަށްކޮށް އެއްވެސް ފަރާތަކުން މިކަމަށް ކުލި ހުށަހަޅައިގެން ނުވާނެއެވެ.
- މިކަމަށް ކުރިމަތިލާ އެއްވެސް ފަރާތަކުން ކައުންސިލުން އަކަފޫޓަކަށް ފެށޭކުލީގެ ގޮތުގައި ކަނޑައަޅާފައިވާ ކުއްޔަށްވުރެ ކުޑަކުލި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުން ކެންސަލް ކުރެވޭނެއެވެ.
- ކައުންސިލަށް ބިމުގެ މަހު ކުލި ދައްކަމުން ދާންވާނީ ބިން ލިބޭ ފަރާތާއިއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާގޮތުގެ މަތީންނެވެ.
އިވެލުއޭޓްކުރެވޭނެ ކްރައިޓީރިއާ
- ކުލި % 85
- ވިޔަފާރި ޕްލޭން % 5
- ސީ.އެސް.އާރުގެ ދަށުން ކުރަން ހުށަހަޅާ ކަންތައްތައް % 10
އެހެނިހެން ކަންކަން:-
- މި ބިން ކުއްޔަށްދޫކުރުމާއި ބެހޭ އިތުރު މަޢުލޫމާތު ހިމެނިފައިވާނީ ބިޑާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައިއެވެ. މަޢުލޫމާތު ކަރުދާހާއި އަދި ބިޑް ހުށަހަޅާ ފޯމް ހަވާލުކުރެވޭނީ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގެ ތެރެއިންނެވެ.
- ރަށުގެ އެއްވެސް ބިމެއް އެއްވެސް ކަމަކު މީގެ ކުރިން ކުއްޔަށް ނެގިފަރާތަކުން އެއްވެސް ފައިސާއެއް ކައުންސިލަށް ދައްކަންޖެހި ނުދެއްކި ވާނަމަ އެފަދަ ފަރާތްތަކުން މި އިޢުލާނުގެ ދަށުން ބިމަކަށް އެދެންވާނީ މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ 3 (ތިނެއް) ދުވަހުގެ ކުރިއަށް، އެފައިސާއެއް އެއްކޮށް ދާންދޫ ކައުންސިލަށް ދައްކާ ޚަލާސްކުރުމަށްފަހުގައިއެވެ. އެއްވެސް ބިމެއް ކުއްޔަށް ނެގި ފަރާތަކުން ބިމުގެ ކުލި ނުދައްކާހުރެ މިއިން ބިމަކަށް ކުރިމަތިލިއަސް އެ ހުށަހެޅުން ޑިސްކޮލިފައިޑް ކުރެވޭނެއެވެ.
ބިޑްރަޖިސްޓްރީ ކުރުން:
މި އިޢުލާނާއި ގުޅިގެން ބިޑްރަޖިސްޓްރީ ކުރުމަށް 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.
ލިންކް: https://forms.gle/Lfw9stViRfPDdcfC8އިން ނުވަތަ ސިޓީއަކުންވެސް މި ބީލަމުގައި ރަޖިސްޓްރީ ވެވިދާނެއެވެ.
މަޢުލޫމާތު ދިނުން:
މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލްގައި ބާއްވާ އޮންލައިން މީޓިންގ ގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.
ބިޑް ހުށަހެޅުން:
ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 15 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި ބާއްވާ އޮންލައިން މީޓިންގައެވެ. މީޓިންގް ލިންކް މިބިޑްގައި ރަޖިސްޓްރީ ކުރާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި މި މީޓިންގ އަށް ހާޒިރުވެ ބިޑް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު:-
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
އަމީނީމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،
ފޯން : 6820026، 7330026
އީމެއިލް : [email protected]
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.