ބީލަން
ނަންބަރު: (IUL)245/245/2026/80
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 23:02
ސުންގަޑި:
29 އޮކްޓޫބަރު 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން އުޞޫލުން އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަތްކެޔޮ ދަނޑު ކުއްޔަށް ދޫކުރުން
- ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ތަރައްޤީ ކޮށްފައިވާ ފަތްކެޔޮ ދަނޑު 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- ވީމާ، ބީލަން އުޞޫލުން މި ދަނޑު ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން، 14 އޮކްޓޯބަރ 2026 އިން 22 އޮކްޓޯބަރ 2026 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓަރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށެވެ.
މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.cloud.microsoft/r/H56Wf3FLzt
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501014 ނުވަތަ 6501063 އަށް ގުޅުއްވުން އެދެމެވެ.
- ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ފޮތާއި ފޯމުތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
03 ޖުމާދަލްއޫލާ 1448
14 އޮކްޓޯބަރ 2026
14 އޮކްޓޫބަރު 2026