ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2026/85
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 29 އޮކްޓޫބަރު 2026 14:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމްވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޚާފިޡުން ހޯދުމާއި ގުޅޭ

ނަންބަރު: (IUL)320-PRM/320/2026/85

 

އިޢުލާން

 

1448 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމްވެ ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޚާފިޡުން ހޯދުމާއި ގުޅޭ

            1448 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދު ސުލްޠާން މުޙައްމަދު މުޢީނުއްދީން މިސްކިތް އަދި މަސްޖިދު މުޙައްމަދު ޢަލީ މިސްކިތުގައި، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި 2 ޚާފިޡުން ހޯދުމަށް ބޭނުންވެއެވެ.

            މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިޔެކިޔުންތައް ފުރިހަމަކޮށް 29 އޮކްޓޯބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފޯމާއެކު ހުށައަޅަން ޖެހޭ ލިޔެކިޔުންތައް:

  • ·         ދިވެހި ޙާފިޡުން ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމު (ފޯމު އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ)
  • ·         ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ·         ޙާފިޡުކަމުގެ ސެޓްފިކެޓް ނުވަތަ ލިޔުން

އުޖޫރަ (އެލަވަންސް)

  • ·         އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ދިވެހި ޙާފިޡަކަށް ކޮންމެ ރެޔަކަށް  500/-(ފަސްސަތޭކަ ރުފިޔާ) ގެ އެލަވަންސްއެއް ލިބިލައްވާނެއެވެ.

 

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           04  ޖުމާދަލްއައްވަލު  1448ހ

15 އޮކްޓޫބަރު 2026