ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-B5/1/2026/232
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:41
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގ.އަލިކުރާގެ އެވެ، ކިޔާ ގޯތީގެ ރަޖިސްޓަރީ ބާޠިލް ކުރުމާބެހޭ
ގ.އަލިކުރާގެ އެވެ، ކިޔާ ޢިމާރާތާއި ގޯތީގެ ވެރިފަރާތް ކަމުގައިވާ އަލްމަރްޙޫމް އާދަމް އިބްރާހީމްގެ ތަރިކަ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 918-CVC-2023 ޤަޟިއްޔާއިން ނިންމަވާފައިވާގޮތުގެ މަތިން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބަދަލުކުރުމަށްޓަކައި ގ.އަލިކުރާގެ އެވެ، ކިޔާ ގޯއްޗަށް ހަދައިދީފައިވާ ނަންބަރު ބ.17296 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ބާޠިލުކޮށް، ސިވިލް ކޯޓުގެ ޤަޟިއްޔާއިން ނިންމަވާފައިވާގޮތަށް ގ.އަލިކުރާގެ އެވެ، ކިޔާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަށް ގެންނަންޖެހޭ ބަދަލު ގެނެވޭނެކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
15 އޮކްޓޫބަރު 2026