ކުއްޔަށް ދިނުން
ނަންބަރު: (IUL)391/391/2026/125
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 25 އޮކްޓޫބަރު 2026 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ އިރުއުތުރުން ދަނޑުވެރިކަންކުރުމަށް އެލްޔޫޕީގައި ކަނޑައެޅިފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީއިރުއުތުރުން ދަނޑުވެރިކަންކުރުމަށް އެލްޔޫޕީގައި ކަނޑައެޅިފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

ކޮޅުމަޑުލު ތިމަރަފުށީ އިރު އުތުރުން، ދަނޑުވެރިކަން ކުރުމަށް އެލްޔޫޕީގެ 69.4 ބްލޮކުގައި ކަނޑައެޅިފައިވާ ސަރަހައްދުން  AG.5ކުން AG.9 އަށް ނަންޖަހާފައިވާ ބިންތައް 20 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

#

ކުއްޔަށް ދޫކުރާތަނުގެ ނަން/ނަންބަރު

ކުއްޔަށް ދޫކުރާ މުއްދަތު

ކުއްޔައް ދޫކުރާ ބިމުގެ އަދަދު

ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް)

ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން (އަކަފޫޓުން)

1

- އެލްޔޫޕީ ބްލޮކް ނަންބަރު: 69.4

- ބިމުގެ ނަންބަރު: AG.5 ފެށިގެން  AG.9އަށް

20 އަހަރު

 

5

0.25 ލާރި

10،000.00 (ދިހަހާސް)

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން: 

ރަޖިސްޓްރީކުރުން އޮންނާނީ 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް  (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.  އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ރަޖިސްޓްރޭޝަން ފީ: 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/100ރ (ސަތޭކަ ރުފިޔާ) އަށެވެ. މީގެ ކުރިން އިއުލާން ކޮށް ކެންސަލް ކުރެވިފައިވާ ދަނޑުބިން އިއުލާންތަކަށް ރަޖިސްޓްރީވެ ފީ ދައްކާފައިވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީ ފީ ދައްކާކަށް ނުޖެހޭނެވެ. ނަމަވެސް، މިފަރާތްތަކުން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށައަޅަންވާނެވެ.

 އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. 

- އެކައުންޓް ނަންބަރު: 7725700323001

- އެކައުންޓް ނަން: 1441 REVENUE 1

- އީމެއިލް: [email protected]

- ފޯން : 6780675

ޕްރީބިޑް މީޓިން: 

މި ބިޑްގެ ޕްރީބިޑް އެއް ނޯންނާނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 22 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected]

ބިޑް ހުށަހެޅުން: 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:59 ގެ ކުރިން

ބިޑް ކެނޑުން: 

ބިޑްކެނޑުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި

 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް (މަޢުލޫމާތު ޝީޓް، ރަޖިސްޓްރޭޝަން ފޯމް) މި ޢިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.
  • މި ބިޑްގައި ބައިވެރިވޭނީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

14 އޮކްޓޫބަރު 2026