މަސައްކަތް
ނަންބަރު: (IUL)382-ESMS/382/2026/52
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި:
26 އޮކްޓޫބަރު 2026 14:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާއެއްގޮތަށް ކޮޅުމަޑުލު ބުރުނީ ޤަބުރުސްތާނުގައިހުރި 2 ޒިޔާރަތް މަރާމާތުކުރުމާއި ޤަބުރުސްތާނގައި ހުރި ވިނަނޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް ބިޑު / ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިއިޢުލާނަށް ބީލަން/ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.
|
ނަންނޯޓްކުރުން/ ރަޖިސްޓްރޭޝަން
|
- މިބީލަމުގައި ބައިވެރިވުމަށް -/500ރ ( ފައްސަތޭކަ ) ރުފިޔާގެ ނޮން - ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.
- ފައިސާ ބަލައިގަންނާނީ 15 އޮކްޓޫބަރު 2026 ން 26 އޮކްޓޫބަރު 2026 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ.
- ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް ، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީ މެއިލް އެޑްރެހަށް ފޮނުވަން ވާނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
|
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 27 އޮކްޓޫބަރު 2026 ވާ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
- ބިޑު/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
- މިބިޑާއި ގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯމޭޓްގައި މިއިދާރާއިން 15 އޮކްޓޫބަރު 2026 ން ފެށިގެން ލިބެން ހުންނާނެއެވެ.
- ބިޑާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 26 އޮކްޓޫބަރު 2025 ވާ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
- ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި ، އައިޑީކާޑުނަންބަރު ، ގުޅޭ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ.
|
|
ބިޑު ( އަންދާސީ ހިސާބު / ޕްރޮޕޯސަލް ) ހުށަހެޅުން
|
- ބިޑު / ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 01 ނޮވެންބަރު 2026 ވާ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.
- ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން ، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ.
- ބިޑު ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
|
|
އިތުރު މަޢުލޫމާތު
|
އިތުރުމަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބުރުނީ ކައުންސިލްގެ އިދާރާ
ރޯޝަނީމަގު / ތ. ބުރުނި
ފޯނުނަންބަރު: +9606780038
އީމެއިލް: [email protected]
|
މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.