ދިވެހިރާއްޖެ
1 ނޮވެމްބަރު 2026 އިން ފެށިގެން ފުރަމާލޭ ސަރަހައްދުގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގައި އަމަލުކުރާ ފަދައިން، ކ. މާފުށީގެ ރިސޯސް ރިކަވަރީ ސެންޓަރަށް ކުނީގެ ބާވަތްތައް ވަކިނުކޮށް ގެންދާ ކޮންމެ ދަތުރަކަށް އަންސެގްރިގޭޓެޑް ޗާޖް ގެ ގޮތުގައި 1000 (އެއްހާސް) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.
ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު (ނަންބަރު: 2013/58) ގެ 5 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މާލެ ސިޓީ ފިޔަވައި ދިވެހިރާއްޖޭގެ އެހެން ހުރިހާ ރަށްރަށާއި ސިޓީތަކުގައި، އަދި ސިނާޢީ ރަށްރަށާއި ރިސޯޓުތަކުގައި ކުނި އުފައްދާ ތަންތަނުން ކުނި ވަކިކުރަންވާނީ އަންނަނިވި ގޮތަށެވެ:
- ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
- ޕްލާސްޓިކް ފުޅި
- މައުދަނާއި ބިއްލޫރީގެ ބާވަތްތައް
- އެހެނިހެން ބަވާތްތަކުގެ ކުނި
ވީމާ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ މި ބަދަލާ ގުޅޭގޮތުން ހުރިހާ ކަސްޓަމަރުންނަށް އަންގައި، ކުނި ވަކިނުކޮށް ގެންދާ ދަތުރުތަކަށް މި ފީ ނެގޭނެކަން ކަށަވަރުކޮށްދެއްވުމަށް އިލްތިމާސްކުރަމެވެ.
1448 E 03
14 އޮކްޓޯބަރު 5202