ދިވެހިރާއްޖެ
އިޢުލާނު
ކޮޅުމަޑުލު ތިމަރަފުށީ ލޭންޑް ޔޫސް ޕްލޭންގައި ގެސްޓްހައުސް ބިނާކުރުމަށް ހާއްސަކުރެވިފައިވާ 5 ބިން ދިގު މުއްދަތަށް ކުއްޔަށް ދޫކުރުން.
ތ.ތިމަރަފުށީ ލޭންޑް ޔޫސްޕްލޭންގައި ގެސްޓްހައުސް ވިޔަފާރިއަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ 5 ބިން ((NG10, NG9, NG8, NG7, NG6 ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބިޑް ރެޖިސްޓްރޭޝަން ފީ އަކީ 1،500ރ (އެއްހާސް ފަސްސަތޭކަ) ރުފިޔާ އެވެ. ވީމާ ތިރީގައި ދެންނެވިފައިވާ ބިޑް ރެޖިސްޓްރޭޝަން މުއްދަތުގައި ރެޖިސްޓަރކުރެއްވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ޕްރޮޕޯސަލް ހުށަހަޅާނީ މި އިދާރާއިން އިއުލާންކޮށް އާންމުކުރެވިފައިވާ " ކޮޅުމަޑުލު ތިމަރަފުށިން ގެސްޓްހައުސް ބިނާކުރުމަށް 22 ބިން ދޫކުރުމާ ބެހޭ އުސޫލު 2024" ގައި ކަނޑައަޅާފައިވާ ގޮތަށެވެ.
ދެންނެވިފައިވާ އުސޫލުގެ ކޮޕީ މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި ތަފްސީލް ބިން ދޫކުރުމުގެ އުސޫލުގައި ބަޔާން ކުރެވިފައިވާނެއެވެ.
|
ރަޖިސްޓްރީކުރުން: |
ރަޖިސްޓްރީކުރުން އޮންނާނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. |
|
ރަޖިސްޓްރޭޝަން ފީ: |
ހުށަހަޅާ ކޮންމެ ބިޑް ރެޖިސްޓްރޭޝަން އަކަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ) ދައްކަން ޖެހޭނެއެވެ. އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. - އެކައުންޓް ނަންބަރު: 7725700323001 - އެކައުންޓް ނަން: 1441 REVENUE 1 - އީމެއިލް: [email protected] - ފޯން : 6780675
|
|
ޕްރީބިޑް މީޓިން: |
ޕްރީބިޑް މީޓިންގެ އޮންނާނީ 01 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. އަދި މައުލޫމާތު ސެޝަންއަށް ފަހު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ގެސްޓްހައުސް ބިން ސަރަހައްދު ބީލަންވެރިންނަށް ދައްކާލުން އޮންނާނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން08 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 11:00ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެހަކީ [email protected]
|
|
ބިޑް ހުށަހެޅުން: |
ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:59 ގެ ކުރިން |
|
ބިޑް ކެނޑުން: |
ބިޑްކެނޑުމުގެ ސުންގަޑިއަކީ 08 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި
|
|
އެހެނިހެން ކަންކަން؛ |
|
އިތުރު މަޢުލޫމާތު
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.