ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)268/2026/42
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 19 އޮކްޓޫބަރު 2026 13:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެވި ސްޕޯޓްސް ފިއެސްޓަރ ޤަވާއިދު 2026އަށް ހިޔާލު ހޯދުން

މިކައުންސިލާއި މިރަށު އަންހެނުންގެ ތަރާއްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން މިއަހަރު ޑިސެންބަރމަހު ފެށުމަށްހަމަޖެހިފައިވާ ކުޅިވަރު މުބާރާތް "ނެވި ސްޕޯޓްސް ފިއެސްޓަރ2026" ގެ ޤަވާއިދަށް ހިޔާލު ހޯދުމަށް އާންމުކޮށް އިޢުލާންކުރަމެވެ.

ވީމާ، މަތީގައި ދަންނަވާފައިވާ ކުޅިވަރުމުބާރާތުގެ ޤަވާއިދަށް އެއްވެސް ހިޔާލެއް ހުށަހަޅަށް ބޭނުންފުޅުވާނަމަ ގެންނަން ފެންނަ ޚިޔާލެއް ނުވަތަ ލަފައެއް 19 އޮކްޓޫބަރ 2026 ވާ ހޯމަ ދުވަހުގެ 13:30ގެކުރިން [email protected] އަށް އީ-މެއިލްކޮށްދެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 އޮކްޓޫބަރު 2026