ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-B2/1/2026/53
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:13
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސައިޕްރަސް ފިލްމު ޑޭސް އިންޓަރނޭޝަނަލް ފެސްޓިވަލް 2027" ގައި ބައިވެރިވުމުގެ ފުރުޞަތު

          ސައިޕްރަސް ގެ ޑިޕާރޓްމަންޓް އޮފް ކޮންޓެމްޕަރަރީ ކަލްޗަރ އޮފް ދަ ޑެޕިއުޓީ މިނިސްޓްރީ އޮފް ކަލްޗަރ އާއި އަދި ރިއާލްޓޯ ތިއޭޓަރ ގުޅިގެން އިންތިޒާމްކުރައްވައިގެން އެ ޤައުމުގެ ނިކޯސިއާ އާއި ލިމަސޮލް ގައި 2027 ވަނަ އަހަރުގެ އޭޕްރިލް 16 އިން 24 ގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ "25 ވަނަ ސައިޕްރަސް ފިލްމް ޑޭސް އިންޓަރނޭޝަނަލް ފެސްޓިވަލް 2027" ގައި ދިވެހިރާއްޖެ އިން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

          މި ފިލްމު ފެސްޓިވަލް ގެ މަޤްޞަދަކީ ސައިޕްރަސްގެ ފިލްމުތަކުގެ އިތުރުން ބައިނަލްއަޤްވާމީ ފިލްމު އިންޑަސްޓްރީގެ ފަންނުވެރިންނާއި ބެލުންތެރިން ޝައުޤުވެރިކުރުވައި، އަވަށްޓެރި ތިން ބައްރުގެ މީޓިންގ ހަބަކަށް ސައިޕްރަސް ހެދުމެވެ.

މި ފެސްޓިވަލް އާގުޅޭ އިތުރު މައުލޫމާތު އަދި ތަފްސީލު ތިރީގައިވާ ދެ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

 FINAL_CFD 2027_ RULES AND REGULATIONS_ENG

Όροι και Κανονισμοί-Ελληνικά-CFD 2027-τελικοί-29-07

          ވީމާ، "25 ވަނަ ސައިޕްރަސް ފިލްމް ޑޭސް އިންޓަރނޭޝަނަލް ފެސްޓިވަލް 2027" މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، Submit via FilmFreeway  މެދުވެރިކޮށް 30 ނޮވެމްބަރ 2026 ގެ ކުރިން ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

15 އޮކްޓޫބަރު 2026