ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ހުށައަޅާ ފޯމް ފުރުމަށާއި ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހޯދުމުގައި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ދަތިތަކާއި ކުރިމަތިވެ، އެކަމުގެ ޝަކުވާ މިކައުންސިލަށް ލިބެމުންދާތީ، "ފުރަތަމަ ރައްޔިތު މީހާ" ގެ ސިޔާސަތު އިސްކޮށް، މިފަދަ ދަތިތައް ކުރިމަތިވަމުންދާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން، އއ.ބޮޑުފޮޅުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ( 9ވަނަ މާއްދާގެ ނ . އުނިކުރުމަށް) އިސްލާޙްކުރުމަށް ކައުންސިލުން ނިންމާ، އެކަމުގެ މަރުހަލާތައް ފުރިހަމަކުރެވެމުންދާ މިދަނޑިވަޅުގައި، އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް، 21 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ ނިޔަލަށް ނަން ނޯޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އަދި ދަންނަވަމެވެ. ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުއްވާ ފަރާތްތަކަށް، އެހީތެރިކަން ފޯރުކޮށްދިނުމަށް މިކައުންސިލުން ގުޅަމުން ގެންދާނެއެވެ.
https://forms.cloud.microsoft/r/hZLxEqjaEd