ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)275-MS/275/2026/48
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމަށް

ށފީވަކު އަޙްމަދީ މަގުގެ ހުޅަނގަށް ބަނދަރާއި ދެމެދު ދިރިއުޅުމަށްޓަކައި އަލަށް ދޫކުރެވުނު ގޯތިތައް ހުރި މަގުތަކާއި ގޯޅިތަކުގައި، މިކައުންސިލްގެ ފަރާތުން ރަތްކުލައިގެ ދަވާދުން ( 01 އިން 390 އަށް ) ނަންބަރު ޖަހާފައިވާ ރުއްގަހުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

                  ވިމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި މި ކައުންސިލްގެ ފަރާތުން ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތާއި އަދި ބަދަލު ފައިސާ ޖަމާކުރާނެ ބެންކް އެކައުންޓްގެ މަޢުލޫމާތު އެނގޭނެހެން 27 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި 27 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ހަމަވާއިރު ވެރިން ނޭނގޭ ރުއްގަސް އެ ރުއްގަހުގެ ވެރިޔަކު ނެތްކަމަށް ބަލައި ކައުންސިލްގެ ފަރާތުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. މި ގޮތުން ނައްތާލެވޭ ރުއްގަހުގެ އެއްވެސް ކަމެއްގައި މި ކައުންސިލުން ޒިންމާނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

 

                 މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ. 

15 އޮކްޓޫބަރު 2026